ގޯޑަންގެ ފުރަތަމަ ލަނޑާއެކު ބާސާއިން ސައްތައިން ސައްތަ ރެކޯޑު ދަމަހައްޓައިފި
ސްޕެނިޝް ލަލީގާގައި ހޮނިހިރު ދުވަހު ގެޓާފޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، އެންތަނީ ގޯޑަން ބާސެލޯނާއަށް ޖަހައިދިން ފުރަތަމަ ލަނޑާއެކު އެ ޓީމުން ލީގުގައި ދަމަހައްޓަމުން އަންނަ ފުރިހަމަ ރެކޯޑު ދަމަހައްޓައިފިއެވެ. ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާއިން މި ކާމިޔާބީ ހޯދުމާއެކު، ލީގުގައި ކުޅުނު ހަ މެޗުން ވެސް މޮޅުވެ ތާވަލުގެ އެއްވަނައިގައި އޮތް އޮތުން ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. ކޭމްޕް ނޯގައި ކުޅުނު މި މެޗުގެ ދެވަނަ މިނެޓުގައި ބާސެލޯނާއަށް ލީޑު ނަގައިދިނީ […]