ދީނީ ކަންކަން އޮޅުން ފިލުވުމާއި، ދަންނަބޭކަލުންނާ ސުވާލު ކުރުމަކީ މީހުން ވަރަށް ކުރާހިތްވާ ކަމެކެވެ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم، ﷲ سبحانه ةتعالىގެ ފަރާތުން ގެނެސްދެއްވި ރިސާލަތަށް އެނބުރި އަންނަން ބޭނުންވާ މީހުން މަދެއްނޫނެވެ. ހެޔޮކަމުގެ މަގު އިޚްތިޔާރު ކުރުމާއި، ނުބައިކަންކަން ދޫކޮށް، ތައުބާވާން އެދޭ މީހުން ކޮންމެ ދުވަހަކު ވެސް އުޅެއެވެ. ތައުބާވެ އިޞްލާޙީ މަގު ޚިޔާރު ކުރުމަށްޓަކައި، ދީނީ މަޢުލޫމާތު ހޯދަން ފަށާއިރު، އެ މަޢުލޫމާތުތަކަކީ ވަރަށް ޝައުޤުވެރި އަޑުއަހަން ފަސޭހަ، […]
އައްޝައިޚް މުޙައްމަދު އަފްޟަލް
ކުރީގެ ޢަދަދާއިގުޅޭ، ” ތަންކޮޅަކަށް ފޭބިތަނާ ފައި އައްސިވާކަހަލަ ގޮތެއްވަނީ! އެހެންވެ ފައި އަޅަން ނުކެރިފަ މިހުރީ!” އުޝާ އެހެން ބުނުމުން ޒައިން އޭނާގެ އަތް ދިއްކޮށްލިއެވެ. އަތުގައި ހިފައިގެން ފޭބޭތޯ ބެލުމަށެވެ. އުޝާ މަޑުމަޑުން ޒައިންގެ އަތުގައި ހިފާލީ ޖެހިލުންވެ ހުރެއެވެ. ނަދާ ރުޅި އަޔަސް އޭނާއަށް އިތުރު ގޮތެއް ނެތެވެ. ” ބަލައިގެން އަންނައްޗޭ! ” ޒައިން އެހެން ބުނުމަށްފަހު މަޑުމަޑުން ތިރިއަށް ފައިބަންފެށިއެވެ ދެމީހުން އައިސް ކާމޭޒުކައިރީ ހުއްޓުމާއެކު ނަދާ ކޮޅަށް ތެދުވިއެވެ. […]
ސަލާމާ ޢަބްދުލް ޢަލީމް
ހދ. ކުޅުުދުއްފުށި ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ރާއްޖެ އެތެރެކުރުން މަނާ ސިންގަލްޔޫސް ޕްލާސްޓިކްގެ ބާވަތްތަކެއް ނައްތާލައިފިއެވެ. މޯލްޑިވްސް ކަސްޓަމްސް އިން ބުނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ރާއްޖެ އެތެރެކުރުން މަނާ ސިންގަލްޔޫސް ޕްލާސްޓިކްގެ ބާވަތްތަކެއް ނައްތާލާފައިވާ ކަމަށެވެ. މިތަކެއްޗަކީ ޤާނޫނު ނަންބަރު 79/31 (ރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނު) ގެ 07 ވަނަ މާއްދާގެ ދަށުން, ރާއްޖެއަށް އިމްޕޯޓްކުރުން މަނާތަކެތީގެ ގޮތުގައި ރައީސް ކަނޑައަޅުއްވާފައިވާ ސިންގަލްޔޫސް ޕްލާސްޓިކުގެ ބާވަތ...
