Skip to main content

އަބްދުﷲ ނަޢީމް

Viewer
🇲🇻 ތިލަދުން Desk
5 Stories
1 Reads

Published on ތިލަދުން (Thiladhun) by އަބްދުﷲ ނަޢީމް

ތިލަދުންމަތި އުފެއްދި ޝަޚްޞިއްޔަތުން: ދިއްދޫ، ޢަލީ ޢަބްދުﷲ (ވަށަފަރު ކަލޭފާނުދޮންމަނިކު)
Thiladhunmathi News

ތިލަދުންމަތި އުފެއްދި ޝަޚްޞިއްޔަތުން: ދިއްދޫ، ޢަލީ ޢަބްދުﷲ (ވަށަފަރު ކަލޭފާނުދޮންމަނިކު)

ހއ.ދިއްދޫ ޢާލިޔާ ޢަލީ ޢަބްދުﷲ (ވަށަފަރު ކަލޭފާނުދޮންމަނިކު) އަކީ ހއ.އަތޮޅަށް ދިގު މުއްދަތެއްގައި ޚިދްމަތްކުރެއްވި ޢިއްޒަތްތެރިއެކެވެ. ފާހަގަކޮށްލެވޭ ޝަޚްޞިއްޔަތެކެވެ. ޢަލީ ޢަބްދު ﷲ ގެ ބައްޕާފުޅަކީ ބޮޑުތިލަދުންމަތީގެ މަޝްހޫރު ޝަޚްޞިއްޔަތުންގެ ތެރޭގައި ހިމެނޭ ވަށަފަރު ޢަބްދު ﷲ ކަލޭފާނެވެ. އަލްއަމީރު މުޙައްމަދު އަމީނުގެ ވެރިކަމުގެ ދުވަސްވަރު ސަރުކާރުގެ ބޯޑިންގ ކަމުގައިވާ ދާރުލްއިޤާމާގައި ބައިތިއްބަވައިގެން ކިޔަވައިދެއްވުމަށް އަތޮޅުތަކުން ކުދިން މާލެ ގެންދެވިއިރު، ތިލަދުންމަތިން ގެންދެވުނު ކުދިންގެ...

Thiladhunmathi News

އިބްރާހިމްބެ އަކީ ދިއްދޫގެ ތަރައްޤީއަށް ޚިދުމަތް ކުރެއްވި ހަރުދަނާ މުރުޝިދެއް!

ހއ.ދިއްދޫ އިރަމާގޭ އަލްމަރްޙޫމު އިބްރާހީމް ޤާސިމް (އިބްރާހިމްބެ) އަކީ ނަމޫނާ ޝަޚްޞިއްޔަތެކެވެ. މަދުން ނޫނީ ނުފެންނަފަދަ ލީޑަރެކެވެ. ކަންކަމުގައި ” ނޫން” ” ނުވާނެ” “ނުކުރެވޭނެ” ފަދަ ބަސްބަހަކީ “އިބްރާހީމްބެގެ ބަސްކޮށާރު”ގައި ހުންނަ ބަސްބަހެއް ނޫނެވެ. “އެވޭލާ ދިއްދޫ”ގައި އިބްރާހީމްބެއާ ބެހޭގޮތުން ޖެހި ޕޯސްޓަކާ ގުޅިގެން ކޮމެންޓު ކުރެއްވި ދިއްދޫގެ އެކިއެކި ޢިއްޒަތްތެރިން ކުރައްވާފައިވާ ކޮމެންޓުތަކުން ވެސް އިބްރާހިމްބޭގެ ލީޑަރޝިޕްގެ ކޮލިިޓީ ހާމަވެގެން ދެއެވެ. “ރަށް ކުރިއަރުވާ ކޮމިޓީގެ ދުވަސްވަރު ވަރަ...

ބިނާކުރުވަނި ފާޑުކިޔުމާއި ޒާތީ ތައައްސަބުގެ ފަރަގު!
Column

ބިނާކުރުވަނި ފާޑުކިޔުމާއި ޒާތީ ތައައްސަބުގެ ފަރަގު!

