Skip to main content

ޢަބްދުﷲ ސަޢީދު

Contributor
🇲🇻 ތިލަދުން Desk
243 Stories
27 Reads

ނ. މަނަދޫއަށް އުފަން، ކޮމާންޑް ސާޖެންޓް މޭަޖަރ ޢަބްދުﷲ ސަޢީދަކީ، ހުނަރުވެރި މޮޅު ލިޔުންތެރިއެކެވެ. ޚާއްޞަކޮށް ތާރީޚީ ދިރާސީ ލިޔުންތައް ލިޔުއްވުމުގައި ފަންނުވެރި ކުޅަދާނަ ލިޔުންތެރިއެކެވެ. ބަހަވީ އަދަބީ ތާރީޚީ ސަގާފީ ޚިދުމަތްތަކުންވެސް ގައުމީގޮތުން ފާހަގަކުރެވޭ، ފަޚުރުވެރި ދިވެހި ދަރިއެކެވެ.

Published on ތިލަދުން (Thiladhun) by ޢަބްދުﷲ ސަޢީދު

ކޮވިޑާއެވެ. ތިޔަ ވަބާ ލައިގަންނަ ގޮތެއް ވިސްނަވިސްނާ ނޭނގުނެވެ.
Column

ކޮވިޑާއެވެ. ތިޔަ ވަބާ ލައިގަންނަ ގޮތެއް ވިސްނަވިސްނާ ނޭނގުނެވެ.

ބިރުފިލާ ހިގާއްޖެއެވެ. އެކަމަކު މިއަދު ވެސް ދުނިޔޭގައި ރެކޯޑު އަދަދަކަށް ބަލި ޖެހުނެވެ. ރެކޯޑު އަދަދަކަށް މީހުން މަރުވިއެވެ. ބިރެއް ނެތެވެ. މުޖުތަމަޢު ފެންނަނީ ޣާފިލުކަމުން ނިދާފައިވާތީއެވެ. ރާއްޖޭގައި ވެސް ބަލިޖެހޭ މީހުންގެ އަދަދުތައް ގިނަ ދުވަހު ގުނަނީ ސައްތައިންނެވެ. މީހުން ނިޔާވަނީއެވެ. އެ ދޭތެރެ އަންނަނީ ގާތްވަމުންނެވެ. ހަސްފަތާލުތަކުގައި ފަރުވާ ހޯދާ މީހުން އިތުރުވަމުންނެވެ. އަމިއްލައަށް ނޭވާނުލެވިގެން މެޝިނުން އެހީދޭންޖެހޭ މީހުން ވެސް އިތުރުވަމުންނެވެ. ކޮވިޑަށް ނޭނގިދާނެއެވެ. އެއީ އަހުރެމެ...

އެންމެ ދުރު އެއް ހަނދާން: އަޒީއައްތަ ކާށިދޫ ކަނޑަށް
Report

އެންމެ ދުރު އެއް ހަނދާން: އަޒީއައްތަ ކާށިދޫ ކަނޑަށް

ކަލޭފާނުބޭގެ”ފެހެންދޫ” ބައްތެލީގައި ރަށުން މާލެއަށް ފެށި ދަތުރެކެވެ. އެ ދަތުރުގައި މަންމައާއެކު އަޅުގަނޑާއި ޢަލީ ކޮއްކޮއާއި މުބާރިކު ކޮއްކޮ މާލެގެނައެވެ. މުބާރިކު ކޮއްކޮއަށް އަހަރެއް ނުވެއެވެ. ޢަލީކޮއްކޮއަށް ހައެއްކަ އަހަރެވެ. އަޅުގަނޑަށް އަށެއްކަ އަހަރެވެ. ހަނދާން ހުންނަނީ ބައެއް ކަންކަމެވެ. އެހެންވެ އަނެއްބައިތައް މި ޖެހުނީ މަންމަ ކައިރިން އަހާލާށެވެ. އަޅުގަނޑުމެންނާއެކު މަންމަގެ ފިރިހެން ކޮއްކޮގެ ދެމަފިރިން ދަތުރުގައި ބައިވެރިވިއެވެ. އެއީ ދުއްލޯބެއާއި އަޒީއައްތައެވެ. އެއީ އެ ދެމަފިރިންގެ މާމު...