މުޙައްމަދު އަފްރާޙް
ހދ. ހަނިމާދޫ ބަނދަރުގައި ވިޔަފާރި ކުރުމަށް ހާއްސަ ކުރެވިފައިވާ ބިންތައް ކުއްޔަށް ދޫކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. އެ ކައުންސިލުން ވަނީ އެ ރަށު ބަނދަރު ސަރަހައްދުން 25 (ފަންސަވީސް) އަހަރު ދުވަހުގެ މުއްދަތަށް 8 ބިމެއް ކުއްޔަށް ދޫކުރަން ނިންމައި، ބިންތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ. މި ކަމާއި ގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ސެޝަން މި މަހުގެ 13 ވަނަ ދުވަހުގެ 10:30 ގައި އެ ކައުންސިލުގެ ޖަލްސާކުރާ މާލަމުގައި […]
އިބްރާހިމް ޚަލީލް
މަދަނީ ޖަމިއްޔާތަކަށް ނުރައްކާ ކުރިމަތި ކުރާ ކަންކަމަކީ ރާއްޖޭގެ ހުޅުވާލެވިފައިވާ މުޖުތަމަޢަށް ގެއްލުންހުރި ކަންކަން ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ. ރައީސް މިހެން ވިދާޅުވީ، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ރައީސް ޖޯ ބައިޑެން އިންތިޒާމްކުރައްވައިގެން ބޭއްވެވި “ސަމިޓް ފޮރ ޑިމޮކްރަސީ”ގެ ދެވަނަ ބައްދަލުވުމުގައި އިއްވެވި ޤައުމީ ބަޔާނުގައެވެ. ރައީސްގެ ބަޔާނުގައި ވަނީ 2021 ވަނަ އަހަރު ބޭއްވި މީގެ ފުރަތަމަ ސަމިޓަށްފަހު ރާއްޖެއިން ހޯދާފައިވާ ކުރިއަރުންތަކަށް އަލިއަޅުވާ...
ޔުމްނާ ޢަލީ
ޅ. ނައިފަރުގެ ފެނާ ނަރުދަމާގެ މައްސަލައަކީ ދެ ސަރުކާރެއްގެ ދެމެދު ތާށިކޮށްގެން އުޅޭ މައްސަލައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު، އަދި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ނައިފަރުގެ ފެނާ ނަރުދަމާގައި ހުރި މައްސަލަތަކާ ބެހޭގޮތުން ނައިފަރު ދާއިރާގެ މެންބަރު މަޖިލީހަށް ހުށަހަޅުއްވާފައިވާ ޤަރާރަށް ވާހަކަ ދައްކަވަމުންނެވެ. އެ ޤަރާރަށް ބަހުސްކުރައްވަމުން ނާޒިމް ވިދާޅުވީ، ނައިފަރުގައި 2022 ވަނަ އަހަރު ނިންމައި މީހުން ދިރިއު...
މުޙައްމަދު އަފްރާޙް
ކުނި މެނޭޖުކުރުމާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ. ރާއްޖެއަށް ކުނި އެތެރެކުރުން މަނާކުރަން ކުނި މެނޭޖުކުރުމާ ބެހޭ އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދުއެވެ. މި އިސްލާހު ހުށަހެޅުއްވީ ރާއްޖެއަށް ކުނި އެތެރެކުރުމާ ގުޅޭގޮތުން ބަޔާންކުރާ އުސޫލުތައް، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްކުރުމުގެ ގޮތުން، ރާއްޖެއަށް ކުނި އެތެރެކުރުމަކީ މަނާކަމެއް ކަމުގައި ކަނޑައެޅުމަށް ކަމަށް އެ އިސްލާހުގައި ބުނެފަވެއެވެ. މީގެ އިތުރުން ކުނި މެނޭޖުކުރުމުގެ ކަންކަން ދެމެ...
މުޙައްމަދު އަފްރާޙް
ވ. އާރަށް މައްސަލާގައި 52 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އަމުރު ނެރުނީ ގާނޫނާ ޚިލާފަށް ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެއްޖެ އެވެ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައި ވަނިކޮށް, ލޯންޑާކުރި 3.4 މިލިއަން ޑޮލަރު (52 މިލިއަން ރުފިޔާ) ހަ މަސް ތެރޭގައި ދައުލަތަށް ދައްކަން ކްރިމިނަލް ކޯޓުން މިދިޔަ މަހު އެންގި އެވެ. އެ ނިންމުން […]
ހުސައިން ހަބީބް
ރޭ ބެލްޖިއަމްއާއި ޖަރުމަނު ބައްދަލުކުރި ބައިނަލްއަގުވާމީ ރަހުމަތްތެރި ކަމުގެ މެޗު ބެލްޖިއަމުން ކާމިޔާބު ކޮށްފިއެވެ. ރޭ ޖަރުމަނުގައި ކުޅުނު މެޗު ބެލްޖިއަމުން ކާމިޔާބު ކޮށްފައި ވަނީ 3-2 ގެ ނަތީޖާއިންނެވެ. މިއީ ފާއިތުވި 69 އަހަރު ތެރޭ ބެލްޖިއަމަށް ޖަރުމަނުގެ މައްޗަށް ކުރި ހޯދުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން ބެލްޖިއަމުން ޖަރުމަނު ބަލިކޮށްފައި ވަނީ 1954 ވަނަ އަހަރުއެވެ. އޭގެ ފަހުން މި ދެ ޓީމް ޖުމްލަ 16 ފަހަރެއްގެ މަތީން ބައްދަލުކޮށްފައި ވީ ނަމަވެސް […]
އިބްރާހިމް ޚަލީލް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުކަމުގެ މަޤާމަށް، އިބްރާހީމް ވަޙީދު (އިބްރޭ) މިއަދު ޢައްޔަންކުރައްވައިފިއެވެ. ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޑެޕިއުޓީ ޗެއާޕާސަން (އިދާރީ)ގެ މަގާމުގައި ހުންނެވި އިބްރޭ ރައީސް އޮފީހުގެ މިނިސްޓަރުގެ މަޤާމަށް ޢައްޔަނުކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. އިބްރޭ އަކީ، 2009 އ...
