މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,471 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1055 ވަނަ ޞަފްޙާ

މަސައްކަތްތެރިންގެ ހައްގުގައި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް މަސައްކަތްތެރިން ބަލައިގަނޭ: އެމްޑީޕީ

މަސައްކަތްތެރިންގެ ހައްގުގައި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް މަސައްކަތްތެރިން ބަލައިގަނޭ: އެމްޑީޕީ

މަސައްކަތްތެރިންގެ ހައްގުގައި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް މަސައްކަތްތެރިން ބަލައިގަންނަކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ. އެ ޕާޓީން މިހެން ބުނީ މިއަދުފާހަގަކުރާ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ ފޮނުވުމަށް ނެރުނު ބަޔާނުގައެވެ. މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށް އަބަދުވެސް ގޮވާލާ, އަދި އެ ހައްގުތައް ނެގެހެއްޓުމަށް މަސައްކަތްކުރާ ޕާޓީއެއްކަން ފާހަގަކޮށް އެ ޕާޓީން ބުނީ އައު ގާނޫނުއަސާސީގެ ދަށުން އިންތިހާބުކުރެވުނު މި ޕާޓީގެ...

މުޙައްމަދު އަފްރާޙް
އިންޑިއާގެ ދިފާއީ ވަޒީރު ރާއްޖެ ވަޑައިގެންފި

އިންޑިއާގެ ދިފާއީ ވަޒީރު ރާއްޖެ ވަޑައިގެންފި

އިންޑިއާގެ ދިފާއީ ވަޒީރު ރާޖްނާތު ސިންގ ރާއްޖެވަޑައިގެންފިއެވެ. ރާއްޖޭގެ ދިފާއީ ވަޒީރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީގެ ދަޢުވަތަކަށް ކުރައްވާ، މި ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނު ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މަރުޙަބާ ދެންނެވީ މާރިޔާ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. ތިން ދުވަހުގެ މުއްދަތަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި ދެޤައުމުގެ ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކޮށް، ދިފާއީ ދާއިރާއިން އެހީތެރިކަމާއި އެއްބާރުލުން އިތުރުކޮށް ގުޅުން...

މުޙައްމަދު އަފްރާޙް
ޕާޓީއަށް ސޮއިނުކޮށް ވަޒީފާގައި ހުރުމަކީ މިއަދު މުސްތަހިއްލުކަމަކަށް ވަނީ ވެފައި: އެމްއެންޕީ

ޕާޓީއަށް ސޮއިނުކޮށް ވަޒީފާގައި ހުރުމަކީ މިއަދު މުސްތަހިއްލުކަމަކަށް ވަނީ ވެފައި: އެމްއެންޕީ

ޕާޓީއަށް ސޮއިނުކޮށް ވަޒީފާގައި ހުރުމަކީ މިއަދު މުސްތަހިއްލުކަމަކަށްވެފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް ނުވަތަ އިންޓަރނޭޝަނަލް ލޭބާ ޑޭ ގެ މުނާސަބަތުގައި ނާޒިމް ނެރުއްވި ބަޔާނުގައި ވަނީ ސަރުކާރަށް މަރުޙަބާ ކިޔާ ޓްވީޓްކުރުން ވަޒީފާގެ ބަޔާނުގައި ހިމަނާފައިވާ ކަމަށާއި ވަޒީފާގެ ރައްކާތެރިކަމަކީ މިހާރު މިއީ ކަމަށެވެ. ރާއްޖޭގައި ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ...

މުޙައްމަދު އަފްރާޙް
ހިރިލަންދޫގައި މާރާމާރީއެއް ހިނގައި، ދެމީހަަކަށް އަނިޔާވެއްޖެ

ހިރިލަންދޫގައި މާރާމާރީއެއް ހިނގައި، ދެމީހަަކަށް އަނިޔާވެއްޖެ

ތ. ހިރިލަންދޫގައި މާރާމާރީއެއް ހިނގައި، ދެމީހަަކަށް އަނިޔާވެއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ އެރަށު ގެއެއްގެ ތެރެއަށް ތޫނު ހަތިޔާރު ހިފައިގެން ވަދެ ބަޔަކު މާރާމާރީއެއް ހިންގާފައިވާ ކަމަށެވެ. އަދި އެ ރިޕޯޓު ލިބުނީ ރޭ 10 ޖަހާކަންހާއިރު ކަމަށެވެ. މި މާރާމާރީގައި 49 އަހަރުގެ މީހަކާއި 43 އަހަރުގެ މީހަކަށް އަނިޔާ ވެފައިވާ ކަމަށާއި އެދެމީހުންނަށް ހިރިލަންދޫ ސިއްހީ މަރުކަޒުން ފަރުވާދިނުމަށް ފަހު އިތުރު ފަރުވާއަށް ވޭމަންޑޫ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ވަނީ […]

