Skip to main content

އަލީ އާދިލް

Editor
🇲🇻 ތިލަދުން Desk
3,330 Stories
221 Reads

Published on ތިލަދުން (Thiladhun) by އަލީ އާދިލް

ފުލުހުން އަތުލައިގަތް 2،500 އަށް ވުރެ ގިނަ ބަނގުރާ ފުޅި ނައްތާލައިފި
Raajje

ފުލުހުން އަތުލައިގަތް 2،500 އަށް ވުރެ ގިނަ ބަނގުރާ ފުޅި ނައްތާލައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ދޫނިދޫގައި ނައްތާލައިފިއެވެ. ފުލުހުން ބުނީ ނައްތާލި މި ތަކެއްޗަކީ ފުލުހުންގެ ޚިދުމަތަށް ހުށަހެޅިފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން ޑްރަގް އެންފޯސްމަންޓުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ތިން އިންސިޑެންޓެއްގައި ހިމެނޭ ބަނގުރާ ކަމަށެވެ. މި ތަކެތި ނައްތާލުމުގެ ހަރަކާތް ދޫނިދޫގައި ކުރިއަށް ގެންގޮސްފައިވަނީ މި ހިނގާ މަހުގެ 5 ވަނަ ދުވަހުއެވެ. އެ ދުވަހު ނައްތާލި ތަކެތީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ 500 އެމްއެލްގެ 2،547 ފުޅި […]

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް އުލިގަމުގައި ހުޅުވައިފި
Raajje

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް އުލިގަމުގައި ހުޅުވައިފި

ރާއްޖޭގެ ހުރިހާ ރަށެއްގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ޤާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ ޚާއްޞަ މަޝްރޫޢުގެ ދަށުން، ހއ. އުލިގަމުގައި އެ މަރުކަޒުގެ ގޮފި މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މިކަމަށްޓަކައި އުލިގަމުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެ ރަށު ގޮފި ހުޅުއްވައިދެއްވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސްގެ ޑެޕިއުޓީ މިނިސްޓަރު އަލްއުސްތާޛު ޢަބްދުލްޣަފޫރު އަޙްމަދާއި، ހއ. އުލިގަމު ކައުންސިލުގެ ރައީސް އަލްފާޟިލް އަސަދުﷲ މުޙައްމަދެވެ. މި ރަސ...

މަޑުޖެހިފައިހުރި މަޝްރޫޢުތައް ބާރު ދުވެލީގައި ކުރިއަށްގެންދަން ރައީސް އިރުޝާދު ދެއްވައިފި
Raajje

މަޑުޖެހިފައިހުރި މަޝްރޫޢުތައް ބާރު ދުވެލީގައި ކުރިއަށްގެންދަން ރައީސް އިރުޝާދު ދެއްވައިފި

ތަކެތި ލިބުމުގައި ދިމާވި ދަތިތަކާ ގުޅިގެން މަޑުޖެހިފައިހުރި ތަރައްޤީގެ ގިނަ މަޝްރޫޢުތައް އަލުން ބާރު ދުވެއްޔެއްގައި ކުރިއަށްގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ، ވަޒީރުންގެ މަޖިލީހަށް މިއަދު އިރުޝާދު ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް އިރުޝާދު ދެއްވީ ސަރުކާރުން ހިންގަވާ ތަރައްޤީގެ މަޝްރޫޢުތަކުގެ އެންމެ ފަހުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވައި، އެ މަސައްކަތްތައް ތަންފީޒުކުރުމުގެ ދުވެލި ހަލުވިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމުގަ...

ރާއްޖޭގައި މިހާރު އޮތީ ސިޔާސީ ހަމަޖެހުން، މުޒާހަރާކޮށްގެން ހުކުމެއް ނުކުރޭ: މަހްލޫފް
Raajje

ރާއްޖޭގައި މިހާރު އޮތީ ސިޔާސީ ހަމަޖެހުން، މުޒާހަރާކޮށްގެން ހުކުމެއް ނުކުރޭ: މަހްލޫފް

ދިވެހިރާއްޖޭގައި މިހާރު ސިޔާސީ ހަމަޖެހުން ޤާއިމުވެފައި އޮތް ކަމަށާއި، މުޒާހަރާއެއް ކޮށްގެން ބަޔަކަށް ހުކުމް ނުކުރާ ކަމަށް ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި މިދިޔަ އެމްޑީޕީގެ ސަރުކާރުގެ ކުޅިވަރާއި ޒުވާނުންގެ ވަޒީރު އަޙްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއިން ރޭ ގެނެސްދިން “ރާއްޖެ މިއަދު” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މަހްލޫފް ވިދާޅުވީ، މީގެ ކުރީގެ ވެރިކަންތަކުގެ ފުރަތަމަ ތިން އަހަރާ އަޅާބަލާއިރު މިހާރު ރާއްޖޭގައި ސިޔާސީ ހަމަޖެހުނ...