ބޮޑުތަކުރުފާނުގެ ލީޑަރޝިޕުގެ އަސާސްތައް (ޕްރިންސިޕަލްސް)
Thiladhunmathi News

ބޮޑުތަކުރުފާނުގެ ލީޑަރޝިޕުގެ އަސާސްތައް (ޕްރިންސިޕަލްސް)

ބޮޑުތަކުރުފާނަކީ ހަރުދަނާ ލީޑަރޝިޕް އަސާސް (ޕްރިންސިޕަލް) ތަކެއްގެ މަތީގައި ސާބިތުވެ ހުންނެވި ބޭފުޅެކެވެ. އެ އަސާސްތަކާއި މިއަދު ލީޑަރެއްގެ ކިބައިގައި ހުންނަން ބާރުއަޅައި ދަސްކޮށްދެވޭ ލީޑަރޝިޕް ޕްރިންސިޕަލްތަކާ މާބޮޑު ތަފާތެއް ނެތެވެ. މިކަމުން ދައްކައިދެނީ ބޮޑު ތަކުރުފާނުގެ ލީޑަރޝިޕުގެ ހަރުދަނާ ކަމެވެ. ތިރީގައި މި ލިޔަނީ ބޮޑުތަކުރުފާނުގެ ހަޔާތުން އަޅުގަނޑަށް ފާހަގަ ކުރެވުނު ލީޑަރޝިޕް ޕްރިންސިޕަލްތަކެވެ. އެ ތަކުރުފާނުގެ ޤައުމީ ޖިހާދުގައި އަދި ރާއްޖޭގެ ރަސްކަމުގައި ރެދަލި ކުރެއްވި ދުވަސްވަރު ކުރައ...

މަހާނަގާތަކުގެ ހިމޭން ވާހަކަ
Column

މަހާނަގާތަކުގެ ހިމޭން ވާހަކަ

ނުބުނެ ބުނެވޭނެ ވާހަކަ ހުރެއެވެ. ލަފުޒުތަކަކާ ނުލައި ބަޔާންކުރެވޭ ކަންތައްތައް ވެސް ހުރެއެވެ. އިންސާނުންނަކީ ހިމޭން ނިޔާތަކެއްގެ މައްޗަށް މުޅި ދިރިއުޅުން ބިނާކޮށް ނިމިގެންދާ ބައެކެވެ. އާސާރީ ގަބުރުސްތާނުތަކާއި އެ ތަންތަނުގައިހުރި ހިރިގަލުގެ މަހާނަގާތައް ހިމޭން ވާހަކަތަކެއް އެބަ ކިޔައިދެއެވެ. މަރިޔަމް އިޝާ ޢަޒީޒުގެ އަހާލަން ފަސޭހަ ހިމޭން އަޑާއެކު ދަރެސް ތެރެއަށް ދަމައިގަތީ މި ފަށުވި އޮމާ ރީތި ވާހަކަފުޅުންނެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ހިރިގަލުގެ މިސްކިތްތަކާއި ގަބުރުސްތާނުތަކަށް ކުރައްވާފައިވ...

