Skip to main content

އަލީ އާދިލް

Editor
🇲🇻 ތިލަދުން Desk
3,335 Stories
1,154 Reads

Published on ތިލަދުން (Thiladhun) by އަލީ އާދިލް

މުމްބާއީގައި ބާރަށް ދުއްވި ބީއެމްޑަބްލިޔޫއެއް ބްރިޖުން ވެއްޓި 3 ދަރިވަރުން މަރުވެއްޖެ
International

މުމްބާއީގައި ބާރަށް ދުއްވި ބީއެމްޑަބްލިޔޫއެއް ބްރިޖުން ވެއްޓި 3 ދަރިވަރުން މަރުވެއްޖެ

އިންޑިއާގެ މުމްބާއީ ކޯސްޓަލް ރޯޑުގައި ބާރުސްޕީޑުގައި ދުއްވާފައިދިޔަ ބީއެމްޑަބްލިޔޫ ކާރެއް ބްރިޖުގެ ރޭލިންގްގައި ޖެހި، ތިރީގައި އޮތް އިމާރާތްކުރަމުންދާ ޕާކިން ސައިޓަކަށް ވެއްޓި ތިން ދަރިވަރަކު މަރުވެއްޖެއެވެ. އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ހިނގި މި ނުރައްކާތެރި ހާދިސާގައި، މަރުވީ 17 އަހަރާއި 20 އަދި 21 އަހަރުގެ 3 ފިރިހެނުންނެވެ. މި ހާދިސާގައި ސީރިޔަސް އަނިޔާވެގެން ފަރުވާދެމުންދަނީ އުމުރުން 20 އަހަރުގެ ފިރިހެނަކަށެވެ. 20 އަހަރުގެ އިތުރު ދަރިވަރަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ވެފައެވެ. މި ހާދިސާ...

އިންސާނީ ހައްގުތަކަށް ވަކާލާތުކުރާނެ ފަރާތްތައް ބިނާކުރަން ލ. ގަމުގައި ހާއްސަ ޕްރޮގްރާމެއް
Raajje

އިންސާނީ ހައްގުތަކަށް ވަކާލާތުކުރާނެ ފަރާތްތައް ބިނާކުރަން ލ. ގަމުގައި ހާއްސަ ޕްރޮގްރާމެއް

އިންސާނީ ހައްގުތަކަށް ވަކާލާތުކުރާނެ ފަރާތްތައް ބިނާކުރުމުގެ މަގުސަދުގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ އިސްނެގުމުގެ މަތިން ކުރިއަށްގެންދާ ފަސް ދުވަހުގެ “ހިއުމަން ރައިޓްސް ޑިފެންޑާރސް ޕްރޮގްރާމް” މިއަދު ލ. ގަމުގައި ފަށައިފިއެވެ. މިއީ މުޖުތަމަޢުގައި އިންސާނީ ހައްގުތައް ރައްކާތެރިކޮށް، އެ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާނެ ފަރާތްތައް އަހުލުވެރިކުރުވުމަށް ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިންނާ މުޚާތަބުކުރައްވައި ވާހަކަ...

ކައްޗަލަ އާބާދީ ދައްވާތީ އެކްސްޕޯޓްކުރުމަށް 10.95 ޓަނުގެ ކޯޓާއެއް ކަނޑައަޅައިފި
Raajje

ކައްޗަލަ އާބާދީ ދައްވާތީ އެކްސްޕޯޓްކުރުމަށް 10.95 ޓަނުގެ ކޯޓާއެއް ކަނޑައަޅައިފި

ދިވެހިރާއްޖޭގައި ކުރާ ހުއިފިލަނޑާގެ މަސްވެރިކަމުގައި ނަގާ ބާވަތެއް ކަމަށްވާ ކައްޗަލަ އާބާދީ ދައްވަމުންދާތީ، ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި އެކްސްޕޯޓްކުރެވޭނެ މިންވަރަކީ 10.95 ޓަނުގެ ހިއްކާފައިވާ ކައްޗަލަ ކަމަށް ކަނޑައަޅައި، އެކަމަށް ހުޅުވާލައިފިއެވެ. މިކަން ހާމަކޮށްފައިވަނީ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން ކުރި އިއުލާނެއްގައެވެ. ފިޝަރީޒް މިނިސްޓްރީން ބުނީ، ކައްޗަލަ (Amberfish, Thelenota anax) އަކީ 2022 ވަނަ އަހަރު ބޭއްވި ކޮންވެންޝަން އޮން އިންޓަރނޭޝަނަލް...

ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް އަހުމަދު ނިޒާމް
Raajje

ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް އަހުމަދު ނިޒާމް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ޑިރެކްޓަރުންގެ ބޯޑަށް ދ. މީދޫ، އަސަރީގެ، އަހުމަދު ނިޒާމް އައްޔަނުކުރައްވައިފިއެވެ. ސަރުކާރުގެ ކުންފުނިތަކުގެ ކަންކަން މޮނީޓާކުރާ އިދާރާ ކަމަށްވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު އެކްސްގައި ބުނީ، މިއަދުން ފެށިގެން ސްޓެލްކޯގެ ބޯޑަށް އަހުމަދު ނިޒާމް އައްޔަނުކޮށްފައިވާ ކަމަށެވެ. ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާރުވެސް ހަ މެންބަރުން ތިއްބަވައެވެ. އެއީ ކުންފުނީގެ ޗެއާމަންގެ އިތުރުން، މެނޭޖިން ޑިރެކްޓަރާއި، ޑެ...

ޔޭޔޭ ސީރިއަލް ޕެކެޓްތަކެއްގައި ގިނަ އަދަދެއްގެ ފައިސާ ބޭރުކުރަން އުޅުނު މީހުންގެ ބަންދަށް 10 ދުވަސް
Raajje

ޔޭޔޭ ސީރިއަލް ޕެކެޓްތަކެއްގައި ގިނަ އަދަދެއްގެ ފައިސާ ބޭރުކުރަން އުޅުނު މީހުންގެ ބަންދަށް 10 ދުވަސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ރާއްޖެއިން ބޭރަށް ގިނަ އަދަދެއްގެ ބޭރު ފައިސާ ފޮރުވައިގެން ގެންދަން އުޅުނު ބަންގްލަދޭޝްގެ ހަ މީހެއްގެ ބަންދަށް ކޯޓުން 10 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ ޔޭޔޭ ސީރިއަލް ޕެކެޓްތަކެއްގެ ތެރޭގައި 3.8 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ފޮރުވައިގެން ފުރަން ގޮސް އުޅެނިކޮށް ހުކުރު ދުވަހުއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ރަޖިބް (31އ)، މުހައްމަދު އަބްދުﷲ (38އ)، އަޖްގޮރް […]

100،000 މުވައްޒަފުން އޭއައިއަށް އަހުލުވެރިކުރަން ޕޯޗުގަލްގައި ޤައުމީ ހަރަކާތެއް
International

100،000 މުވައްޒަފުން އޭއައިއަށް އަހުލުވެރިކުރަން ޕޯޗުގަލްގައި ޤައުމީ ހަރަކާތެއް

ޕޯޗުގަލްގެ އެކި ކަންކޮޅުތަކުން 100،000 މުވައްޒަފުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް އަހުލުވެރިކުރުމަށްޓަކައި އެގައުމުގެ ސަރުކާރުން ޚާއްޞަ ޤައުމީ ހަރަކާތެއް ފެށުމަށް ނިންމައިފިއެވެ. މި މަޝްރޫޢުގެ ފެށުމެއްގެ ގޮތުން، ކުންފުނިތަކުން އޭއައި ބޭނުންކުރުން އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން އަންނަ މަހު ލެއިރިއާ ސަރަޙައްދުގައި ޕައިލެޓް މަޝްރޫޢެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ. ޕޯޗުގާލްގެ އިޤްތިޞާދީ ވަޒީރު ކާސްޓްރޯ އަލްމެއިޑާ މަޖިލީހުގެ އިޤްތިޞާދީ އަދި ސަރަޙައްދީ އެއްބައިވަންތަކަމާ ބެހޭ ކޮމިޓީގައި...

ޓްރަމްޕްގެ ކުއްލި އިޢުލާނަކުން އޭއައި ބެލެހެއްޓުމަށް "އޭއައި ފޯސް" އެއް އުފައްދަވަައިފި
International

ޓްރަމްޕްގެ ކުއްލި އިޢުލާނަކުން އޭއައި ބެލެހެއްޓުމަށް "އޭއައި ފޯސް" އެއް އުފައްދަވަައިފި

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ބެލެހެއްޓުމަށާއި، އެ ދާއިރާއިން ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމަށް “އޭއައި ފޯސް” ގެ ނަމުގައި ޚާއްޞަ ޓާސްކް ފޯހެއް އުފައްދަވައި، އެ މަސައްކަތް ހިންގަވާނެ “އޭއައި ޒާރ” އެއް ވަރަށް އަވަހަށް އައްޔަންކުރައްވާނެކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުއްލި ގޮތަކަށް އިޢުލާނު ކުރައްވައިފިއެވެ. ހޮނިހިރު ދުވަހުގެ ހެނދުނު ސޯޝަލް މީޑިއާ ޕްލެޓްފޯމް “ޓްރޫތު ސޯޝަލް” ގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް އިއުލާނުކުރެއްވި މި ނިންމެވުމާއެކު، ޓެކްނޮލޮޖީ...

