މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.

Ad
rt

މި ހަމަލާގައި ޒަރީރަށް ލިބުނު އަނިޔާ އަށް އޭޑީކޭ ގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މެންބަރު ޒަރީރަށް ތޫނު އެއްޗަކުން ޙަމަލާ ދީފައިވަނީ ހަބީބީ ކެފޭ އެންޑް ބިސްޓްރޯ ތެރޭގައި އިންނަވަނިކޮށްކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

މި މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައި ވަނީ ފަތިހު 05:08 ހާއިރު އެވެ.

މި މައްސަލަ ފުލުހުން ގެންދަވަނީ ތަހުގީގު ކުރައްވަމުންނެވެ.