މައި ޚަބަރަށް ދިޔުމަށް

ބައިނަލްއަގުވާމީ

3,697 ޝާއިޢުކުރެވިފައިވާ ލިޔުން

ބައިނަލްއަގުވާމީ - 15 ވަނަ ޞަފްޙާ

އިންތިޚާބު ކާމިޔާބުވެއްޖެނަމަ އެމެރިކާގެ ކޮންމެ ރައްޔިތަކަށް 5،000 ޑޮލަރު ދޭން ޓްރަމްޕް ވައުދުވެއްޖެ

އިންތިޚާބު ކާމިޔާބުވެއްޖެނަމަ އެމެރިކާގެ ކޮންމެ ރައްޔިތަކަށް 5،000 ޑޮލަރު ދޭން ޓްރަމްޕް ވައުދުވެއްޖެ

ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި އެމެރިކާގެ ކޮންގްރެސްގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އާއި ސެނެޓުގެ އަޣުލަބިއްޔަތު ރިޕަބްލިކަން ޕާޓީއަށް ލިބިއްޖެނަމަ، އެމެރިކާގެ ބޮޑެތި ކޮންމެ ރައްޔިތަކަށް 5،000 އެމެރިކާ ޑޮލަރުގެ ސީދާ ފައިސާގެ އިނާޔަތެއް ދެއްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައުދުވެވަޑައިގެންފިއެވެ. ޓްރަމްޕް މި ހުށަހެޅުން ހުށަހެޅުއްވީ ޓެކްސަސްގެ ޑެލަސްގައި ބޭއްވި ރިޕަބްލިކަން މިޑްޓާމް ކޮންވެންޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ. އޭނާ ވަނީ މި ހުށަހެޅުމަށް “ޓްރަމްޕް ޑިވިޑެން...

ނާޒިމާ އަލީ
މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މަހާތީރުގެ އަނބިކަނބަލުން ޑރ. ސިތީ ހަސްމާ އަވަހާރަވެއްޖެ

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މަހާތީރުގެ އަނބިކަނބަލުން ޑރ. ސިތީ ހަސްމާ އަވަހާރަވެއްޖެ

އުމުރުފުޅުން 100 އަހަރުގައި މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މަހާތީރު މުހައްމަދުގެ އަނބިކަނބަލުން ޑރ. ސިތީ ހަސްމާ މުހައްމަދު އަލީ އަވަހާރަވެއްޖެއެވެ. އެކަމަނާ އަވަހާރަވީ 2026 ސެޕްޓެމްބަރު 28 ވީ ހޯމަ ދުވަހުއެވެ. ޑރ. ސިތީ ހަސްމާ އަވަހާރަވީ ކުއާލަލަމްޕޫރުގައި ހުންނަ ނެޝަނަލް ހާޓް އިންސްޓިޓިއުޓްގައި އެނދުމަތިކޮށްގެން ފަރުވާދެމުން ދަނިކޮށް ކަމަށް އެކަމަނާގެ އާއިލާއިން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް، އަވަހާރަވި ސަބަބުގެ ތަފްސީލެއް އާއިލާއިން ހާމަކޮށްފައެއް ނުވެއެވެ. މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބ...

ނާޒިމާ އަލީ
ބެން-ގްވީރު ޖަލު ގޮޅިއަށް ވަދެ ފަލަސްތީނު މީހަކަށް މަރުގެ އިންޒާރުދިނުމަށްފަހު ވީޑިއޯ އާންމުކޮށްފި

ބެން-ގްވީރު ޖަލު ގޮޅިއަށް ވަދެ ފަލަސްތީނު މީހަކަށް މަރުގެ އިންޒާރުދިނުމަށްފަހު ވީޑިއޯ އާންމުކޮށްފި