މުޙައްމަދު އަފްރާޙް
އަލަށް ގާއިމްކުރަން ހަވާލުކުރި ފަސް ރަށުގެ އައިސްޕްލާންޓާއެކު ސަރުކާރުގެ އައިސްޕްލާންޓް ވައުދު ފުއްދިއްޖެ: ހުސެން

އަލަށް ގާއިމްކުރަން ހަވާލުކުރި ފަސް ރަށުގެ އައިސްޕްލާންޓާއެކު ސަރުކާރުގެ އައިސްޕްލާންޓް ވައުދު ފުއްދިއްޖެ: ހުސެން

އަލަށް ގާއިމްކުރަން ހަވާލުކުރި ފަސް ރަށުގެ އައިސްޕްލާންޓާއެކު ސަރުކާރުގެ އައިސްޕްލާންޓް ވައުދު ފުއްދިއްޖެ ކަމަށް މަސްވެެރިކަމާއި ބެހޭ ވަޒީރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ފަސް ރަށެއްގައި އައިސްޕްލާންޓް ތަރައްގީކުރުމަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ އައިސްޕްލާންޓްތައް ގާއިމްކުރުން ފެނަކަ އާއި ހަވާލުކުރީ އެ އައިސްޕާންޓްތަކަށް ހެޔޮ އަގެއްގައި ކަރަންޓް ފޯރުކޮށްދެއްވާތީ ކަމަށެވެ. ފެނަކަ ކޯޕަރޭ...

މުޙައްމަދު އަފްރާޙް
އެމްޕީ ޒަރީރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

އެމްޕީ ޒަރީރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. މި ހަމަލާގައި ޒަރީރަށް ލިބުނު އަނިޔާ އަށް އޭޑީކޭ ގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއެވެ. މެންބަރު ޒަރީރަށް ތޫނު އެއްޗަކުން ޙަމަލާ ދީފައިވަނީ ހަބީބީ ކެފޭ އެންޑް ބިސްޓްރޯ ތެރޭގައި އިންނަވަނިކޮށްކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ. މި...

ޔުމްނާ ޢަލީ
މަސައްކަތްތެރިންގެ ޙައްޤުގައި ކުރަންޖެހޭ ކަންކަން ކުރުމުގައި ސަރުކާރު ދެމިއޮންނާނެ: ރައީސް

މަސައްކަތްތެރިންގެ ޙައްޤުގައި ކުރަންޖެހޭ ކަންކަން ކުރުމުގައި ސަރުކާރު ދެމިއޮންނާނެ: ރައީސް

މަސައްކަތްތެރިންގެ ޙައްޤުގައި ކުރަންޖެހޭ ކިތަންމެ ކަމެއް އަދިވެސް އެބަހުރިކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ފޮނުއްވި ޚިޠާބުގައި ވޭތުވެދިޔަ މިދިޔަ ހަތަރު އަހަރެއްހާ ދުވަހު، މަސައްކަތްތެރިންގެ ޙައްޤުގައި، ދިވެހި ސަރުކާރުގެ ފަރާތުން އަޅާފައިވާ މުހިންމު ފިޔަވަޅުތަކަށް ވެސް އަލިއަޅުވާލައްވާފައިވެއެވެ. އެގޮތުން ވިހެއުމާއި ގުޅިގެން ކޮންމެ މަންމައަކަށް 6 މަސްދުވަހުގެ މެޓަރނިޓީ ލީވް، އަދި ބައްޕައަށް 1 މަސް...