ޔުމްނާ ޢަލީ
މިހާރު ކުރިއަށްދާ ޔޫރޯ 2024، ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގައި ރޭ ގްރޫޕް އޭގައި ސްޕެއިންއާއި ސްކޮޓްލެންޑް ބައްދަލުކުރި މެޗު ސްކޮޓްލެންޑުން ކާމިޔާބު ކޮށްފިއެވެ. ރޭ އަމިއްލަ ދަނޑުގައި ސްކޮޓްލެންޑުން ސްޕެއިން ބަލިކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މިއީ ސްކޮޓްލެންޑަށް ތާރީޚީ މޮޅެކެވެ. މިއީ ފާއިތުވި 39 އަހަރުތެރޭ ސްކޮޓްލެންޑަށް ސްޕެއިންގެ މައްޗަށް ކުރި ހޯދުނު ފުރަތަމަ ފަހަރެވެ. މިއީ ސްޕެއިންގެ އައު ކޯޗް ޑެ ލާ ފުއެންޓޭ އިރުޝާދުގެ ދަށުން އެ ޓީމް ކުޅުނު ދެވަނަ […]
އިބްރާހިމް ޚަލީލް
ސުން ޒޫއަކީ ޗައިނާއަށް އުފަން ހަނގުރާމައިގެ އިސްތިރާޖީ މާހިރެކެވެ. އޭނާގެ “ދި އާރޓް އޮފް ދަ ވޯރ” އަކީ މި ޒަމާނުގައި ވެސް ހަނގުރާމައިގެ ފަންނު ކިޔަވައިދިނުމާއި ދިރާސާކުރުމުގައި ބޭނުންކުރާ މުހިންމު މަސްދަރަކެވެ. ޚާލިދު ބިން ވަލީދަކީ މީލާދީން ހަތްވަނަ ޤަރުނުގައި އުޅުއްވި ކީރިތި ރަސޫލާ، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސަހާބީ ބޭކަލެކެވެ. ހަނގުރާމައަށް ކުޅަދާނަ ފަހުލަވާނެކެވެ. ވަރުގަދަ މޮޅު ކޮމާންޑަރެކެވެ. އެތައް ހަނގުރާމައަކުން ނަޞްރާއި ކާމިޔާބު ހޯއްދަވާފައިވާ ފާތިޙެކެވެ. ޚާލިދު ބިން ވަލީދަކ...
ޢަބްދުﷲ ސަޢީދު
ފާއިތުވި ތިން އަހަރު، ޒަކާތު ފަންޑުން ބޭސްފަރުވާއަށް 35 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ. އެ މިނިސްޓްރީން މިކަން ހާމަކުރީ ޒަކާތު ފަންޑުން ވޭތުވެދިޔަ ތިން އަހަރު ބޭސްފަރުވާއަށް ކުރި ހަރަދުގެ ތަފުސީލު ހާމަކުރައްވައި، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ލިޔުމުގައެވެ. މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، އިސްލާމިކް މިނިސްޓަށް ހުށަހަޅުއްވާފައިވާ ސުވާލަކަށް ދެއްވި ޖަވާބުގައި މިނިސްޓަރު ވ...