ހާރޫނުބޭ: ތަފާތު ޝަޚްޞިއްޔަތެއް
Report

ހާރޫނުބޭ: ތަފާތު ޝަޚްޞިއްޔަތެއް

އަޅުގަނޑާ މަންމަ ފަރާތުން ހާރޫނުބެއާ ތިމާގެއެވެ. ހާރޫނުބެއަކީ މަނަދޫ ކަތީބު މޫސަބޭގެ ހަތް ދަރިންގެ ތެރެއިން އެންމެ ހަގު ދަރިފުޅެވެ. ކަތީބު މޫސަބޭގެ ތިބީ ޙައްވަދައިތައާއި، ޔަހުޔާބެއާއި، ޒަކަރިއްޔާބެއާއި، ކަތްދަދައިތައާއި، ފާތުމަދައިތައާއި، ދޮން ދައިތައާއި، ހާރޫނުބެއެވެ. އަޅުގަނޑަކީ ކަތީބު މޫސަބޭގެ ފާތުމަދައިތަގެ ކަނބުލޮ (ޒުލޭޚާ)ގެ ޢަބްދުﷲއެވެ. އެހެން ވީމާކަން ނޭނގެއެވެ. ގޭދޮށުން ދަންޏާ އަޅުގަނޑުމެން ގެއަށް ވަދެނުލައެއް ނުދާނެއެވެ. ޔަގީނުން ވެސް ހާރޫނުބޭ ވަންނާނެ ރެއެއް އަޅުގަނޑަށް އެނގެއެވެ. އެއީ...

އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ގެންދިޔަގޮތް
Report

އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ގެންދިޔަގޮތް

ދިވެހިރާއްޖެ އިނގިރޭސީންގެ “ހިމާޔަތުގެ ދަށަށް” ދިޔައީ ނުވަތަ އިނގިރޭސީންގެ ޕްރޮޓެކްޓަރޭޓަކަށްވީ ދިވެހިން އަމިއްލައަށް އެނދިގެން ކަމަށް ލިޔެފައިވާ ލިޔުންތައް ފެނެއެވެ. އެ ދުވަސްވަރުގެ ހާލަތު ހުރިގޮތުން އެފަދަ ބޮޑު ބާރެއްގެ ދަށުގައި މި ޤައުމު އޮތުމަކީ ދިވެހިންނަށް އެންމެ ރަނގަޅުގޮތްކަމަށް ވެސް ލިޔެފައިހުރެއެވެ. އިނގިރޭސީންގެ ކޮލޮނީއަކަށް ދިވެހިރާއްޖެ ނުހަދައި ޕްރޮޓެކްޓަރޭޓަކަށް ހެދީ އިނގިރޭސީންގެ ރަނގަޅުކަމުންކަމަށް ދހަވާގޮތަށް ވެސް ވާހަކަ ދެކެވެއެވެ. މިއީ ހަމަ ޙަޤީޤަތުގައި ވެސް ކަން ހިނގާދިޔަގޮތް...

ދިވެހީން ވައިގެމަގުން ކުރި ފުރަތަމަ ޙައްޖު ދަތުރު
Column

ދިވެހީން ވައިގެމަގުން ކުރި ފުރަތަމަ ޙައްޖު ދަތުރު

މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި ވައިގެމަގުން ދިވެހީންގެ ބަޔަކު ޙައްޖަށްދިޔަ ފުރަތަމަ ދަތުރުގެ ވާހަކައެވެ. މި ދަތުރުގައި އަޅުގަނޑުގެ މުނިކާފަ މަނަދޫ ހާރޫނު ޙާޖީ ކަލޭފާނާއި މުނިމާމަ ޢައިޝަތު ޤާސިމާއި ކާފަ ޤާސިމް ހާރޫނު (މަނަދޫ ކާސިން ޙާޖީ) ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން ދިއްދޫ އިބްރާހީމް ކަލޭފާނު (ޑީއައިކޭ) އާއި، ނޮޅިވަރަމް ދޮން ޢަލީ ކަތީބު ކަލޭފާނުގެ ދެކަނބަލުންނާއި ވިލާގެ ޗެއަރމަން ޤާސިމް އިބްރާހީމްގެ ބައްޕާފުޅު މާމިގިލީ އިބްރާހީމް މުޙައްމަދުފަދަ އޭރުގެ ތަނަވަސް ބޭފުޅުން ހިމެނިވަޑައިގ...