ހުރިހާ އުމުރަކަށް ޚާއްސަ ކޮލިޓީ ކޮސްމެޓިކްސް ވިއްކާ "އެލްފިން" ފިހާރަ ހުޅުވައިފި
Business

ހުރިހާ އުމުރަކަށް ޚާއްސަ ކޮލިޓީ ކޮސްމެޓިކްސް ވިއްކާ "އެލްފިން" ފިހާރަ ހުޅުވައިފި

ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނޭހެން ހުރިހާ އުމުރުފުރާތަކަށް ޚާއްޞަކޮށް، ފެންވަރު ރަނގަޅު ކޮސްމެޓިކްސް އަދި ޒާތީ ފަރުވާގެ ސާމާނު ވިއްކާ މުޅިން އައު ފިހާރައެއް “އެލްފިން” ގެ ނަމުގައި މާލޭގައި ރަސްމީކޮށް ހުޅުވައިފިއެވެ. މި މަހުގެ 2 ވަނަ ދުވަހުގެ ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ފިހާރަ ހުޅުވައިދެއްވީ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޞާދިޤް އެވެ. މާލޭ ފުޓްބޯޅަ ސްޓޭޑިއަމްގެ ހުޅަނގަށް “ނަޝީ […]

އެގްރޯނެޓުގެ އެމްޑީއަކަށް ކުރީގެ މެމްބަރު ސިނާން
Business

އެގްރޯނެޓުގެ އެމްޑީއަކަށް ކުރީގެ މެމްބަރު ސިނާން

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކޮށްފައިވާ އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) ގެ ޗެއާޕާސަންގެ މަގާމަށް މިފްކޯގެ ސީއީއޯ މުހައްމަދު އަނަސް އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ސިނާން އައްޔަންކޮށްފިއެވެ. މި ބަދަލު ގެނެސްފައިވަނީ ސަރުކާރުގެ ނިންމުމާ އެއްގޮތަށް އެގްރޯނެޓަކީ މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސުމާ ގުޅިގެން، މިފްކޯގެ ޑިރެކްޓަރުންގެ ބޯޑ...

ސޫރިޔާ އަލުން އާރާސްތުކުރުމަށް، އީގަލް ހިލްސްއާ އެކު ބޮޑު އެއްބަސްވުމެއްގައި ސޮއިކޮށްފި
International

ސޫރިޔާ އަލުން އާރާސްތުކުރުމަށް، އީގަލް ހިލްސްއާ އެކު ބޮޑު އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިމިޝްގާއި ލަތާކިޔާގައި އުމްރާނީ އަދި ފަތުރުވެރިކަމުގެ ބޮޑެތި މަޝްރޫއުތަކެއް ހިންގުމަށްޓަކައި، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ މަޝްހޫރު ރިއަލް އެސްޓޭޓް ޑިވެލޮޕަރު “އީގަލް ހިލްސް” އާ އެކު ސޫރިޔާ ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ސޫރިޔާގެ ރައީސް އަޙްމަދު އަލްޝަރާއު ހާޒިރުވެވަޑައިގެންނެވި މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދިމިޝްގުގެ ޕީޕަލްސް ޕެލަސްގައި ބޭއްވި “އިންވެސްޓިން އިން ސީރިއާ އެންޑް ޕްރޮޖެކްޓްސް އަންޑަވޭ” ހަރަކާތުގެ ތެރެއިންނެވެ. މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ވާހ...

ފައްޔާޟުގެ ހުށަހެޅުން ފާސްކޮށްފި؛ އެމްޑީޕީގެ އެންމެ ބާރުގަދަ މަގާމަކަށް ދެން ޗެއާޕާސަން
Raajje

ފައްޔާޟުގެ ހުށަހެޅުން ފާސްކޮށްފި؛ އެމްޑީޕީގެ އެންމެ ބާރުގަދަ މަގާމަކަށް ދެން ޗެއާޕާސަން

އެމްޑީޕީގެ ރައީސާއި ނައިބު ރައީސްގެ މަގާމު އުވާލައި، އެ ޕާޓީގެ އެންމެ އިސް މަގާމުގެ ގޮތުގައި ޗެއާޕާސަންގެ މަގާމު ހަމަޖެއްސުމަށް އެ ޕާޓީގެ އަސާސީ ގަވާއިދަށް ހުށަހެޅި އިސްލާހުތައް ބޮޑު އަގުލަބިއްޔަތަކުން ފާސްކޮށްފިއެވެ. އަސާސީ ގަވާއިދަށް މި ބަދަލުތައް ގެނައުމަށް ހުށަހެޅުއްވީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޟު އިސްމާއީލެވެ. މާލޭ ސިޓީ ކައުންސިލުގެ ހޯލުގައި ކުރިއަށްދިޔަ އެމްޑީޕީގެ ކޮންގްރެސްގައި އެ އިސްލާހުތަކާ މެދު ބަހުސްކުރުމަށް ފަހު ނެގި ވޯޓުގައި، ފައްޔާޟު ހުށަހެޅުއްވި އިސްލާހުތައް ފާސްކުރަން 54...

