Skip to main content

އަލީ އާދިލް

Editor
🇲🇻 ތިލަދުން Desk
3,330 Stories
335 Reads

Published on ތިލަދުން (Thiladhun) by އަލީ އާދިލް

ކޯސްޓްގާޑް ޝިޕް "ޢިމާދުއްދީން" އުތީމަށް: ޘަޤާފީ ހަރަކާތްތަކާއެކު ފަރިވަޅެއް އަރުވައިފި
Thiladhunmathi News

ކޯސްޓްގާޑް ޝިޕް "ޢިމާދުއްދީން" އުތީމަށް: ޘަޤާފީ ހަރަކާތްތަކާއެކު ފަރިވަޅެއް އަރުވައިފި

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ސަރަޙައްދަށް ކުރަމުންދާ ފުރަތަމަ ދަތުރުގެ ތެރެއިން، އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޢިމާދުއްދީން ފުރަތަމަ ފަހަރަށް ހއ. އުތީމަށް ބަނދަރުކުރުމުން އެ ރަށު ރައްޔިތުންގެ ފަރާތުން އުޅަނދުގެ ކެޕްޓަނަށާއި ފަޅުވެރިންނަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. ސެޕްޓެންބަރު 26ވަނަ ދުވަހު އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޢިމާދުއްދީން އުތީމަށް ބަނދަރުކުރުމުން، އުތީމު ރައްޔިތުންގެ ފަރާތުން ވަނީ އެ ރަށުގެ ބަނދަރު ސަރަޙައްދުގައި މަރުޙަބާ ކިޔުމުގެ ގޮތުން ޚާއްޞަ ކަންތައްތަކެއް އިންތި...

މައްކާގެ ޙަރަމްފުޅުގެ އިމާމު ފަޟީލަތުއްޝައިޚު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
Raajje

މައްކާގެ ޙަރަމްފުޅުގެ އިމާމު ފަޟީލަތުއްޝައިޚު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ

މަސްޖިދުލްޙަރާމްގެ އިމާމު އަދި ޚަތީބު ޑރ. ޔާސިރު ބިން ރާޝިދު އަލްދައުސަރީ ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ. މިކަން އިޢުލާން ކުރެއްވީ، މިރޭ ކުރިއަށްދިޔަ 38 ވަނަ ގައުމީ ގުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު އެވެ. ޝަހީމް ވިދާޅުވީ، މައްކާގެ ހަރަމްފުޅުގެ އިމާމަކު އެންމެ ފަހުން ރާއްޖެއަށް ޒިޔާރާތް ކުރައްވާފައިވަނީ 43 އަހަރުގ ކުރިން ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، އަސްލު ޔާސިރު އައް ދައުސަރީއަށް ދައުވަތު އެރުވީ […]

އުރީދޫ އެޕްއިން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000ރުފިޔާ، އަދި ބޮޑު އިނާމަކަށް 100،000 ރުފިޔާ
Business

އުރީދޫ އެޕްއިން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000ރުފިޔާ، އަދި ބޮޑު އިނާމަކަށް 100،000 ރުފިޔާ

އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ލިބޭ “ރީޗާޖް އެންޑް ވިން” ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ. މިއީ އެ ކުންފުނީގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. މި އަހަރުގެ ސެޕްޓެމްބަރު 4 ވަނަ ދުވަހުން ފެށިގެން 31 ޑިސެމްބަރު 2026 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ، ކޮންމެ ވަގުތަކު އަދި […]

މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކްކުރާ ނެޓްވޯކެއްގެ ދެ މީހަކު ތިނަދޫން އަތުލައިގެންފި
Raajje

މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކްކުރާ ނެޓްވޯކެއްގެ ދެ މީހަކު ތިނަދޫން އަތުލައިގެންފި

ގދ. ތިނަދޫ ސިޓީގައި މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކްކުރާ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގެންފިއެވެ. މި އޮޕަރޭޝަން ކުރިއަށް ދިޔަ ގޮތާ ބެހޭގޮތުން ފުލުހުން ބުނެފައިވަނީ، މަސްތުވާތަކެތި ގިނަ އަދަދަކަށް އެތެރެކޮށް ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ތިނަދޫ ސިޓީގެ ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން ގެއެއް ބަލައިފާސްކޮށް ހިންގި މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ކަމަށް ބ...

ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ވަފުދެއް ރަސްމީ ދަތުރެއްގައި ޕާކިސްތާނަށް
Raajje

ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ވަފުދެއް ރަސްމީ ދަތުރެއްގައި ޕާކިސްތާނަށް

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލިމަންޓްރީ ގުރޫޕުގެ ވަފުދެއް ރަސްމީ ދަތުރެއްގައި މިއަދު ޕާކިސްތާނަށް ފުރައިފިއެވެ. ޕީއެންސީން ބުނިގޮތުގައި މި ދަތުރުގައި ޕާކިސްތާނަށް ވަޑައިގެންނެވި ވަފުދުގެ އިސްބޭފުޅެއްގެ ގޮތުގައި ހުންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲއެވެ. އަބުދުއްރަޙީމްގެ އިތުރުން މި ވަފުދުގައި ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ނައިބު ލީޑަރުންނާއި، އެ ޕާޓީގެ ނައިބުރައީސް އަދި ބާރަށު ދާއިރާގެ ރައްޔިތުންގެ މަޖިލީ...

އަމާން އުދަރެސް އެޕާޓްމަންޓެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖް އަތުލައިގެންފި
Raajje

އަމާން އުދަރެސް އެޕާޓްމަންޓެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖް އަތުލައިގެންފި

ރާއްޖެއަށް ވޭޕް އެތެރެކޮށް، އޭގެ ވިޔަފާރިކޮށް އަދި މަނީލޯންޑަރކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، އަމާން އުދަރެސްގެ އެޕާޓްމަންޓެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ސެޕްޓެމްބަރު 21 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި، މަގުމަތިން ދިވެހި ދެ ފިރިހެނުން ހުއްޓުވައި ސުވާލުކޮށްފައިވެއެވެ. އަދި އެ މީހުން ދުއްވި ސައިކަލުގެ އިތުރުން، އެ މީހުންނާ ގުޅުން...

ރަސްމާލެއިން މާލީ ދަތިކަމަށް އަވަސް ހައްލެއް ނުލިބޭނެ، ރަނގަޅީ ދައުލަތުގެ ހަރުމުދާ ވިއްކާލުން: ރައީސް ނަޝީދު
Politics

ރަސްމާލެއިން މާލީ ދަތިކަމަށް އަވަސް ހައްލެއް ނުލިބޭނެ، ރަނގަޅީ ދައުލަތުގެ ހަރުމުދާ ވިއްކާލުން: ރައީސް ނަޝީދު

ދައުލަތުގެ ދަރަނި އަދާކުރުމަށްޓަކައި ޕްރައިވެޓައިޒް ކުރުން ނުވަތަ ހަރުމުދާ ވިއްކާލުމަކީ ރަނގަޅު ކަމެއް ކަމަށާއި، ރަސްމާލެއިން މި ވަގުތު ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތިކަމަށް އަވަސް ހައްލެއް ނުލިބޭނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މީސް މީޑިއާގައި ރައީސް ނަޝީދު ކުރެއްވި މެސެޖެއްގައި ވިދާޅުވީ، ރަސްމާލޭގައި ވޯޓަރފްރަންޓެއް ތަރައްޤީ ކުރުމަކީ ރަނގަޅު ޚިޔާލެއް ކަމަށެވެ. ނަމަވެސް، އެ ކަމަކީ މި ވަގުތު ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތިކަމުން އަރައިގަތުމާ ކުޑަކޮށްވެސް ގު...

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފުލުހުންނަށް ހަމަލާދިން މާފުށީ 6 މީހަކަށް ދައުވާކުރަނީ
Raajje

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފުލުހުންނަށް ހަމަލާދިން މާފުށީ 6 މީހަކަށް ދައުވާކުރަނީ

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ތެރެއިން ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ހަ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މި ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. މި މައްސަލައަކީ ކ. މާފުށީގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި 2026 އޮގަސްޓު 11 ވަނަ ދުވަހުގެ 13:00 އެހައިކަންހާއިރު މީހަ...