ބޮޑުތަކުރުފާނުގެ ލީޑަރޝިޕްގެ ޓްރައިޓްސް (ޒާތީ ސިފަތައް)
Thiladhunmathi News

ބޮޑުތަކުރުފާނުގެ ލީޑަރޝިޕްގެ ޓްރައިޓްސް (ޒާތީ ސިފަތައް)

ލީޑަރޝިޕް ޓްރައިޓްސް ނުވަތަ ލީޑަރޝިޕް ކޮލިޓީސް ތަކަކީ އަބަދާ އަބަދުވެސް ރަނގަޅުކޮށް ކުރިއެރުވޭ، އެ ލީޑަރެއްގެ ޒާތީ ސިފަތަކެކެވެ. އުތީމު ތުޑިމަތީގައި މަޅިފަތި ޖައްސަވަން އުޅުއްވި ދުވަސްވަރުން ފެށިގެން ލީޑަރޝިޕް ޓްރައިޓްސް ތަކެއް ބޮޑުތަކުރުފާނުގެ ހަޔާތްޕުޅުގައި ދިޔައީ ބިންވަޅު ނެގެމުންނެވެ. ބައްޕާފުޅާއި ބޮޑުބޭބޭފުޅުގެ އަރިހުން ކިޔަވާ ވިދާޅުވުމަށްފަހު އިންޑިއާގެ ބޭދާޅީއަށް ވަޑައިގެން ކިޔަވާ ވިދާޅުވުމުގެ ސަބަބުން ލީޑަރޝިޕްގެ ހަރުދަނާ ޒާތީ ސިފަތަކެއްގެ ވެރި ޝަޚްސިއްޔަތަކަށް ވެވަޑައި ގެންނެވިއެވެ. ލިބ...

ބަދަލުވަމުންދާ އީދުގެ ސަގާފަތް
Report

ބަދަލުވަމުންދާ އީދުގެ ސަގާފަތް

އީދު ފާހަގަކުރަން ޒަމާނުއްސުރެ ދިވެހީން ކުޅެމުން އައި ސަގާފީ ކުޅިވަރުތައް ވަރަށް ގިނައެވެ. އަދި އީދުގެ އާދަކާދައިގެ ގޮތުގައި ވާރުތަވެގެން ކުރަމުން އައި ކަންތައްތައް ވެސް އެހާގިނައެވެ. ދީނީ ގޮތުން ކުރާ ކަންތައްތައް ވެސް އޭގެތެރޭގައި ހިމެނެއެވެ. ސަގާފަތަކީ އިންސާނުން ދިރިއުޅޭ ގޮތެވެ. އެއީ އިންސާނުން އެކި ބައިބަޔަށް އުޅެމުން އަންނައިރު އެ ބައެއްގެ ތެރޭގައި ވިސްނުމާއި ޚިޔާލާއި ވާހަކަ ދެއްކުމާއި މަސައްކަތްތެރިކަމާއި ކުޅިވަރާއި މިޔުޒިކާއި ނެށުމާ މި ހުރިހާ ކަމަކާ ގުޅިފައިވާ އާދަކާދަތަކެވެ. ދިވެހީންގެ އ...

"މިދަނީ ދަރިވައްޓާލަން"
Column

"މިދަނީ ދަރިވައްޓާލަން"

އަޅުގަނޑުމެންނަކީ ވަރަށް އަވަދިނެތި ވަޒީފާގައި އުޅެންޖެހިފައިވާ ބައެކެވެ. ކިތަންމެ އަވަދިނެތި އުޅެންޖެހުނަސް އާއިލީ ކަންތައްތަކަށް އިސްކަންދީ ކިރިޔާވެސް ކޮށްދެވެން އޮންނަ ކަމެއް އާއިލާއަށްޓަކައި ކޮށްދިނުމަކީ ކުރަންޖެހޭނެ ކަމެކެވެ. އާއިލާއަށް ދެވޭ ސަމާލުކަން ކުޑަވެ، އާއިލާއާއެކު ވަގުތު ހޭދަކުރެވޭ މިންވަރު މަދުވުމަކީ އިޖްތިމާޢީ މައްސަލައް ފެންމަތިވާ ކަމެކެވެ. އާއިލާއަށްޓަކައި ގިނަ ފިރިހެނުން ކޮށްދެވޭ އެންމެ ޚާއްޞަ އެއްކަމަކީ ދަރިފުޅު ސްކޫލަށް ގެންގޮސްދިނުމެވެ. އަދި ސްކޫލުން ގެއަށް ގެނެސްދިނުމެވެ....