''ދައުލަތުން ފައިސާ ނަގައިގެން އިގްތިސޯދު ފުނޑާލަން އުޅޭ ޕާޓީތަކަށް'' އީސީން ފިޔަވަޅު އަޅަން ޖެހޭ: ޝަރީފް
Raajje

''ދައުލަތުން ފައިސާ ނަގައިގެން އިގްތިސޯދު ފުނޑާލަން އުޅޭ ޕާޓީތަކަށް'' އީސީން ފިޔަވަޅު އަޅަން ޖެހޭ: ޝަރީފް

”ދައުލަތުން ފައިސާ ނަގައިގެން ގައުމުގެ އިގްތިސޯދު ފުނޑާލަން މަސައްކަތްކުރާ” ސިޔާސީ ޕާޓީތަކާ ދެކޮޅަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފިޔަވަޅު އަޅަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު ޢަބްދުﷲ ޝަރީފް ވިދާޅުވެއްޖެއެވެ. މެމްބަރު ޢަބްދުﷲ ޝަރީފް މިހެން ވިދާޅުވީ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އީސީ އާއި އޭސީސީ އަދި ރައްޔިތުންގެ މަޖިލިސް ޓެގް ކުރަށްވާ ކުރެއްވި މި ޕޯސްޓްގައި އޭނާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހުން މިވަގުތު ފެންނަމުންދަނީ ގައުމު އިސްކުރުމުގެ ބަދަލުގައި،...

ކޮންގްރެސްގެ ނަމުގައި އެމްޑީޕީން ތި ހޭވީ ބޮޑު ހަޑިއެއް، ގޮތް ހުސްވީމާ ވާނީވެސް ތިހެން: ދާއޫދު
Raajje

ކޮންގްރެސްގެ ނަމުގައި އެމްޑީޕީން ތި ހޭވީ ބޮޑު ހަޑިއެއް، ގޮތް ހުސްވީމާ ވާނީވެސް ތިހެން: ދާއޫދު

ކޮންގްރެސްގެ ނަމުގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން “ހޭވީ ވަރަށް ބޮޑު ހަޑިއެއް” ކަމަށާއި ”ގޮތް ހުސްވުމުން ވާނީ ވެސް އެހެން” ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު އެ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ. އެމްޑީޕީގެ ފަސް ވަނަ ކޮންގްރެސް ރޭ ރަސްމީކޮށް ފަށާފައިވާއިރު، މި ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ބޭރުގެ އެކި ގައުމުތަކުގެ ސަފީރުންނާއި ދައުވަތު އެރުވި އެހެން ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި […...

ސިޔާސީ ވިސްނުމުގައި އިންވެސްޓްމަންޓްތައް ބޭރުކުރުމުން ގެއްލުންވަނީ ހުރިހާ ދިވެހިންނަށް: އާޒިމާ
Raajje

ސިޔާސީ ވިސްނުމުގައި އިންވެސްޓްމަންޓްތައް ބޭރުކުރުމުން ގެއްލުންވަނީ ހުރިހާ ދިވެހިންނަށް: އާޒިމާ

ސިޔާސީ ވިސްނުމުގައި ސަރުކާރު ބަލިކުރުމުގެ ބޭނުމުގައި ރާއްޖެއަށް އަންނަ އިންވެސްޓްމަންޓްތައް ބޭރުކުރުމުން އެކަމުގެ ގެއްލުން ވަނީ ވަކި ވެރިއަކަށް ނޫން ކަމަށާއި، އޭގެ ގެއްލުން ކުރަނީ ހުރިހާ ދިވެހިންނަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ނޭޝަނަލް ޓެރިޓަރީ އެންޑް ސޮވްރިނިޓީ ޢާއިޝަތު ޢާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖޭގެ ސަރުކާރާއި، އީމާރް ޕްރޮޕަޓީޒްގެ ބާނީ އަދި އަބޫދާބީގެ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން އަލައްބާރު ގުޅިގެން ރަސްމާލޭގައި ތަ...

