މައި ޚަބަރަށް ދިޔުމަށް

ބައިނަލްއަގުވާމީ

3,697 ޝާއިޢުކުރެވިފައިވާ ލިޔުން

ބައިނަލްއަގުވާމީ - 16 ވަނަ ޞަފްޙާ

އެމެރިކާއަށް އީރާނުގެ ވަރުގަދަ އިންޒާރެއް: ''ދެން އޮތީ އިންޑިއާ ކަނޑުގެ ކުރިމަތިލުން''

އެމެރިކާއަށް އީރާނުގެ ވަރުގަދަ އިންޒާރެއް: ''ދެން އޮތީ އިންޑިއާ ކަނޑުގެ ކުރިމަތިލުން''

އެމެރިކާއިން އިރާނަށް އަލުން ހަމަލާއެއް ދީފިނަމަ، އެމެރިކާއާއެކު ކުރެވޭ ހަނގުރާމަ އިންޑިއާ ކަނޑާ ހަމައަށް ފެތުރިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް އިރާނުގެ އަސްކަރީ އިސް މުޝީރަކު އިންޒާރު ކުރައްވައިފިއެވެ. އިރާނުގެ ރޫހީ ރަހްބަރުގެ އަސްކަރީ ކަންކަމާ ބެހޭ އިސް މުޝީރު، މޭޖަރ ޖެނެރަލް ޔަޙްޔާ ރަޙީމް ޞަފަވީ މިހެން ވިދާޅުވީ ބުރާސްފަތި ދުވަހުއެވެ. ޞަފަވީ ވިދާޅުވި ގޮތުގައި، އިރާނަށް ކުރިމަތިވެދާނެ ތަފާތު އެކި ހާލަތްތަކަށް ތައްޔާރުވުމުގެ ގޮތުން އިރާނުގެ އަސްކަރިއްޔާއިން ވަނީ ޚާއްޞަ ރޭވުންތަކެއް އެކު...

ނާޒިމާ އަލީ
ޓްރަމްޕް ބޭނުންވަނީ އެއްބަސްވުމެއް، ޝީ ބޭނުންވަނީ ކާމިޔާބީއެއް

ޓްރަމްޕް ބޭނުންވަނީ އެއްބަސްވުމެއް، ޝީ ބޭނުންވަނީ ކާމިޔާބީއެއް

ދުނިޔޭގެ އެންމެ ބޮޑު ދެ އިގްތިސާދުގެ މެދުގައި ވިޔަފާރިއާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާ ގުޅޭގޮތުން އުފެދިފައިވާ ހިތްހަމަނުޖެހުންތަކުގެ ތެރެއިން، ޗައިނާގެ ރައީސް ޝީ ޖިންޕިންގް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ވައިޓްހައުސްގައި މަޝްވަރާތައް ބޭއްވުމަށް ނިންމަވައިފިއެވެ. ފާއިތުވި ދިހަ އަހަރަށް ވުރެ ގިނަ ދުވަހުގެ ތެރޭގައި ޗައިނާގެ ލީޑަރަކު އެމެރިކާއަށް ކުރައްވާ ފުރަތަމަ ދައުލަތުގެ ދަތުރުފުޅުގައި، ވޮޝިންގްޓަން ޑީސީގެ ބޭރުގައިވާ ޖޮއިންޓް ބޭސް އެންޑްރިއުސްއިން ޝީއަށް މަރުހަބާ ދެންނެވުމަށ...

ނާޒިމާ އަލީ
ކުއްލި އިންޒާރަކަށް ފަހު މައްކާ އާއި ޖިއްދާއަށް އޮތް ނުރައްކާ ފިލައިފިކަން އިއުލާންކޮށްފި

ކުއްލި އިންޒާރަކަށް ފަހު މައްކާ އާއި ޖިއްދާއަށް އޮތް ނުރައްކާ ފިލައިފިކަން އިއުލާންކޮށްފި

ސައޫދީ އަރަބިއްޔާގެ މައްކާ އާއި ޖިއްދާގެ އިތުރުން ތާއިފް، ޔަންބުއު އަދި ތަބޫކް ސަރަހައްދަށް ދޫކުރި ކުއްލި އިންޒާރަށް ފަހު، އެ ސަރަހައްދުތަކަށް އޮތް ނުރައްކާ މިހާރު ފިލައިގޮސްފައިވާ ކަމަށް އެ ގައުމުގެ ސިވިލް ޑިފެންސް އާއި ގައުމީ އާލީ ވޯނިން ޕްލެޓްފޯމުން ބުރާސްފަތި ދުވަހު އިއުލާންކޮށްފިއެވެ. އެ އިދާރާތަކުން ކުރިން ވަނީ އެ ސަރަހައްދުތަކަށް ކުރިމަތިވެދާނެ ނުރައްކަލަކާ ގުޅިގެން ކުއްލި އިންޒާރެއް ނެރެފައެވެ. ނުރައްކާ ފިލައިގޮސްފައިވާ ކަން އަންގައި ނެރުނު ވަކިވަކި އެންގުންތަކުގައި ސިވިލް ޑިފެންސުން […]