މާލޭގައި ދެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފި، މަސްތުގެ ހާލުގައި ހުރި ބިދޭސީއަކު ހައްޔަރަށް
Raajje

މާލޭގައި ދެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފި، މަސްތުގެ ހާލުގައި ހުރި ބިދޭސީއަކު ހައްޔަރަށް

މާލޭގެ ސަބުނަމް މަގުގައި ތޫނު އެއްޗަކުން ހަމަލާދީ ދެ މީހަކު ޒަހަމްކޮށްލި މައްސަލައެއްގައި ބިދޭސީ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން ބުނީ، ސަބުނަމް މަގުގައި ތޫނު އެއްޗަކުން ދެ މީހަކަށް ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 9:01 ހާއިރު ކަމަށެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 48 އަހަރާއި 33 އަހަރުގެ ދެ ދިވެހިންނަށް ކަމަށްވެސް ފުލުހުން ބުންޏެވެ. މި މާރާމާރީގައި އަނިޔާވި ދެ މީހުންނަށް މިހާރު އަންނަނީ ހޮސްޕިޓަލުގައި […]

ތޮއްޑޫގައި ހާއްސަ އޮޕަރޭޝަނެއް: 507 ބިދޭސީން ބަލައިފާސްކޮށް، 107 މީހަކު އަތުލައިގަނެފި
Raajje

ތޮއްޑޫގައި ހާއްސަ އޮޕަރޭޝަނެއް: 507 ބިދޭސީން ބަލައިފާސްކޮށް، 107 މީހަކު އަތުލައިގަނެފި

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެ، އާންމުންގެ ގިނަ ޝަކުވާތަކެއް ލިބެމުންދާ އއ. ތޮއްޑޫގައި ޓާސްކްފޯސްއިން ހާއްސަ އޮޕަރޭޝަނެއް ހިންގައި 500 އަށްވުރެ ގިނަ ބިދޭސީން ބަލައިފާސްކޮށްފިއެވެ. މިއަދު ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 107 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މޯލްޑިވްސް ޕޮލިސް ސާވިސްއާއި އިމިގްރޭޝަން ގުޅިގެން ތޮއްޑޫގައި ކުރިއަށްގެންދިޔަ މި ހަރަކާތް ހިންގާފައިވަނީ މިއަދު ހެނދުނު 6:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަ...

ޕްލާސްޓިކް ހޮޅިއާއި ފެންފުޅި މަނާކުރުން ފަސްކޮށް، 250 އެމްއެލްއަށްވުރެ ކުދި ފުޅި މަނާކޮށްފި
Raajje

ޕްލާސްޓިކް ހޮޅިއާއި ފެންފުޅި މަނާކުރުން ފަސްކޮށް، 250 އެމްއެލްއަށްވުރެ ކުދި ފުޅި މަނާކޮށްފި

ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޞްލާޙު ގެންނަވައި، ޕްލާސްޓިކް ހޮޅިއާއި ބައެއް ސައިޒުގެ ފެންފުޅި މަނާކުރުން ފަސްކުރައްވައި، 250 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ތައްޔާރީ ބުއިންތައް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މިއަދުން ފެށިގެން މަނާކުރައްވައިފިއެވެ. މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ މަޝްވަރާގެ މަތީން ގެންނެވި މި އިޞްލާޙުގެ ދަށުން، ދިޔާތަކެ...

ޤައުމަށް އޮތް އެންމެ ފައިދާހުރި ގޮތަކީ ޕީއެންސީއާއެކު ކުރިއަށްދިއުން: ރައީސް
Raajje

ޤައުމަށް އޮތް އެންމެ ފައިދާހުރި ގޮތަކީ ޕީއެންސީއާއެކު ކުރިއަށްދިއުން: ރައީސް

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ތަންފީޒުކުރަނީ އިސްލާމްދީނަށް ނަޞްރުދިނުމުގެ ސިޔާސަތު ކަމަށާއި، މާޒީއާއި މިހާރުގެ ކަންކަމަށް ބަލާއިރު ޤައުމަށް އޮތް އެންމެ ފައިދާހުރި ގޮތަކީ އެ ޕާޓީއާއެކު ކުރިއަށްދިއުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ މިރޭ ބޭއްވި ޕީއެންސީގެ މަތީ މަޖިލިސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ޕީއެންސީގެ ހުރިހާ އަމަލެއް ބިނާވަނީ އިސްލާމްދީނާ ޤައުމިއްޔަތުގެ މ...