އިސްރާއީލުގެ ޖަލެއްގައި ބަންދުކޮށްފައި ހުރި ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ އިސް ކާމާންޑަރެއް ކަމަށްވާ ހަސަން ސަލާމާ ހުންނަ ގޮޅިއަށް ވަދެ، އޭނާ މަރާލާނެ ކަމަށް ބުނެ އިސްރާއީލުގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތާމާރް ބެން-ގްވީރު އިންޒާރު ދީފިއެވެ. މި ހާދިސާ ފެންނަ ވީޑިއޯއެއް ބެން-ގްވީރު ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ. މޫނުމައްޗާއި ހަތިޔާރު އަޅައިގެން ތިބި ސެކިއުރިޓީ ގާޑުންނާއެކު ޖަލު ގޮޅިއަށް ވަދެ ބެން-ގްވީރު، ސަލާމާއާ ކުރިމަތިލައި ބުނެފައިވަނީ އޭނާ ސަލާމާ މަރާލަން ބޭނުންވާ ކަމަށާއި، އޭ...

ނާޒިމާ އަލީ
ނަތަންޔާހޫ ސިއްރިއްޔާތުގައި ޔޫއޭއީއަށް ކުއްލި ދަތުރެއްކޮށްފި

ނަތަންޔާހޫ ސިއްރިއްޔާތުގައި ޔޫއޭއީއަށް ކުއްލި ދަތުރެއްކޮށްފި

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާދީއްތަ ދުވަހު ސިއްރިއްޔާތުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ޒިޔާރަތް ކޮށް، އެ ގައުމުގެ ރައީސް ޝައިޚް މުހައްމަދު ބިން ޒާޔިދު އަލް ނަހްޔާންއާ ބައްދަލުކުރައްވާފައިވާކަމަށް އިސްރާއީލްގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. މި ދަތުރުގެ މައުލޫމާތު އާންމުކޮށްފައިވަނީ އިސްރާއީލުގެ ޗެނަލް 12 (އެން12) އާއި އެ ގައުމުގެ އެހެނިހެން މީޑިއާތަކުންނެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ނަތަންޔާހޫ ޔޫއޭއީގެ އަބޫދާބީއަށް ދިޔައީ އަމިއްލަ އެގްޒެކެޓިވް ޖެޓެއްގައެވެ. އިސްރ...

ނާޒިމާ އަލީ
ކަޅު އާމްބޭންޑާއެކު ފަލަސްތީނުގެ ހައްގުގައި ކުޅެ އައިރަލެންޑުން އިސްރާއީލު ބަލިކޮށްފި

ކަޅު އާމްބޭންޑާއެކު ފަލަސްތީނުގެ ހައްގުގައި ކުޅެ އައިރަލެންޑުން އިސްރާއީލު ބަލިކޮށްފި

ޔޫއެފާ ނޭޝަންސް ލީގުގައި އިސްރާއީލާ ދެކޮޅަށް ކުޅުނު މެޗު ބޮއިކޮޓްކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ގޮވާލަމުންދަނިކޮށް، ކަޅު އާމްބޭންޑް އަޅައިގެން ކުޅެ ރިޕަބްލިކް އޮފް އައިރަލެންޑުން 3-0 އިން އިސްރާއީލުގެ މައްޗަށް ކުރިހޯދައިފިއެވެ. ހަންގޭރީގައި އާދީއްތަ ދުވަހު ކުޅުނު މި މެޗުގައި އައިރަލެންޑުގެ ކުޅުންތެރިން ވަނީ ގައްޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާމުގައި ޝަހީދުވި ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކޮށް، އިހުތިޖާޖީ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ. މި މެޗު ފެށުމުގެ ކުރިން އިސްރާއީ...

އަޙްމަދު ވަހީދު
އެމެރިކާގެ އަންޑަރވޯޓަރ ޑްރޯނެއް އީރާނުގެ ބާރުގެ ދަށަށް: ހަމަލާއަކަށް އީރާން އޮތީ ތައްޔާރަށް!