މުޙައްމަދު އަފްރާޙް
''ރަންތާޖު ޤުރުއާން'' މުބާރާތުން ހޯރަފުށީ ސުޖާއު ސަރ އަށް ފަޚުރުވެރި ވަނައެއް

''ރަންތާޖު ޤުރުއާން'' މުބާރާތުން ހޯރަފުށީ ސުޖާއު ސަރ އަށް ފަޚުރުވެރި ވަނައެއް

ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ޤުރުއާން މުބާރާތުން ހއ. ހޯރަފުއްޓަށް ނިސްބަތްވާ އަހުމަދު ސުޖާއު (ސުޖާއު ސަރ) ފަޚުރުވެރި ވަނަ އެއް ހޯދައިފިއެވެ. ރާއްޖޭގެ 6 ސަރަހައްދަކުން 111 މީހުން ބައިވެރިވި މި މުބާރާތުގެ ފައިނަލް ބުރަށް ދަތުރުކޮށް ސުޖާއު ވަނީ މުޅި ރާއްޖެއިން ހަތަރު ވަނަ ހޯދާފައެވެ. ސުޖާއު އަކީ ހއ. ހޯރަފުށީގައި ހުންނަ ހއ. އަތޮޅު މަދަރުސާގެ ޤުރްއާން މުދައްރިސެކެވެ. ސުޖާއުގެ މި ކާމިޔާބަށް އަތޮޅު މަދަރުސާއިން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ. […]

ޔުމްނާ ޢަލީ
ކީރިތި ޤުރްއާނަށް ލޯބިކުރާ ދެ ޖިންސުގެ ވަރަށް ގިނަ ޒުވާނުން ތިބިކަން ރަން ތާޖު ޤުރްއާން މުބާރާތުން އެނގިއްޖެ: ރައީސް

ކީރިތި ޤުރްއާނަށް ލޯބިކުރާ ދެ ޖިންސުގެ ވަރަށް ގިނަ ޒުވާނުން ތިބިކަން ރަން ތާޖު ޤުރްއާން މުބާރާތުން އެނގިއްޖެ: ރައީސް

ކީރިތި ޤުރްއާނަށް ލޯބިކުރާ، ދެ ޖިންސުގެ ވަރަށް ގިނަ ޒުވާނުންތަކެއް އަޅުގަނޑުމެންގެ ތެރޭގައި އެބަތިބިކަން ރަންތާޖު ޤުރުއާން މުބާރާތުން އެނގިގެން ހިނގައްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ރަންތާޖު ޤުރުއާން މުބާރާތް ނިންމުމުގެ ހަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެ ޒުވާނުންނަށް ބޭނުންވަނީ އިތުރު ތަމްރީނާއި ތަޖުރިބާ ކަމަށެވެ. އޭރުން ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ރަން ވަނަތައް ޙާޞިލުކުރާނެ އެތައް ޤާރީންނަކާއި އެތައް ޙާފިޒުންނެއް އ...

މުޙައްމަދު އަފްރާޙް
ދިއްދޫ އިންޓަ އޮފީސް ހަތަރުވަނަ ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ފުޅުވާލައިފި

ދިއްދޫ އިންޓަ އޮފީސް ހަތަރުވަނަ ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ފުޅުވާލައިފި

ހދ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ދިއްދޫ ޔޫތު ސެންޓަރ ގުޅިގެން ކުރިއަށް ގެންދާ “ދިއްދޫ އިންޓަ އޮފީސް ފުޓްސަލް މުބާރާތް 2023” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ދިއްދޫގައި ހުރި ސަރުކާރު އޮފީސް އަދި ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް އެކުވެރިކަން ދެމެހެއްޓުމެވެ. މި މުބާރާތުގައި ކޮންމެ އޮފީހަކުން ވެސް ބައިވެރި ކުރެވޭނީ އެއް ޓީމެވެ. ނަމަވެސް ގިނަ އޮފީސްތަކެއް އެކުވެގެން ޓީމް އެކުލަވާލުމުގެ […...

އިބްރާހިމް ޚަލީލް
''ރަންތާޖު ޤުރުއާން'' މުބާރާތުގެ 1 ވަނަ ސާއީ އަށް

''ރަންތާޖު ޤުރުއާން'' މުބާރާތުގެ 1 ވަނަ ސާއީ އަށް

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓާއި، ރާއްޖެޓީވީ ގުޅިގެން ކުރިޔަށް ގެންދިޔަ ރަންތާޖު ޤުރުއާން މުބާރާތުގެ ފަޚުރުވެރި 1 ވަނަ މުހައްމަދު ސާއީ މުބާރިކް ހާސިލްކޮށްފިއެވެ. މި މުބާރާތުގެ 1 ވަނަ ހޯދައި، ރަންތާޖު ހާސިލްކުރި ސާއީ އަކީ ނ. ހޮޅުދޫއަށް ނިސްބަތްވާ ފަރާތެކެވެ. ރާއްޖޭގައި މިހާތަނަށް ބޭއްވުނު މިފަދަ އެންމެ ބޮޑު ޤުރުއާން މުބާރާތް ނިންމުމުގެ ހަފުލާ ރޭ ބާއްވާފައިވާއިރު، މުބާރާތުން އެއްވަނަ ހޯދި ސާއީ އަށް […]