ކުޑަހުވަދޫއިން މަސްތުވާތަކެއްޗާއި ބަނގުރަލާއެކު ތިން މީހަކު ހައްޔަރުކޮށްފި
Raajje

ކުޑަހުވަދޫއިން މަސްތުވާތަކެއްޗާއި ބަނގުރަލާއެކު ތިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ދ. ކުޑަހުވަދޫއިން ތިން މީހަކު ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައި ވަނީ ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދަފްތަރު ނަންބަރު ދރ 1384 / މާލެ، ޛުލްކިފްލި ރަޝާދު އާދަމް (20އ) އާއި، ފްރެންޑްލީ / ދ. ކުޑަހުވަދޫ، ނިހާލް ނަސީމް (30އ) އަދި މާވެޔޮ / ދ. ކުޑަހުވަދޫ، ޢަބްދުލްޤައްޔޫމް ޢަބްދުއްސައްތާރު (44އ) އެވެ. މި ތިން […]

އެންމެ ފަހުން ދެއްވީ ފަތިސް ބަންގި: ހަރަމްފުޅުގެ މުއައްޒިން ޝައިޚް އިބްރާހީމް އަވަހާރަވެއްޖެ
International

އެންމެ ފަހުން ދެއްވީ ފަތިސް ބަންގި: ހަރަމްފުޅުގެ މުއައްޒިން ޝައިޚް އިބްރާހީމް އަވަހާރަވެއްޖެ

މައްކާގެ މަސްޖިދުލް ހަރާމް (ހަރަމްފުޅު) ގެ މުއައްޒިން ޝައިޚް އިބްރާހީމް އަލް މަދަނީ، މިއަދުގެ ފަތިހުގެ ވަގުތެއްގައި އަވަހާރަވެއްޖެއެވެ. “އިންސައިޑް ދަ ހަރަމައިން” އިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ޝައިޚް އިބްރާހީމް އަވަހާރަވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. ޝައިޚް އިބްރާހީމް ދެއްވި އެންމެ ފަހު ބަންގިއަކީ މިއަދުގެ ފަތިސް ނަމާދުގެ ފުރަތަމަ ބަންގިއެވެ. ސާޢޫދީ މީޑިއާތަކާ ހަވާލާދީ، އެ މަރްހޫމާ ގާތް ފަރާތްތަކުން ބުނެފައިވާ ގޮތުގައި، ޝައިޚް އިބްރާހީމްގެ ކަށުނަމާދު އޮންނާނީ މިއަދުގެ އަސުރު ނަމާދަށް...

މުމްބާއީގައި ބާރަށް ދުއްވި ބީއެމްޑަބްލިޔޫއެއް ބްރިޖުން ވެއްޓި 3 ދަރިވަރުން މަރުވެއްޖެ
International

މުމްބާއީގައި ބާރަށް ދުއްވި ބީއެމްޑަބްލިޔޫއެއް ބްރިޖުން ވެއްޓި 3 ދަރިވަރުން މަރުވެއްޖެ

އިންޑިއާގެ މުމްބާއީ ކޯސްޓަލް ރޯޑުގައި ބާރުސްޕީޑުގައި ދުއްވާފައިދިޔަ ބީއެމްޑަބްލިޔޫ ކާރެއް ބްރިޖުގެ ރޭލިންގްގައި ޖެހި، ތިރީގައި އޮތް އިމާރާތްކުރަމުންދާ ޕާކިން ސައިޓަކަށް ވެއްޓި ތިން ދަރިވަރަކު މަރުވެއްޖެއެވެ. އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ހިނގި މި ނުރައްކާތެރި ހާދިސާގައި، މަރުވީ 17 އަހަރާއި 20 އަދި 21 އަހަރުގެ 3 ފިރިހެނުންނެވެ. މި ހާދިސާގައި ސީރިޔަސް އަނިޔާވެގެން ފަރުވާދެމުންދަނީ އުމުރުން 20 އަހަރުގެ ފިރިހެނަކަށެވެ. 20 އަހަރުގެ އިތުރު ދަރިވަރަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ވެފައެވެ. މި ހާދިސާ...

