ޑޮލަރުން އަނބުރާ ދައްކާ ގޮތަށް ގެސްޓްހައުސްތައް ތަރައްގީކުރަން އެސްއެމްއީ ޑިޖިޓަލް އިން ފެސިލިޓީއެއް
ވިޔަފާރިވެރިންނަށް ފަހިކޮށްދޭ ފައިނޭންސިން ހިދުމަތްތައް އިތުރުކުރުމަށާއި، ރާއްޖޭގައި ފުޅާވަމުން އަންނަ ލޯކަލް ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތައް ތަރައްގީކޮށް އިތުރަށް ކުރިއެރުވުމަށް އެސްއެމްއީ ޑިޖިޓަލް އިން “ޔޫއެސްޑީ ރިޕޭއަބަލް ގެސްޓްހައުސް ފައިނޭންސިންގ” އިއްޔެ ތައާރަފުކޮށްފިއެވެ. މިއީ ޔޫއެސް ޑޮލަރުން ފައިސާ އަނބުރާ ދައްކާ ގޮތަށް، ކުޑަ ފައިދާ ރޭޓެއްގައި އެކުލަވާލާފައިވާ ހާއްސަ ފެސިލިޓީއެކެވެ. މި ފެސިލިޓީ ފަރުމާކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ޑޮލަރުން ލިބޭ އާމް...