ޔަމާލްގެ ދެ ލަނޑާއެކު ސްޕެއިން ބަލިނުވެ 40 މެޗު ހަމަކޮށް ރެކޯޑް އާކޮށްފި
Sports

ޔަމާލްގެ ދެ ލަނޑާއެކު ސްޕެއިން ބަލިނުވެ 40 މެޗު ހަމަކޮށް ރެކޯޑް އާކޮށްފި

ޔޫއެފާ ނޭޝަންސް ލީގުގެ ގްރޫޕް އޭ ގައި އަންގާރަ ދުވަހު ކުޅުނު މެޗުގައި ލަމީން ޔަމާލް ކާމިޔާބުކުރި ދެ ލަނޑާއެކު، 4-1 ގެ ނަތީޖާއަކުން ކްރޮއޭޝިއާ ބަލިކޮށް، ދުނިޔޭގެ ޗެމްޕިއަން ސްޕެއިންއިން ބަލިނުވެ 40 މެޗު ހަމަކޮށް ވިލާތުގެ ރެކޯޑް އިތުރަށް އާކޮށްފިއެވެ. އަމިއްލަ ގައުމުގައި ކުޅުނު މި މެޗުން ހޯދި މޮޅާއެކު ސްޕެއިންއިން ވަނީ ގްރޫޕުގެ އެއްވަނައިގައި ފުރިހަމަ ފެށުމެއް ދަމަހައްޓާފައެވެ. ސެވިއްޔާގައި ކުޅުނު މި މެޗަކީ ފާއިތުވި ޖުލައި މަހު ސްޕެއިންއިން ވޯލްޑް ކަޕް […]

ފާފު އަތޮޅު މަޝްރޫޢު ހުއްޓުވަން ''ޖެހި ސަކަރާތް'' މިފަހަރު ޖެހިޔަކަ ނުދޭނަން: ޝުޖާއު
Raajje

ފާފު އަތޮޅު މަޝްރޫޢު ހުއްޓުވަން ''ޖެހި ސަކަރާތް'' މިފަހަރު ޖެހިޔަކަ ނުދޭނަން: ޝުޖާއު

ދިވެހި ސަރުކާރާއި، ޔުނޭޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސް ކުންފުންޏާ ގުޅިގެން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫ ހުއްޓުވަން ފުރުސަތު ނުދެއްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ރަސްމާލެ ސަރަޙައްދުގައި ދުނިޔޭގެ ފެންވަރުގެ ވޯޓަރފްރަންޓަކާއި މެރީނާއެއް ހިމެނޭހެން “މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ” ގެ ނަމުގައި 20 ބިލިއަން ޔޫއެސް ޑޮލަރުގެ ބޮޑު އިންޓަގްރޭޓެޑް...

''ރަސްމާލެއިން ޕްރޮޕަޓީ ގަތަސް ބިން އޮންނާނީ ދައުލަތުގެ މިލްކެއްގެ ގޮތުގައި، އޮޓޮމެޓިކުން ވާރުތައެއް ނުވާނެ''
Raajje

''ރަސްމާލެއިން ޕްރޮޕަޓީ ގަތަސް ބިން އޮންނާނީ ދައުލަތުގެ މިލްކެއްގެ ގޮތުގައި، އޮޓޮމެޓިކުން ވާރުތައެއް ނުވާނެ''

ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއި ގުޅިގެން ރަސްމާލޭގައި ހިންގާ “މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ” މަޝްރޫޢުގެ ދަށުން ރަސްމާލޭން ޕްރޮޕަޓީއެއް ގަތް ކަމުގައި ވިޔަސް، އެ ޕްރޮޕަޓީ ހިމެނޭ ބިން އޮންނާނީ ދިވެހި ދައުލަތުގެ މިލްކެއްގެ ގޮތުގައި ކަމަށާއި، އެއީ އޮޓޮމެޓިކުން ވާރުތަވާނެ އެއްޗެއް ނޫން ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫޢުގެ އެއްބަސްވުމުގެ ދަށުން އެ ތަނުގެ ބިނ...

ސައިކަލު މަޑިދަށުން 1.5 ލައްކަ ރުފިޔާ ވަގަށް ނެގި މީހާ އިއުތިރާފުވެއްޖެ، އެކަމަކު ހައްޔަރެއް ނުކުރޭ!
Raajje

ސައިކަލު މަޑިދަށުން 1.5 ލައްކަ ރުފިޔާ ވަގަށް ނެގި މީހާ އިއުތިރާފުވެއްޖެ، އެކަމަކު ހައްޔަރެއް ނުކުރޭ!

މާލޭ ފަތާ ޓްރެކް ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑިދަށުން 1.5 ލައްކަ (150،000) ރުފިޔާ ވަގަށް ނެގި މީހާ ފުލުހުންގެ ތަހުގީގަށް އިއުތިރާފުވެއްޖެއެވެ. ފުލުހުން ބުނި ގޮތުގައި، މާލެ ފަތާ ޓްރެކް ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑިދަށުން 150،000 ރުފިޔާ ވަގަށްނަގާފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މި މައްސަލައިގެ ތަހުގީގު ފަށައި، އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ފުލުހުން ވަނީ ބަލައި ދިރާސާކޮށްފައެވެ. […]