އެމެރިކާގެ އަންޑަރވޯޓަރ ޑްރޯނެއް އީރާނުގެ ބާރުގެ ދަށަށް: ހަމަލާއަކަށް އީރާން އޮތީ ތައްޔާރަށް!

ހޯރްމުޒް ކަނޑުއޮޅިން އެމެރިކާގެ އޮޓޮނޮމަސް އަންޑަރވޯޓަރ ވިއެކަލް (އޭޔޫވީ) ނުވަތަ އަޑިއުކަނޑުގެ ޑްރޯނެއް އީރާނުގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ ނޭވީން އަތުލައިގެންފިއެވެ. އަދި އެމެރިކާއިން ދީފާނެ އަސްކަރީ ހަމަލާއަކަށް ނުވަތަ ރައްދު ފިޔަވަޅަކަށް އީރާނުގެ ސިފައިން އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށް އީރާނުން ވަނީ ބުނެފައެވެ. އަތުލައިގަތް ކަނޑުގެ ޑްރޯން ފެންނަ ވީޑިއޯ ފުޓޭޖް އީރާނުގެ ދައުލަތުގެ މީޑިއާ (އައިއާރްއައިބީ) އިން ވަނީ އާންމުކޮށްފައެވެ. އައިއާރްޖީސީން ބުނި ގޮތުގައި...

ނާޒިމާ އަލީ
އީރާނާއި ކިއުބާއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތައް އުވާލުމަށް ޗައިނާއާއި ރަޝިޔާއިން ގޮވާލައިފި

އީރާނާއި ކިއުބާއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތައް އުވާލުމަށް ޗައިނާއާއި ރަޝިޔާއިން ގޮވާލައިފި

އީރާނާއި ކިއުބާއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ބަންދުކުރުންތައް ވަގުތުން އުވާލުމަށް ޗައިނާއާއި ރަޝިޔާއިން އދ. ގެ އާންމު މަޖިލީހުގައި ގޮވާލައިފިއެވެ. ހޮނިހިރު ދުވަހު އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ޗައިނާގެ ނައިބު ރައީސް ހާން ޖެންގް އާއި ރަޝިޔާގެ ހާރިޖީ ވަޒީރު ސަރްގޭ ލާވްރޯވް ވަނީ ގަލްފު ސަރަހައްދުގެ ގައުމުތަކުގެ ސިޔާދަތަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ކިއުބާއަށް ބިރުދެއްކުން ހުއްޓާލުމަށް އެމެރިކާއަށް ގޮވާލައްވާފައެވެ. ޗައިނާގެ ނައިބު ރައީސް ހާން ޖެން...

ނާޒިމާ އަލީ
ޚާމަނާއީ އަވަހާރަކޮށްލުން ބަލައިގަނެވޭނެ އެއްވެސް ގޮތެއް ނެތް: ރަޝިޔާ

ޚާމަނާއީ އަވަހާރަކޮށްލުން ބަލައިގަނެވޭނެ އެއްވެސް ގޮތެއް ނެތް: ރަޝިޔާ

އީރާނުގެ އިސްލާމީ އިންޤިލާބުގެ ރޫޙީ ލީޑަރު އާޔަތުއްލާ ސައްޔިދު އަލީ ޚާމަނާއީ އާއި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުން އަވަހާރަކޮށްލި ހާދިސާ ކުށްވެރިކުރައްވައި، އެއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރޫސީވިލާތުގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް ވިދާޅުވެއްޖެއެވެ. ލަވްރޯވް މިހެން ވިދާޅުވީ އދ.ގެ އާންމު މަޖިލީހުގެ 81 ވަނަ ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުންނެވެ. އީރާނުގެ ކުރީގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީއާއި، އެމަނިކުފާނުގެ އާއިލާގެ ބޭފުޅުންގެ އިތުރުން އީރާނުގެ ޢަސްކަރިއްޔާގ...