ނާޒިމާ އަލީ
ބޮމާއި ހިސާރުކުރުމަކުން ފަލަސްތީނުގެ ރައްޔިތުންގެ ރޫހު ނައްތާނުލެވޭނެ: އީރާން

ބޮމާއި ހިސާރުކުރުމަކުން ފަލަސްތީނުގެ ރައްޔިތުންގެ ރޫހު ނައްތާނުލެވޭނެ: އީރާން

އިސްރާއީލުން ދެމުންދާ ބޮމުގެ ހަމަލާތަކާއި ބަންދުކުރުންތަކުން ފަލަސްތީނުގެ ރައްޔިތުންގެ ރޫހު ނައްތާނުލެވޭނެ ކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެއެވެ. އެއާއެކު، ޣައްޒާއަކީ އާންމުންނަށް ލިބެމުންދާ އަނިޔާތައް ހުއްޓުވުމުގައި ބައިނަލްއަގުވާމީ ނިޒާމުތައް ނުކުޅެދިފައިވާކަމުގެ ރަމްޒެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވައިފައެވެ. ފަލަސްތީނުގެ މައްސަލައަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ މާޒީގައި އެކުލެވޭ ފާރުގަނޑެއްގެ ގޮތުގައި ސިފަކުރައްވަމުން ޕެޒެޝްކިއާން ވިދާޅުވީ، އެތައް ދަހަރެއް ވަންދ...

ނާޒިމާ އަލީ
އީރާނުން ދުވަހަކުވެސް ކުޑަކަކޫ ނުޖަހާނެ، ބާރުގެ ބޭނުންކުރުމަށް ދީލައެއް ނުލާނަން: ޕެޒެޝްކިއާން

އީރާނުން ދުވަހަކުވެސް ކުޑަކަކޫ ނުޖަހާނެ، ބާރުގެ ބޭނުންކުރުމަށް ދީލައެއް ނުލާނަން: ޕެޒެޝްކިއާން

އެމެރިކާއިން ކުރިމަތިކުރާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ބުލީކުރުންތަކުގެ ކުރިމަތީގައި އީރާނުގެ ރައްޔިތުން ދުވަހަކުވެސް ކުޑަކަކޫ ނުޖަހާނެ ކަމަށާއި، ބާރުގެ ބޭނުންކޮށްގެން މަޖުބޫރުކުރުވުމުގެ އުސޫލަށް އެ ގައުމުން ދީލައެއް ނުލާނެ ކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެއެވެ. އދ. ގޭ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އަމާޒުކުރައްވައި ޕެޒެޝްކިއާން ވިދާޅުވީ، މަޝްވަރާއާއި ދޭދޭ ވާހަކަތަކަށް އީރާނުން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ. ނަމަވެސް،...

ނާޒިމާ އަލީ
ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ވަކިވާން ޓްރަމްޕް ގޮވާލުމުން ޖަރުމަނުން ނޫނެކޭ ބުނެފި

ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ވަކިވާން ޓްރަމްޕް ގޮވާލުމުން ޖަރުމަނުން ނޫނެކޭ ބުނެފި

ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) ގެ މެންބަރު ގައުމުތަކުން އެ ކޯޓުން ވަކިވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލެއްވި ގޮވާލެއްވުމަށް ޖަރުމަނުވިލާތުން އިންކާރުކޮށް، ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ އެ ކޯޓާއެކު އެ ގައުމު ދެމިއޮންނާނެ ކަމަށް ބުނެފިއެވެ. ޖަރުމަނުން މިކަން ހާމަކުރީ އެ ގައުމުގެ ހާރިޖީ ވަޒީރު ޔޯހަން ވާޑެފުލް ދެއްވި އިންޓަވިއުއެއްގައެވެ. ޓްރަމްޕް މި ކަމަށް ގޮވާލެއްވީ ނިއުޔޯކްގައި ކުރިއަށްދިޔަ އދ. ގެ އާންމު މަޖިލީހުގެ ބަހުސް ފައްޓަވަމުން ދެއްކެވި ވާހަކަފުޅުގައެވެ. އެ […]

