ވޯލްޑް ކަޕާއި އޭޝިއަން ކަޕް ކޮލިފައިން ބަދަލުކޮށް، އޭޝިއާގައި ނޭޝަންސް ލީގެއް ފަށަނީ
ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕަށް ކޮލިފައިވާ އުސޫލު މުޅިން ބަދަލުކޮށް، އޭޝިއާ ސަރަޙައްދުގައި މުޅިން އައު މުބާރާތެއްގެ ގޮތުގައި “ނޭޝަންސް ލީގު” ތަޢާރަފުކުރުމަށް އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން ރާވަމުން އަންނަކަމަށް ރިޕޯޓްތައް ބުނެފިއެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މިފަދަ މުބާރާތެއް ބޭއްވުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައިވާއިރު، 2030 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު މި މުބާރާތް ބޭއްވުމަށް ހުށަހަޅާފައިވާ ޑްރާފްޓް ޕްލޭންގެ މަޢުލޫމާތު ކުޅިވަރު ޚަބ...