އަހަރެން ދުށް "ބޮޑުމަސް" ބޭނުމުގެ ކުޅިވަރު
Thiladhunmathi News

އަހަރެން ދުށް "ބޮޑުމަސް" ބޭނުމުގެ ކުޅިވަރު

މިއީ 1980 ގެ އަހަރުތަކުގައި މިލަދުންމަޑުލު ދެކުނުބުރީ މަނަދޫގައި ބޮޑު މަސް ބޭނުމުގެ ކުޅިވަރު (މަނަދޫ މީހުން ކިޔާގޮތުންނަމަ “ބޮޑުމަސް ދުއްވުން”) ކުޅޭ ގޮތެވެ. އަޅުގަނޑުގެ މަންމަގެ ބައްޕަ (މާފަ) އަލްމަރުޙޫމް އިބްރާހީމް ޙަސަން އަކީ އިރުމަތީ އަވަށުގެ އެ ދުވަސްވަރުގެ ކުޅިވަރުގެ މުރީދެވެ. އަޅުގަނޑު އެންމެ ހަނދާން ހުންނަ ބޮޑުމަސް ދުއްވި ރެއަކީ އަވަށު ވާދައިގައި ބޮޑު ހަމަނުޖެހުންގަނޑަކަށް ނުގޮސް އެކަމަކު ވަރަށް އަޑުގަދަކޮށް ހޫނު ޒުވާބުތަކެއް ދެ އަވަށް ދެމެދުގައި ހިނގި ރެއެކެވެ. އެކަމެއް […]

ފެހިވިނަ: ހޭލެއްވި ހަނދާންތައް
Column

ފެހިވިނަ: ހޭލެއްވި ހަނދާންތައް

އަޅުގަނޑުމެން އުމުރުގެ މީހުންނަށް އެ މޫނު އަލެއް ނުވާނެއެވެ. އެ އަޑު ވެސް އެނގޭނެއެވެ. ރީތި ފަން އިސްތަށިގަނޑެކެވެ. ހުންނާނީ އަބަދު ވެސް ރީތިކޮށް ފުނާއަޅުއްވާ އޮމާންކޮށްފައެވެ. އާންމުކޮށް ލައްވާނީ އަތްކުރު ގަމީހެވެ. ގަމީސް ދަށަށް ޖައްސަވާފައެވެ. އެއީ “ފެހިވިނަ ޝަރީފު”ގެ އިސްޓައިލެވެ. ޓީވީއެމުން 1998 ވަނަ އަހަރު ފޮނުވަން ފެށި ތިމާވެށްޓާ ބެހޭ ޕްރޮގްރާމާއެކު އަޅުގަނޑަކީ ވެސް ޝަރީފުގެ ރައްޓެއްސެކެވެ. ރާއްޖޭގެ އެ ދުވަސްވަރުގެ އެންމެން ކަހަލަ ގޮތަކަށް ޝަރީފު ދަންނަފަދައިންނެވެ. އެކަން ނޭނގޭނީ ޝަރީފަށެ...