ނާޒިމާ އަލީ
ނަތަންޔާހޫއަށް ބޮޑު ލަދެއް، ނުރުހުމުގެ އަޑުތަކާއެކު މަންދޫބުން މާލަން ދޫކޮށް ދިޔުމުން ވާހަކަދައްކަން ޖެހުނީ ހުސް ގޮނޑިތަކާ

ނަތަންޔާހޫއަށް ބޮޑު ލަދެއް، ނުރުހުމުގެ އަޑުތަކާއެކު މަންދޫބުން މާލަން ދޫކޮށް ދިޔުމުން ވާހަކަދައްކަން ޖެހުނީ ހުސް ގޮނޑިތަކާ

އދ. އާންމު މަޖިލީހުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަގުރީރު ކުރަން ޕޯޑިއަމްކައިރިއަށް ޖެހިލުމާއެކު، ގިނަ ގައުމުތަކެއްގެ ދިޕްލޮމޭޓުން އޭނާއަށް ނުރުހުން ފާޅުކޮށް މާލަމުން ނުކުމެޖެއެވެ. 100 އަށްވުރެ ގިނަ ދިޕްލޮމޭޓުން ހިމެނޭ ގޮތަށް އެތައް ގައުމެއްގެ މަންދޫބުން ވަނީ ތެދުވެ، އަޑުގަދަކޮށް ނުރުހުމުގެ އަޑުތައް ލައްވަމުން އާންމު މަޖިލީހުގެ މާލަން ދޫކޮށް ގޮސްފައެވެ. މިއާއެކު ނަތަންޔާހޫ ތަގުރީރު ކުރަން ޖެހުނީ ގިނަ ގޮނޑިތަކެއް ހުސްކޮށް އޮތް މާލަމެއްގައެވެ. މި ބޮއިކޮޓްގައި މަދުވެގެން 77 ގައ...

ނާޒިމާ އަލީ
ޣައްޒާގެ ހަނގުރާމައާއެކު އދ. ގެ އިތުބާރު ގެއްލިއްޖެ، ނަތަންޔާހޫ ހިންގަނީ ޤަތުލުޢާއްމެއް: ބްރެޒިލް

ޣައްޒާގެ ހަނގުރާމައާއެކު އދ. ގެ އިތުބާރު ގެއްލިއްޖެ، ނަތަންޔާހޫ ހިންގަނީ ޤަތުލުޢާއްމެއް: ބްރެޒިލް

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ޣައްޒާގައި ހިންގަމުންދަނީ ޤަތުލުޢާއްމެއް ކަމަށާއި، އޭގެ ސަބަބުން ލިބޭ އަނިޔާއާއި ނަފްސާނީ އަސަރުތައް ފަލަސްތީނުގެ އަންނަން އޮތް ޖީލުތަކުން އުފުލަންޖެހޭނެ ކަމަށް ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ދާ ސިލްވާ ވިދާޅުވެއްޖެއެވެ. އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން ލޫލާ ވަނީ، ބައިނަލްއަގުވާމީ ބޮޑެތި ކުރިމަތިލުންތައް ހުއްޓުވުމަށް އދ. ގެ ސެކިއުރިޓީ ކައުންސިލް ނުކުޅެދިފައިވުމުގެ ސަބަބުން އެ ޖަމްއިއްޔާގެ އިތުބާރު ތާރީޚީ މިންވަރަކަ...

ނާޒިމާ އަލީ
އީރާނާއި އެމެރިކާއިން ކުއްލި މަޝްވަރާތަކެއް ބާއްވައިފި

އީރާނާއި އެމެރިކާއިން ކުއްލި މަޝްވަރާތަކެއް ބާއްވައިފި

ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވާލުމާ ގުޅޭގޮތުން އީރާނުގެ ޝަރުޠުތައް ހުށަހެޅުމަށާއި ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ މައްސަލަތަކަށް ޙައްލެއް ހޯދުމަށް އީރާނާއި އެމެރިކާއާ ދެމެދު ކުއްލި މަޝްވަރާތަކެއް ބާއްވައިފިއެވެ. އެކުވެރި ދައުލަތްތަކުގެ (އދ.) އާންމު މަޖިލީހުގެ ހަވާސާގައި ކުރިއަށްދިޔަ މި މަޝްވަރާތަކަކީ އެމެރިކާގެ އެދުމުގެ މަތިން މެދުވެރިން މެދުވެރިކޮށް ކުރިއަށްގެންދިޔަ ބައްދަލުވުންތަކެކެވެ. އީރާނުގެ ދައުލަތުގެ މީޑިއާއިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނ...