ނާޒިމާ އަލީ
ހިފަހައްޓާފައިވާ ފަލަސްތީނުގެ ފައިސާ ވަގުތުން ދޫކޮށްލަން ސައޫދީން ގޮވާލައިފި

ހިފަހައްޓާފައިވާ ފަލަސްތީނުގެ ފައިސާ ވަގުތުން ދޫކޮށްލަން ސައޫދީން ގޮވާލައިފި

ފަލަސްތީނުގެ އޮތޯރިޓީ (ޕީއޭ) އާއި އެ ގައުމުގެ މުއައްސަސާތަކަށް ސައޫދީ އަރަބިއްޔާއިން ދެމުންދާ ތާއީދު އާކޮށް، ފަލަސްތީނަށް ކުރިމަތިވެފައިވާ މާލީ ދަތިކަމަށް އަވަސް ހައްލެއް ހޯދުމަށާއި ހިފަހައްޓާފައިވާ ޓެކްސް ފައިސާ (ކްލިއަރެންސް ރެވެނިއު) ވަގުތުން ދޫކޮށްލުމަށް ސައޫދީ އަރަބިއްޔާއިން ގޮވާލައިފިއެވެ. އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ. ގެ ހެޑްކުއާޓަރުގައި ބޭއްވި އެޑްހޮކް ލިއައިޒަން ކޮމިޓީ (އޭއެޗްއެލްސީ) ގެ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމުގައި ސައޫދީ އަރަބިއްޔާގެ ފަރާތުން މިކަމަށް ގޮވާލެއްވީ އެ ގައުމ...

ނާޒިމާ އަލީ
ހުއްޓުމެއްނެތި ވާރޭވެހި ބެންކޮކް ފެނުއަޑިއަށް، މުޅި ސިޓީގައި ކާރިސާގެ ހާލަތު އިއުލާންކޮށްފި

ހުއްޓުމެއްނެތި ވާރޭވެހި ބެންކޮކް ފެނުއަޑިއަށް، މުޅި ސިޓީގައި ކާރިސާގެ ހާލަތު އިއުލާންކޮށްފި

ތައިލެންޑުގެ ވެރިރަށް ބެންކޮކަށް ހުއްޓުމެއްނެތި ތިން ދުވަސް ވަންދެން ބޯކޮށް ވާރޭވެހި، ސިޓީގެ ބޮޑު ބައެއްގައި ފެންބޮޑުވުމާ ގުޅިގެން ބެންކޮކްގެ އެންމެހައި 50 ޑިސްޓްރިކްޓްގައި ކާރިސާގެ ހާލަތު އިއުލާންކޮށްފިއެވެ. ކަމާބެހޭ އިދާރާތަކަށް އިސްނަގައިގެން ކުއްލި ފިޔަވަޅުތައް އެޅުމުގެ ބާރުލިބޭ މި ހާލަތު އިއުލާންކުރެއްވީ، ބުރާސްފަތި ދުވަހުގެ މެންދުރުފަހުން ފެށިގެން ސިޓީއަށް 300 މިލިމީޓަރު (11.8 އިންޗި) ގެ ވާރޭވެހިފައިވާކަން ހާމަކުރައްވަމުން ބެންކޮކްގެ ގަވަރަނަރު ޗާޑްޗާޓް ސިއްތިޕަންޓް، ހޮނިހިރު ދުވަހުއެވެ. ބ...