ބޮޑުތަކުރުފާނުގެ ލީޑަރޝިޕްގެ ސްޓައިލްތައް
Thiladhunmathi News

ބޮޑުތަކުރުފާނުގެ ލީޑަރޝިޕްގެ ސްޓައިލްތައް

“މިރާއްޖެފަދަ ކުޑަކުޑަ ތަނެއްގެ ބީރައްޓެހި ރަށެއްގައި އުފެދުނު ޒުވާނަކު ތިމާގެ ދީނަށް ނަޞްރު ދިނުމަށް ތިމާގެ ވަޒަން ބޭރުމީހުންގެ އަތުން ސަލާމަތް ކުޅައުމަށް ކަމަރުބަނދެ ޤުރުބާން ވެގަތުމަށް އެކުރެއްވި ހިތްވަރަކީ ޤިޔާމަތަށްދާންދެން ސާބަސް ދޭހައި ކަމެކެވެ.” މިއީ ޕޯޗްގީޒުންގެ އަތްދަށުން 01 ރަބީޢުލްއައްވަލް 981 (2 ޖުލައި 1573) ގައި ދިވެހިރާއްޖެ މިނިވަންކުރައްވައި، ޤައުމު ބިނާކޮށްދެއްވި އަލްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން ނުވަތަ އުތީމު ބޮޑުތަކުރުފާނުގެ ވާހަކަ...

މިނިވަންކަމުގެ އެގްރީމެންޓުގައި އޮތީ ކޮން ވާހަކައެއް؟
Column

މިނިވަންކަމުގެ އެގްރީމެންޓުގައި އޮތީ ކޮން ވާހަކައެއް؟

އުތުރު އަޔަރލެންޑް އަދި ގްރޭޓް ބްރިޓުންގެ ރަސްކަމުގެ ރަނިކަމަނާގެ ސަރުކާރާއި ދިވެހިރާއްޖޭގެ ސަރުކާރާ ދެމެދު 1965 ޖުލައި 26 ވަނަ ދުވަހު ވެފައިވަނީ ތާރީޚީ އެއްބަސްވުމެކެވެ. އެއީ ދިވެހިރާއްޖޭގެ އެންމެ އަގުބޮޑު ލިޔުމެވެ. އެއީ ދިވެހިން މިއަދު މިދެކޭ މިނިވަންކަން ކަށަވަރުކުރެވުނު ލިޔުން ވެސް މެއެވެ. އެ އެއްބަސްވުން ވެވުނީ ސްރީލަންކާގައި އިނގިރޭސި ހައިކޮމިޝަން ހިންގަމުންދިޔަ ވެސްޓްމިންސްޓަރޒް ހައުސް ގައެވެ. ވަގުތަކީ އެ ދުވަހުގެ ހެނދުނު 10 ޖެހި އިރެވެ. މި އެއްބަސްވުމަކީ 14 ފެބުރުވަރީ 1960ގައި […]

ދިވެހިންގެ މިނިވަންކަމުގެ ތާރީޚު
Column

ދިވެހިންގެ މިނިވަންކަމުގެ ތާރީޚު

ދިވެހިރާއްޖެއަކީ 2500 އަހަރަށްވުރެ ދޮށީ ޤައުމެކެވެ. ވާރިދުވެފައިވާ ވާހަކަތަކުން ރާއްޖޭގައި މީހުން ދިރިއުޅޭތާ 2300 އަހަރުވެފައިވާ ކަމަށް ޤަބޫލުކުރެވެއެވެ. ދިވެހިންނަކީ މިނިވަންކަމުގެ ހެޔޮ ނަސީބު ދެއްވާފައިވާ ފަޚުރުވެރި ޤައުމެކެވެ. އަމިއްލަ ބަހަކާއި އަމިއްލަ ސަޤާފަތަކާއި ތާރީޚީ ތަރިކަތަކެއް ލިބިފައިވާ ހަލޯރަތެކެވެ. އެ ހަލޯރަތުން ފެންނަ އެއް ހަގީގަތަކީ ދިވެހިންގެ މިނިވަންކަމެވެ. މިނިވަންކަމުގައި ދިވެހިންނަށް ދެއްވި އިލާހީ ރަޙުމަތެވެ. މިނިވަންކަމަށް ޓަކައި ދިވެހިން ކޮށްފައިވާ ހަނގުރާމަތައް ފެށުނީ ދި...