ވާދަވެރި އެތައް ރަށެއް ކުރިއަރައިގެންދާއިރު އަދި ރަށުގެ އާބާދީއާއި އެ ރަށެއް އޮންނަތަނާއި، އެރަށަކަށް ހުރި ފަހި ފުރުޞަތަކާ އެއްވަރަށް ކުރިއަށް ނުދެވި މަރުތަޅު އެޅިފައިވާނަމަ އެ ވާހަކަ ރިވެތި ބަހުން ދެއްކުމަކީ އެ ވަގުތަކު އެ ޒިންމާއާ ޙަވާލުވެވަޑައިގެން ތިއްބެވި ބޭފުޅުންނާ ޒާތީވީ ކަމަށް ވާނެތޯއެވެ؟ އަދިހަމަ އެހެންމެ އިންތިޚާބެއްގެ ކެމްޕެއިނުގެ ތެރޭގައި އެރަށެއްގެ ރައްޔިތުންގެ ރުހުމާއި ތާއީދު ހޯއްދެވުމުގެ ގޮތުން ވާހަކަދައްކަވައި، އެ ވާހަކައިގައި ވެވަޑައިގެންނެވި ވަޢުދުތަކުން ޝައުޤުވެރިކަން އުފެދި އ...

Thiladhunmathi News

ތިލަދުންމަތި އުފެއްދި ޝަޚްޞިއްޔަތުން: ދިއްދޫ އިބްރާހީމްބެ

ތިލަދުންމަތީ ދިއްދޫ ޑޭޒީމާގޭ އަލްމަރްޙޫމް އިބްރާހީމް ތަވްފީޤް (އިބްރާހީމްބެ) އަކީ ފާހަގަ ކޮށްލެވޭ ޝަޚްޞިއްޔަތެކެވެ. ދިގު މުއްދަތެއްގައި ހއ.ދިއްދުއަށް ޚިދްމަތްކުރެއްވި އަގުހުރި ދަރިއެކެވެ. އިބްރާހިމްބެ ތަޢުލީމް ޙާޞިލްކުރެއްވީ ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިއެއް ކަމުގައިވާ ފަޟީލަތުއްޝައިޚް އިބްރާހީމް ރުޝްދީ އަލްއަޒްހަރީގެ އަރިހުންނެވެ. ކިޔަވައިވިދާޅުވާން މާލޭގައި ހުންނެވީ ވެސް ޝައިޚް ރުޝްދީ ދިރިއުޅުއްވަމުންގެންދެވި އެސްޖެހިގޭގައެވެ. އިބްރާހިމްބެ ވަނީ ޝައިޚް ރުޝްދީގެ އަރިހުން ކީރިތި ޤުރްއާން ތަޖްވީދުގ...

ތިލަދުންމަތި އުފެއްދި ޝަޚްޞިއްޔަތުން: ދިއްދޫ ޢަބްދުލްޙަކީމް ޢުޘްމާން (ޙަކީމްބެ)
Thiladhunmathi News

ތިލަދުންމަތި އުފެއްދި ޝަޚްޞިއްޔަތުން: ދިއްދޫ ޢަބްދުލްޙަކީމް ޢުޘްމާން (ޙަކީމްބެ)

ހއ. ދިއްދޫ އަންޑާޕޫލުގޭ އަލްމަރްޙޫމް ޢަބްދުލްޙަކީމް ޢުޘްމާން (ޙަކީމްބެ) އަކީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު އޮފީހުގެ އިސް މަޤާމްތަކެއް ފުރުއްވާފައިވާ، ތެދުވެރި، އިޚްލާޞްތެރި ބޭފުޅެކެވެ. ޙަކީމްބެ އެންމެ ފުރަތަމަ ވަޒީފާ އަދާކުރައްވަން ފެއްޓެވީ ތިލަދުންމަތި ދެބައިކުރެއްވުމުގެ ކުރިން ހ.އަތޮޅު ނޮޅިވަރަންފަރުގައި ހުރި ތިލަދުންމަތީ އަތޮޅު އޮފީހުގައެވެ. އެއިރު ޙަކީމްބެއަކީ އެ އޮފީހުގެ ކާތިބެކެވެ. 21 މެއި 1958 (02 ޛުލްޙިއްޖާ 1377) ވީ ބުދަ ދުވަހު ތިލަދުންމަތި ދެބައި ކުރައްވައި، ތިލަދުންމަތީ އުތުރުބުރީގެ އ...