ޔުމްނާ ޢަލީ
މެޗު މެދުކަނޑާލައި ދަނޑުމަތީގައި ނަމާދުކުރާ އެމެރިކާގެ މުސްލިމް ކުޅުންތެރިންނަށް ބޮޑު ސަމާލުކަމެއް

މެޗު މެދުކަނޑާލައި ދަނޑުމަތީގައި ނަމާދުކުރާ އެމެރިކާގެ މުސްލިމް ކުޅުންތެރިންނަށް ބޮޑު ސަމާލުކަމެއް

އެމެރިކާގެ ނިއު ޖާޒީގެ ނިއުއާކްގައި ހުންނަ މާލްކޮމް އެކްސް ޝަބާޒް ހައި ސްކޫލްގެ މުސްލިމް އެމެރިކަން ފުޓްބޯޅަ ކުޅުންތެރިން، ނަމާދު ވަގުތު ޖެހުމުން ދަނޑުމަތީގައި ނަމާދުކުރި މަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯތަކަށް ސޯޝަލް މީޑިއާގައި ބޮޑު ސަމާލުކަމެއް ލިބެން ފަށައިފިއެވެ. ކުޅިވަރުގެ ހަރަކާތްތައް މެދުކަނޑާލުމަށްފަހު އިސްލާމްދީނުގެ ފަރުޟު އަދާކުރުމަށް އިސްކަންދިން މި ކުޅުންތެރިންގެ އަމަލަށް ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ. ނިއުއާކްގެ މާލްކޮމް އެކްސް ޝަބާޒް ހައި ސްކޫލްގެ “ބުލްޑޯގްސް” ފުޓްބޯޅަ ޓީމ...

ޙުސައިން ޝަހުދީ
އީރާނުން ސުލްހައަށް އެދުނަސް އެމެރިކާ އިސްކުރީ ޖައްބާރުކަން، އިންތިޚާބަށްފަހު އާ ހަމަލާތަކެއް ދެނީ

އީރާނުން ސުލްހައަށް އެދުނަސް އެމެރިކާ އިސްކުރީ ޖައްބާރުކަން، އިންތިޚާބަށްފަހު އާ ހަމަލާތަކެއް ދެނީ

އީރާނުން ހުށަހެޅި ހަތް ދުވަހުގެ ސުލްހައިގެ ފުރުސަތު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގަބޫލުނުކުރައްވައި ޖައްބާރުކަން އިސްކޮށްފިއެވެ. މިއާއިއެކު އަންނަ ނޮވެމްބަރު މަހު އޮންނަ އެމެރިކާގެ މިޑްޓާމް އިންތިޚާބަށްފަހު އީރާނަށް އާ ހަމަލާތަކެއް ދިނުމަށް އޭނާ ރާވަވަމުންދާ ކަމަށް އެމެރިކާގެ ނޫހެއް ކަމަށްވާ “ވޯލް ސްޓްރީޓް ޖާނަލް” އިން ވަނީ ރިޕޯޓުކޮށްފައެވެ. މި ކަމާ ގުޅޭ މައުލޫމާތު އެނގޭ މަސްދަރުތަކާ ހަވާލާދީ އެ ނޫހުގައި ބުނެފައިވަނީ، އީރާނުގެ މަޝްވަރާކުރައްވާ ފަރާތްތަކުން މި ހުށަހެޅުން ހުށަހެޅީ ގަތަރުގެ...

ނާޒިމާ އަލީ
ސިޓީގެ ތަށިތައް އަތުލައި ރެލިގޭޓްކުރުމުގެ ބިރު: 115 ދައުވާގެ ތެރެއިން 114 ދައުވާ ސާބިތު!

ސިޓީގެ ތަށިތައް އަތުލައި ރެލިގޭޓްކުރުމުގެ ބިރު: 115 ދައުވާގެ ތެރެއިން 114 ދައުވާ ސާބިތު!