ޔުމްނާ ޢަލީ
ދިވެހި ކަނޑުގެ ސަރަހައްދެއް ''ގެއްލުވާލުމުގެ'' ޒިންމާ ސަރުކާރުން ނަގަން ޖެހޭނެ: އެމްއެންޕީ

ދިވެހި ކަނޑުގެ ސަރަހައްދެއް ''ގެއްލުވާލުމުގެ'' ޒިންމާ ސަރުކާރުން ނަގަން ޖެހޭނެ: އެމްއެންޕީ

ދިވެހި ކަނޑުގެ ސަރަހައްދެއް ގެއްލިފައިވާ ކަމަށާއި، އެކަމުގެ ޒިންމާ ސަރުކާރުން ނަގަން ޖެހޭނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު، ކާނަލް ރިޓައާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ޗާގޯސް މައްސަލައާއި ގުޅޭގޮތުން އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ޗާގޯސް މައްސަލައިގައި ނިންމި ނިންމުން ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ދިވެހިންގެ ހައްގުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ. ދިވެހި ކަނޑުގެ ސަރަހައްދެއް ގެއްލު...

މުޙައްމަދު އަފްރާޙް
ދޯންޏެއް އަޑިއަށް ދާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފި

ދޯންޏެއް އަޑިއަށް ދާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފި

ދޯންޏެއް ދިޔަވެ އަޑިއަށް ދާތީ ދިވެހި ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ. މި ދޯންޏަކީ މާލެއިން ފުރައިގެން ހަތަރު ދިވެހިންނާއެކު ތ. ދިޔަމިގިއްޔަށް ދަތުރަމުން ދިޔަ ދޯންޏެކެވެ. “މާކުރީ 7″ ނަމަކަށް ކިޔާ މި ދޯނި ތ. ވިލިފުށީގެ ހުޅަނގު އުތުރުން 6 މޭލު ބޭރުން ދިޔަވެ އަޑިއަށްދާކަމުގެ މަޢުލޫމާތު ލިބިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވަމުން އަންނަކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. ”ކޯސްޓުން ވަނީ ދޯންޏަށް ކައިރިކޮށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައި” އެމްއެންޑީއެފުން ވިދާޅުވިއެވެ. އެ އިދާރާއި...

ޔުމްނާ ޢަލީ
ފުރުޞަތުގެ ބޭނުން ހިފާ ބަޔާން އެއްވަނައަށް

ފުރުޞަތުގެ ބޭނުން ހިފާ ބަޔާން އެއްވަނައަށް

ޖަރުމަނު ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ބްރޫޝިއާ ޑޯޓްމަންޑް ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން އެއްވަރުވުމުން އޭގެ ފައިދާނަގައި ރޭ މެޗު ކާމިޔާބުކޮށް ބަޔާނުން ޑޯޓްމަންޑް ފަހަތަށް ޖައްސާލައި ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ. ރޭ ބަޔާން ވަނީ 2-0 ގެ ނަތީޖާއިން ހާތާ ބާލިން ބަލިކޮށްފައެވެ. ހޮނިހިރު ދުވަހުގެ ރޭ ޑޯޓްމަންޑާއި ބޯކުމް ބައްދަލުކުރި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. އެ މެޗުން […]

އިބްރާހިމް ޚަލީލް
އެސްޓީއޯއިން ޕެޓްރޯލާއި ޑީސަލް އަގުހެޔޮކޮށްފި

އެސްޓީއޯއިން ޕެޓްރޯލާއި ޑީސަލް އަގުހެޔޮކޮށްފި

އެސްޓީއޯއިން ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފިއެވެ. އެސްޓީއޯއިން ރޭ ބުނީ އެ ކުންފުނިން ވިއްކާ ޕެޓްރޯލާއި ޑީސަލް އަގުހެޔޮ ކުރަން ނިންމާފައިވަނީ މިއަދުން ފެށިގެން ކަމަށެވެ. އެގޮތުން، ޕެޓްރޯލް ލީޓަރަކުން 83 ލާރި އަގުހެޔޮ ކޮށްފައިވާއިރު ޑީސަލް ލީޓަރަކުން 62 ލާރި ވަނީ އަގުހެޔޮ ކޮށްފައެވެ. މި ބަދަލާއެކު ކުރިން 15.97ރ. އަށް ވިއްކަމުން އައި ޕެޓްރޯލް ލީޓަރެއް މިހާރު 15.14ރ. އަށް ލިބޭނެއެވެ. އަދި ކުރިން 16.32ރ. އަށް ވިއްކަމުން އައި ޑީސަލް ލީޓަރެއް ހޯމަ […]