މުޙައްމަދު އަފްރާޙް
ރައީސް އޮފީހުގެ މިނިސްޓަރު ކަމުގައި ހުންނެވި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު އެ މަގާމުން ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރިކަމަށް ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ އެއީ ތެދެއް ކަމަށާއި ޝިފާޒު، ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް، އިތުރު ތަފްސީލެއް ނުދެއްވައެވެ. މިކަމާއި ގުޅިގެން ‘ތިލަދުން’ އަށް ޝިފާޒު ވިދާޅުވީ އޭނާ ވަޒީފާއިން ވަކިކުރި ކަމުގެ ޗިޓު އަދި ލިބިވަޑައިނުގަންނަވާ ކަމަށެވެ. “އަޅުގަ...
މުޙައްމަދު އަފްރާޙް
ދިވެހި ފުލުހުންގެ ޚިދުމަތަށް 90 އަހަރު ފުރުން ފާހަގަކޮށްފިއެވެ. މި ދުވަސް ފާހަގަކުރުމަށް ޝަހީދު ހުސައިން އާދަމް ބިލްޑިންގ ކުރިމަތީގައި ރޭ 12:00 ގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހޯމް މިނިސްޓަރު އިމްރާނެވެ. އެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު، ފުލުހުންގެ އެކްޒެކެޓިވް އޮފިސަރުން، ކޮމިޝަންޑް އޮފިސަރުން އަދި ގިނަ އަދަދެއްގެ ފުލުހުންނާއި އާންމު […]
މުޙައްމަދު އަފްރާޙް
ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ މޮޓޯކޭޑަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފިއެވެ. އެ ދެ މީހުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ މި މާރިޗު މަހުގެ 26 ގައެވެ. އެ އަމުރުގައި ބުނެފައިވަނީ، ހާދިސާ ހިނގި ގޮތުގެ ފުޓޭޖާއި ދިފާއުން ހުށަހަޅާފައިވާ ފުޓޭޖުން ހާދިސާ ހިނގި ގޮތް ފެންނަ ކަމަށާއި ފުލުހުންގެ ފަރާތުން ހުށަހެޅި ސްނެޕްޝޮޓުތަކުން ފެންނަ މަންޒަރުތަކަށް ބަލާއިރު، މި ކުށް ތަކުރާރުވުމުގެ ފުރުސަތު ކުޑަކަމަށް ފެންނަ ކަމަށެވެ. އެހެންވެ، މި ދެ […]
މުޙައްމަދު އަފްރާޙް
އެވިޑް ކޮލެޖްގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް އެންޑް ލޯއިން އިންތިޒާމްކޮށްގެން، މިއަހަރުވެސް ރޯދަމަހަށް ހާއްސަކޮށްގެން ދީނީ މައުލޫމާތު ހިމެނޭގޮތަށް ސުވާލު ތައްޔާރުކޮށް ކުއިޒްއެއް ބޭއްވުމަށް ނިންމައިފިއެވެ. މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކުއިޒްގެ ނަމަކީ “އެވިޑް ރަމަޟާން ކުއިޒް 1444” އެވެ. ވޭތުވެދިޔަ އަހަރެކޭ އެއްފަދައިން އެވިޑް ކޮލެޖުން މިއަހަރުގެ ކުއިޒްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެވިޑް ކޮލެޖްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށެވެ. މި ކުއިޒުގައި ރޯދަ މަހުގެ ކޮންމެ ދުވަހަކު ދީ...
އަޙްމަދު ވަހީދު
ލޯ ހުޅުވާލެވުނީ މަންމަގެ ބާރު އަޑަށެވެ. އަވަސް އަވަހަށް ތެދުވެ ސިޓިންގރޫމަށް ނިކުތީ، ފާރުގައި އަޅުވާފައި ހުރި ގަޑި ބަލާށެވެ. ގަޑިން ބަރާބަރު ހައެއް ޖެހީއެވެ. ” ފަތިސްނަމާދު ކުރަން ގޮވިޔަކަސް ތެދުވަނިއްޔެއް ނޫން! މާދަމާ ނުތެދުވިއްޔާ ސްކޫލަށް ދާކަށްވެސް ނުގޮވާނަން!” އަހަންނަށް ފަހަތް ބަލާލެވުނީ ދާދި ގާތުން އިވުނު މަންމަގެ އަޑަށެވެ. އޭރު މަންމަގެ އެއް އަތުގައި ރޮށިދަމާ ރޯލު އޮތެވެ. އެހެންކަމުން މަންމަ އެއައީ ރޮށި ފިހަން ހުރެފައިކަން އަހަންނަށް އެނގުނެވެ. ކަމެއް ކުރަން […]
ސަލާމާ ޢަބްދުލް ޢަލީމް