އިނގިރޭސި ޕްރިމިއާ ލީގުގެ މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއާ ދެކޮޅަށް އުފުލާފައިވާ 115 ދައުވާގެ ތެރެއިން އެންމެ ދައުވާއެއް ފިޔަވައި ހުރިހާ ދައުވާއެއް އެ ކްލަބުގެ މައްޗަށް ސާބިތުވެއްޖެ ކަމަށް “ދި އެތުލެޓިކް” އިން ރިޕޯޓުކޮށްފިއެވެ. ކަންކަން އެނގޭ ފަރާތްތަކާ ހަވާލާދީ ދި އެތުލެޓިކްގެ ޑޭވިޑް އޯންސްޓީން ހުކުރު ދުވަހު ޝާއިޢުކުރި ރިޕޯޓެއްގައިވާ ގޮތުން، މި މައްސަލައިގައި ސިޓީއަށް ދޭނެ އަދަބެއް އަދި ނިންމާފައެއް ނުވެއެވެ. ނަމަވެސް އެ ކްލަބުން މި ނިންމުން އިސްތިއުނާފު ކުރާނެ […]

އަޙްމަދު ވަހީދު
ޣައްޒާއާއި ގުޅޭގޮތުން އދ.ގައި ނަތަންޔާހޫ ހެދި ދޮގުތަކުގެ ހަގީގަތް ހާމަކޮށް ފަޟީހަތްކޮށްލައިފި

ޣައްޒާއާއި ގުޅޭގޮތުން އދ.ގައި ނަތަންޔާހޫ ހެދި ދޮގުތަކުގެ ހަގީގަތް ހާމަކޮށް ފަޟީހަތްކޮށްލައިފި

އދ. ގެ އާންމު މަޖިލީހުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޣައްޒާއާއި ހިފާފައިވާ ހުޅަނގު އައްސޭރިއާ ގުޅޭގޮތުން ދައްކަވާފައިވާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ދޮގު މައުލޫމާތުތަކެއްކަން ބައިނަލްއަގުވާމީ އިދާރާތަކުންނާއި ހިއުމަނިޓޭރިއަން ޖަމިއްޔާތަކުގެ އިތުރުން އިސްރާއީލުގެ އަސްކަރިއްޔާގެ އަމިއްލަ މައުލޫމާތުތަކުން ފަޟީހަތްވެއްޖެއެވެ. އަނަޑޯލޫ އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، 2024 އާއި 2026 އާ ދެމެދު އދ. ގެ މަޖިލީހުގައި ނަތަންޔާހޫ ދިން ތަގުރީރުތަކުގައި ހައްދަވާފައިވާ ބޮޑެތި ފަސް ދޮގެ...

ނާޒިމާ އަލީ
މަރުހަބާ ނުކިޔާނެކަމުގެ މެސެޖާއެކު މަޝްހޫރު މޫނުތަކާއެކު ނިއުޔޯގެ އެތައް ސަތޭކަ ބަޔަކު ނަތަންޔާހޫއާ ދެކޮޅަށް މަގުތަކަށް

މަރުހަބާ ނުކިޔާނެކަމުގެ މެސެޖާއެކު މަޝްހޫރު މޫނުތަކާއެކު ނިއުޔޯގެ އެތައް ސަތޭކަ ބަޔަކު ނަތަންޔާހޫއާ ދެކޮޅަށް މަގުތަކަށް

އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާ (އދ.) ގެ އާންމު މަޖިލީހުގެ 81 ވަނަ ބައްދަލުވުމުގައި ތަގުރީރު ކުރުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނިއުޔޯކަށް ކުރި ޒިޔާރަތާ ދެކޮޅަށް އެތައް ސަތޭކަ ބަޔަކު މަގުތަކަށް ނުކުމެ އިހުތިޖާޖުކޮށްފިއެވެ. ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އަސްކަރީ ހަރަކާތްތަކާ ގުޅިގެން ނިއުޔޯކުގެ މަގުތަކަށް ނުކުމެ އިހުތިޖާޖުކުރި ފަރާތްތަކުން ވަނީ ނަތަންޔާހޫއަށް އެ ރަށުން މަރުހަބާ ނުކިޔާނެކަމުގެ ސާފު މެސެޖެއް ދީފައެވެ. އިހުތިޖާޖުގެ ބައިވެރިން ވަނީ މެންހެޓަންގެ ފަސްޓް އެ...

ނާޒިމާ އަލީ