ހދ. ކުޅުުދުއްފުށި ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ރާއްޖެ އެތެރެކުރުން މަނާ ސިންގަލްޔޫސް ޕްލާސްޓިކްގެ ބާވަތްތަކެއް ނައްތާލައިފިއެވެ.

މޯލްޑިވްސް ކަސްޓަމްސް އިން ބުނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ރާއްޖެ އެތެރެކުރުން މަނާ ސިންގަލްޔޫސް ޕްލާސްޓިކްގެ ބާވަތްތަކެއް ނައްތާލާފައިވާ ކަމަށެވެ.

Ad
rt

މިތަކެއްޗަކީ ޤާނޫނު ނަންބަރު 79/31 (ރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނު) ގެ 07 ވަނަ މާއްދާގެ ދަށުން, ރާއްޖެއަށް އިމްޕޯޓްކުރުން މަނާތަކެތީގެ ގޮތުގައި ރައީސް ކަނޑައަޅުއްވާފައިވާ ސިންގަލްޔޫސް ޕްލާސްޓިކުގެ ބާވަތްތައް ކަނޑައެޅުމާބެހޭ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2021/3 ގެ އިސްލާހުގެ ދަށުން، ކުޅުދުއްފުށި ކަސްޓަމްސް އިން ހިފަހައްޓާފައިވާ ތަކެތި ކަމަށް ވެސް ބުނެއެވެ.

ކަސްޓަމްސް އިން ބުނީ މި ތަކެތި ނައްތާލާފައިވަނީ 16 މާރިޗް 2023 ވަނަ ދުވަހު ކުޅުދުއްފުށި ކުނި ނައްތާލާ ސަރަޙައްދުގައި ކަމަށެވެ.

މިގޮތުން ނައްތާލެވުނު ތަކެތީގެ ތެރޭގައި ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނެއެވެ.

މީގެ އިތުރުން ވެސް މިއަހަރުގެ މިހައިތަނަށް ވަނީ ގިނަ އަދަދެއްގެ ޕްލާސްޓިކު ކޮތަޅު ނައްތައިލާފައެވެ.

މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ޤަވާއިދުގެ 422 ވަނަ މާއްދާގެ ދަށުން ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި ނުގެންގޮސް ހުންނަ ތަކެއްޗާއި، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ނައްތާލުމުގައި ކަސްޓަމްސްއިން ޢަމަލުކުރާ އުޞޫލުގެ ދަށުން ނައްތާލެވުނު ތަކެއްޗެވެ.

އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ނައްތާލެވިދާނެކަމަށް ކަސްޓަމްސްގެ ޢާންމު ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.