ނާޒިމާ އަލީ
ޣައްޒާގެ އާންމުންގެ ނިކަމެތިކަން ބަލައިނުގަނެވޭނެ، ހައްލަކީ ދެ ދައުލަތް ގާއިމުކުރުން:: ކްރޮއޭޝިއާ

ޣައްޒާގެ އާންމުންގެ ނިކަމެތިކަން ބަލައިނުގަނެވޭނެ، ހައްލަކީ ދެ ދައުލަތް ގާއިމުކުރުން:: ކްރޮއޭޝިއާ

ޣައްޒާގައި ހާލުގައި ޖެހިފައިވާ އާންމު ރައްޔިތުންގެ ނިކަމެތިކަމާއި ތަހައްމަލުކުރަމުންދާ އުނދަގޫތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ފަލަސްތީނުގެ މައްސަލައަށް އޮތް ދާއިމީ ހައްލަކީ މަޝްވަރާކޮށްގެން ދެ ދައުލަތް ގާއިމުކުރުން ކަމަށް ކްރޮއޭޝިއާގެ ބޮޑުވަޒީރު އެންޑްރޭ ޕްލެންކޮވިޗް ވިދާޅުވެއްޖެއެވެ. އެއްބައިވަންތަވެފައިވާ ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) ގޭ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން ޕްލެންކޮވިޗް ވިދާޅުވީ، ފަލަސްތީނުގައި ހިނގަމުންދާ އަނިޔާވެރިކަމުގެ ބުރު ނައްތާލުމަށްޓަކައި އާންމުން ރަ...

ނާޒިމާ އަލީ
ޣައްޒާގެ ހާލަތާމެދު ދުނިޔެ ހިމޭނުން އޮތުމަކީ ލަދުވެތިކަމެއް: މެކްރޯން

ޣައްޒާގެ ހާލަތާމެދު ދުނިޔެ ހިމޭނުން އޮތުމަކީ ލަދުވެތިކަމެއް: މެކްރޯން

ޣައްޒާގެ ހާލަތާމެދު ބައިނަލްއަޤްވާމީ މުޖުތަމަޢުން ފިޔަވަޅެއް ނާޅައި ހިމޭނުން އޮތްނަމަ ދުނިޔޭގެ އިޢުތިބާރު ގެއްލިގެންދާނެ ކަމަށް ވިދާޅުވެ، އެ ސަރަޙައްދަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އަޅާފައިވާ ހުރަސްތަކަކީ “ލަދުވެތި” ކަމެއްގެ ގޮތުގައި ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން ސިފަކުރައްވައިފިއެވެ. އދ. ގޭ އާންމު މަޖިލީހުގައި ތަޤްރީރު ކުރައްވަމުން މެކްރޯން ވަނީ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން ހުއްޓިފައިވާ ހުއްޓުމާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މެކްރޯން ވިދާޅުވީ ޣައްޒާއަށް ސުލްޙަ އަތު...

ނާޒިމާ އަލީ
މެދުއިރުމަތީގައި ހަމަޖެހުން ގާއިމުކުރެވޭނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެދިގެން: އދ.ގެ ވެރިޔާ

މެދުއިރުމަތީގައި ހަމަޖެހުން ގާއިމުކުރެވޭނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެދިގެން: އދ.ގެ ވެރިޔާ

މެދުއިރުމަތީގައި ދެމެހެއްޓެނިވި ހަމަޖެހުމާއި ރައްކާތެރިކަން ގާއިމުކުރެވޭނެ ހަމައެކަނި މަގަކީ އިސްރާއީލާއި ފަލަސްތީނުގެ ދެ ދައުލަތް އެކުއެކީގައި އުފެއްދުން ކަމަށާއި، އެ ނޫން އެހެން އެއްވެސް އިޚްތިޔާރެއް ނެތް ކަމަށް އދ. ގެ އަމީން އާންމު އެންޓޯނިއޯ ގުޓެރޭޝް ވިދާޅުވެއްޖެއެވެ. އދ. ގައި ވާހަކަފުޅު ދައްކަވަމުން ގުޓެރޭޝް ވަނީ ފަލަސްތީނާއި އިސްރާއީލުގެ މައްސަލައަށް ދެ ދައުލަތް އެކުއެކީގައި އޮތުމުގެ ހައްލު (ޓޫ-ސްޓޭޓް ސޮލިއުޝަން) ހޯދައިދިނުމުގެ މުހިންމުކަން އަލުން ތަކުރާރު ކުރައްވާފައެވެ. އިޖުތިމާއީ މީޑިއާ...