އިންސާނީ ހައްގުތަކަށް ވަކާލާތުކުރާނެ ފަރާތްތައް ބިނާކުރަން ލ. ގަމުގައި ހާއްސަ ޕްރޮގްރާމެއް
Raajje

އިންސާނީ ހައްގުތަކަށް ވަކާލާތުކުރާނެ ފަރާތްތައް ބިނާކުރަން ލ. ގަމުގައި ހާއްސަ ޕްރޮގްރާމެއް

އިންސާނީ ހައްގުތަކަށް ވަކާލާތުކުރާނެ ފަރާތްތައް ބިނާކުރުމުގެ މަގުސަދުގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ އިސްނެގުމުގެ މަތިން ކުރިއަށްގެންދާ ފަސް ދުވަހުގެ “ހިއުމަން ރައިޓްސް ޑިފެންޑާރސް ޕްރޮގްރާމް” މިއަދު ލ. ގަމުގައި ފަށައިފިއެވެ. މިއީ މުޖުތަމަޢުގައި އިންސާނީ ހައްގުތައް ރައްކާތެރިކޮށް، އެ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާނެ ފަރާތްތައް އަހުލުވެރިކުރުވުމަށް ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިންނާ މުޚާތަބުކުރައްވައި ވާހަކަ...

ކައްޗަލަ އާބާދީ ދައްވާތީ އެކްސްޕޯޓްކުރުމަށް 10.95 ޓަނުގެ ކޯޓާއެއް ކަނޑައަޅައިފި
Raajje

ކައްޗަލަ އާބާދީ ދައްވާތީ އެކްސްޕޯޓްކުރުމަށް 10.95 ޓަނުގެ ކޯޓާއެއް ކަނޑައަޅައިފި

ދިވެހިރާއްޖޭގައި ކުރާ ހުއިފިލަނޑާގެ މަސްވެރިކަމުގައި ނަގާ ބާވަތެއް ކަމަށްވާ ކައްޗަލަ އާބާދީ ދައްވަމުންދާތީ، ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި އެކްސްޕޯޓްކުރެވޭނެ މިންވަރަކީ 10.95 ޓަނުގެ ހިއްކާފައިވާ ކައްޗަލަ ކަމަށް ކަނޑައަޅައި، އެކަމަށް ހުޅުވާލައިފިއެވެ. މިކަން ހާމަކޮށްފައިވަނީ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން ކުރި އިއުލާނެއްގައެވެ. ފިޝަރީޒް މިނިސްޓްރީން ބުނީ، ކައްޗަލަ (Amberfish, Thelenota anax) އަކީ 2022 ވަނަ އަހަރު ބޭއްވި ކޮންވެންޝަން އޮން އިންޓަރނޭޝަނަލް...

ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް އަހުމަދު ނިޒާމް
Raajje

ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް އަހުމަދު ނިޒާމް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ޑިރެކްޓަރުންގެ ބޯޑަށް ދ. މީދޫ، އަސަރީގެ، އަހުމަދު ނިޒާމް އައްޔަނުކުރައްވައިފިއެވެ. ސަރުކާރުގެ ކުންފުނިތަކުގެ ކަންކަން މޮނީޓާކުރާ އިދާރާ ކަމަށްވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު އެކްސްގައި ބުނީ، މިއަދުން ފެށިގެން ސްޓެލްކޯގެ ބޯޑަށް އަހުމަދު ނިޒާމް އައްޔަނުކޮށްފައިވާ ކަމަށެވެ. ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާރުވެސް ހަ މެންބަރުން ތިއްބަވައެވެ. އެއީ ކުންފުނީގެ ޗެއާމަންގެ އިތުރުން، މެނޭޖިން ޑިރެކްޓަރާއި، ޑެ...

ޔޭޔޭ ސީރިއަލް ޕެކެޓްތަކެއްގައި ގިނަ އަދަދެއްގެ ފައިސާ ބޭރުކުރަން އުޅުނު މީހުންގެ ބަންދަށް 10 ދުވަސް
Raajje

ޔޭޔޭ ސީރިއަލް ޕެކެޓްތަކެއްގައި ގިނަ އަދަދެއްގެ ފައިސާ ބޭރުކުރަން އުޅުނު މީހުންގެ ބަންދަށް 10 ދުވަސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ރާއްޖެއިން ބޭރަށް ގިނަ އަދަދެއްގެ ބޭރު ފައިސާ ފޮރުވައިގެން ގެންދަން އުޅުނު ބަންގްލަދޭޝްގެ ހަ މީހެއްގެ ބަންދަށް ކޯޓުން 10 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ ޔޭޔޭ ސީރިއަލް ޕެކެޓްތަކެއްގެ ތެރޭގައި 3.8 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ފޮރުވައިގެން ފުރަން ގޮސް އުޅެނިކޮށް ހުކުރު ދުވަހުއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ރަޖިބް (31އ)، މުހައްމަދު އަބްދުﷲ (38އ)، އަޖްގޮރް […]