ޕީއެންސީގެ ދެން އޮތް އަމާޒަކީ 100،000 މެމްބަރުން ހަމަކުރުން: ރައީސް މުއިއްޒު
Raajje

ޕީއެންސީގެ ދެން އޮތް އަމާޒަކީ 100،000 މެމްބަރުން ހަމަކުރުން: ރައީސް މުއިއްޒު

ވެރިކަން ކުރާ ޕީއެންސީގެ މެމްބަރުންގެ އަދަދު 80،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށާއި، އެ ޕާޓީގެ ދެން އޮތް އަމާޒަކީ 100،000 މެމްބަރުން ހަމަކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މުއިއްޒު މިހެން ވިދާޅުވީ ޕީއެންސީގެ ކޮންގްރެސް ނިންމުމަށް މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި މީގެ ދެ އަހަރު ކުރިން އެ ޕާޓީގައި ތިބީ އެންމެ 2،000 މެމްބަރުންނެވެ. ޕާޓީއަށް މެމްބަރުން […]

މަސްތުވާތަކެތި ހުރި ވޭޕް ކާޓްރިޖްތަކާއެކު ހައްޔަރުކުރި 3 ޒުވާނުންގެ ބަންދަށް 30 ދުވަސް
Raajje

މަސްތުވާތަކެތި ހުރި ވޭޕް ކާޓްރިޖްތަކާއެކު ހައްޔަރުކުރި 3 ޒުވާނުންގެ ބަންދަށް 30 ދުވަސް

ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވޭ ވޭޕް ކާޓްރިޖުތަކަކާއެކު ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދުގެ މުއްދަތު އިތުރު 30 ދުވަހަށް ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ކ. ހުރާ/ސާނީވިލާ، ހުސައިން ޝާވިން (26އ) އާއި، ތ. ތިމަރަފުށި/ވިލާ، މަރްޔަމް އިޝާ އަޝްރަފް (21އ) އަދި ސ. ހުޅުދޫ/ރޭޝަމް، މުހައްމަދު ނާހިލް (25އ) އެވެ. މި ތިން މީހުންނަކީވެސް މި މަހުގެ ދެވަނަ ދުވަހު ހައްޔަރުކުރި މީހުންނެވެ. ކްރިމިނަލް ކޯޓުން މިއަދު […]

5 މިލިއަން ގަސް މަޝްރޫއުގެ 2 މިލިއަން ގަސް އިންދައިފި، ކޮންމެ ރަށެއްގައި ހައިވަކަރު ގަސް
Raajje

5 މިލިއަން ގަސް މަޝްރޫއުގެ 2 މިލިއަން ގަސް އިންދައިފި، ކޮންމެ ރަށެއްގައި ހައިވަކަރު ގަސް

ސަރުކާރުން ފަށާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ގައުމީ މަޝްރޫއުގެ ދަށުން މިހާތަނަށް ދެ މިލިއަނަށްވުރެ ގިނަ ގަސް ވަނީ އިންދާފައެވެ. އެންވަޔަރަމެންޓް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫއުގެ ދަށުން ރާއްޖޭގެ ކޮންމެ ރަށެއްގައި މަދުވެގެން ދެ ހައިވަކަރު ގަސްވެސް މިހާރު ވަނީ އިންދާފައެވެ. އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ، މި މަޝްރޫއުގެ ދަށުން މިހާތަނަށް މުޅި ޖުމްލަ 2،040،866 ގަސް އިންދާފައިވާ ކަމަށެވެ. މިއީ 2024 ވަނަ އަހަރުގެ ތިމާވެށީގެ ދުވަސް ކަމަށްވާ ޖޫން 1 […]

އީ-ފާސްއާއެކު ނޭނގި ޕާޓީ ބަދަލުކުރުން ހުއްޓުވިއްޖެ، ޕީއެންއެފުން ފަތުރަނީ ދޮގު: އީސީ
Raajje

އީ-ފާސްއާއެކު ނޭނގި ޕާޓީ ބަދަލުކުރުން ހުއްޓުވިއްޖެ، ޕީއެންއެފުން ފަތުރަނީ ދޮގު: އީސީ

ސިޔާސީ ޕާޓީތަކުގެ މެންބަރޝިޕް ނިޒާމުގެ ތެރެއަށް ‘އީ-ފާސް’ ތަޢާރަފްކުރުމާއެކު މީހުންނަށް ނޭނގި ޕާޓީ ބަދަލުކުރުމުގެ މައްސަލައަށް ހައްލު ލިބިފައިވާ ކަމަށާއި، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން އެ ކޮމިޝަނާމެދު ކުރަމުންދަނީ ޙަޤީޤަތާ ޚިލާފު ދޮގު ތުހުމަތުތަކެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތައް ވުޖޫދުވެ، މެންބަރުން ވެއްދުމުގެ މަސައްކަތް ފެށުނީއްސުރެ އާންމުންނާއި ޕާޓީތަކުގެ ފަރާތުން...