ނާޒިމާ އަލީ
އީރާނާއެކު އެއްބަސްވުމަކަށް އާދެވޭނީ އެމެރިކާގެ މިޑްޓާމް އިންތިޚާބަށްފަހު ކަމަށް ބެލެވޭ: ޓްރަމްޕް

އީރާނާއެކު އެއްބަސްވުމަކަށް އާދެވޭނީ އެމެރިކާގެ މިޑްޓާމް އިންތިޚާބަށްފަހު ކަމަށް ބެލެވޭ: ޓްރަމްޕް

އެމެރިކާގައި ބާއްވާ މިޑްޓާމް އިންތިޚާބަށްފަހު އީރާނާއެކު އެއްބަސްވުމަކަށް އާދެވޭނެ ކަމަށް ބެލެވޭ ކަމަށާއި، ނަމަވެސް އެ ގައުމާއެކު އެއްބަސްވުމަކަށް ދިއުމާ މެދު ނުވަތަ އެ ގައުމު އެކޮށް ނައްތާލުމާ މެދު ބޮޑު ނިންމުމެއް ނިންމަވަން ޖެހިވަޑައިގެންފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް މިހެން ވިދާޅުވީ ނިއުޔޯކްގައި ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގައި އަންގާރަ ދުވަހު ތަގުރީރު ކުރައްވަމުންނެވެ. އދ. ގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާނުން އަލުން ގައުމު ބިނ...

ނާޒިމާ އަލީ
ޖަޕާނުގައި އުމުރުން 100 އަހަރުން މަތީގެ މީހުންގެ އަދަދު 1 ލައްކައަށްވުރެ މައްޗަށް، އާ ރެކޯޑެއް

ޖަޕާނުގައި އުމުރުން 100 އަހަރުން މަތީގެ މީހުންގެ އަދަދު 1 ލައްކައަށްވުރެ މައްޗަށް، އާ ރެކޯޑެއް

ޖަޕާނުގައި އުމުރުން 100 އަހަރުން މަތީގެ މީހުންގެ އަދަދު އެއް ލައްކައަށްވުރެ މައްޗަށް ގޮސް، އާ ރެކޯޑެއް ގާއިމުވެއްޖެއެވެ. އެ ގައުމުގެ މިނިސްޓްރީ އޮފް ހެލްތު، ލޭބާ އެންޑް ވެލްފެއާއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރު އުމުރުން 100 އަހަރުން މަތީގެ މީހުންގެ އަދަދު ވަނީ 107،677 އަށް އަރައިފައެވެ. މިއީ 2025 ވަނަ އަހަރާ އަޅާބަލާއިރު 7،914 މީހުންގެ އިތުރުވުމެކެވެ. އަދި މިއީ އެ ގައުމުގައި އުމުރުން 100 އަހަރުން މަތީގެ މީހުންގެ އަދަދު […]

ނާޒިމާ އަލީ
އެމެރިކާގެ ބްލޮކޭޑް އުވާލައި ހަމަލާތައް ހުއްޓާލައިފިނަމަ ހަފްތާއެއްގެ ތެރޭގައި ހުރުމުޒު ހުޅުވާލާނަން: އީރާން

އެމެރިކާގެ ބްލޮކޭޑް އުވާލައި ހަމަލާތައް ހުއްޓާލައިފިނަމަ ހަފްތާއެއްގެ ތެރޭގައި ހުރުމުޒު ހުޅުވާލާނަން: އީރާން

އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ކަނޑުގެ ބްލޮކޭޑް އުވާލައި، އަސްކަރީ ހަމަލާތައް ހުއްޓާލައިފިނަމަ، ހުރުމުޒު ކަނޑުއޮޅި ހަތް ދުވަހުގެ ތެރޭގައި އަލުން ހުޅުވާލަން ތައްޔާރަށް އޮތް ކަމަށް އީރާނުން ބުނެފިއެވެ. އީރާނުގެ މަސްއޫލުވެރިން ބައިނަލްއަގުވާމީ މީޑިއާތަކަށް މިކަން ހާމަކުރައްވާފައިވަނީ އެމެރިކާއިން ވަކި ހާއްސަ ޝަރުތުތަކެއް ފުރިހަމަކުރަންޖެހޭ ގޮތަށް ހުށަހެޅި ހުށަހެޅުމެއްގައެވެ. އީރާނުން ހުށަހެޅި ޝަރުތުތަކުގެ ތެރޭގައި އެމެރިކާއިން އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ ކަނޑުގެ ބްލޮކޭޑް ނިމުމަކަށް ގ...

ޙުސައިން ޝަހުދީ