ޅައިމަގަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ބަނދަރުމަތިން އަތުލައިގެންފި
ށ. ޅައިމަގަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި އެ ރަށު ބަނދަރު ސަރަހައްދުން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ށ. ޅައިމަގު، ވީނަސްގެ، އުމުރުން 42 އަހަރުގެ ރިޟުވާން ޙަމީދެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. ފުލުހުންގެ މި އޮޕަރޭޝަން ހިންގާފައިވަނީ މި ހިނގާ މަހުގެ 19 ވަނަ ދުވަހުއެވެ. އެގޮތުން، ޅައިމަގު ބަނދަރު ސަރަހައްދުން...