އަޙްމަދު ވަހީދު
''ސިއްހީ ދާއިރާގެ 3710 ދިވެހި މުވައްޒަފެއްގެ މުސާރައަށް ހެޔޮބަދަލު އަންނާނެ''

''ސިއްހީ ދާއިރާގެ 3710 ދިވެހި މުވައްޒަފެއްގެ މުސާރައަށް ހެޔޮބަދަލު އަންނާނެ''

ސިއްހީ ޚިދުމަތްތެރިންގެ މުސާރަ ބޮޑުކުރަން ސަރުކާރުން ނިންމަވާފައިވާއިރު، މި ބަދަލާއެކު ދާއިރާގެ 3710 ދިވެހި މުވައްޒަފެއްގެ މުސާރައަށް ހެޔޮބަދަލު އަންނާނެކަން ސަރުކާރުން ހާމަކުރައްވައިފިއެވެ. މިއަދު ހެނދުނު ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ދެއްވި ހާއްސަ މެސެޖެއްގައި ވަނީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް މެއި 1 ވަނަ ދުވަހުން ފެށިގެން ގެންނަވާ ކުރިއެރުންތައް ޢިއުލާންކޮށް ދެއްވާފައެވެ. އޭގެފަހުން ސަރުކާރުން ވަނީ އެ ކުރިއެރުންތަކުގެ ތަފްސީލް ހާމަކުރެއްވުމަށް ނޫސްވެރިންގެ ބައްދަލުވުމެއް މި...

ޔުމްނާ ޢަލީ
ސިޓީ އެއްވަނައަށް

ސިޓީ އެއްވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ފުލަމްއާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ސިޓީ ޖެހިލައިފިއެވެ. މިރޭ ފުލަމްގެ ދަނޑުގައި ސިޓީން ވަނީ 2-1 ގެ ނަތީޖާއިން ފުލަމް ބަލިކޮށްފައެވެ. މި މެޗުން މޮޅުވުމާއިއެކު ސިޓީއަށް ވަނީ ތާވަލުގެ އެއްވަނާގައި އާސެނަލްއަށް ވުރެ އެއް މެޗު މަދުން ކުޅެ އެއް ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. މިވަގުތު ސިޓީ އެއްވަނާގައި އޮތީ 32 މެޗުން ލިބުނު 76 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި އޮތް އާސެނަލަށް […]

އިބްރާހިމް ޚަލީލް
މަސްތުވާ ތަކެއްޗާއިއެކު ނޮޅިވަރަމުން މީހަކު ހައްޔަރުކޮށްފި

މަސްތުވާ ތަކެއްޗާއިއެކު ނޮޅިވަރަމުން މީހަކު ހައްޔަރުކޮށްފި

ހދ. ނޮޅިވަރަމުން މަސްތުވާ ތަކެއްޗާއިއެކު މީހަކު ހައްޔަރު ކޮށްފިއެވެ. މި ނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހަވީރުގެ ވަގުތެއްގައި ހަޔަރު ކޮށްފައި ވަނީ ނޮޅިވަރަމް ސްކޫލްގެ އިސްލާމް ޓީޗަރެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ކުޅުދުއްފުށިން ނޮޅިވަރަމަށް އައިވަގުތު ފުލުހުން އެ ރަށު ބަނދަރުމަތިން އޭނާ ބަލައި ފާސްކުރުމުގެ ތެރޭ މަސްތުވާތަކެތިކަމަށް ސައްކުކުރެވޭ އެއްޗެހި އަޅާފައިވާ ރަބަރު ޕެކެޓްތަކެއް އޭނާ އަތުން ފެނުމާއި ގުޅިގެންނެވެ. މިނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ނޮޅިވަރަމް ސްކޫލުގައ...

އިބްރާހިމް ޚަލީލް