Skip to main content

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,447 Stories
2,628 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

މާމަކުނުދޫ ފުޓްސަލް ޗެލެންޖްގެ ފިރިހެން ޑިވިޝަންގެ ތަށި ރޯނު އެފްސީ އުފުލާލައިފި
Thiladhunmathi News

މާމަކުނުދޫ ފުޓްސަލް ޗެލެންޖްގެ ފިރިހެން ޑިވިޝަންގެ ތަށި ރޯނު އެފްސީ އުފުލާލައިފި

ހދ. މަކުނުދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ފޯރިގަދަ “މާމަކުނުދޫ ފުޓްސަލް ޗެލެންޖް 2026″ގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ރޯނު އެފްސީން ހޯދައިފިއެވެ. ރޯނު އެފްސީން މުބާރާތުގެ ތަށި އުފުލާލާފައިވަނީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، މޮޅު ރެކޯޑަކާ އެކުގައެވެ. އިއްޔެ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި ރޯނު އެފްސީން ތަށި ކާމިޔާބުކުރީ ދަގަތަ އެސްސީއާ ވާދަކޮށް 3-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެމި މެޗުގައި ރޯނު އެފްސީގެ ލަނޑުތައް ޖަހައިދިނީ އެ ޓީމުގެ ޖޯޒީ ނަންބަރު […]

''ކާމިޔާބީގެ ދަތުރު ފެށެނީ އެތެރެފުށް އިޞްލާޙުކޮށްގެން''
Raajje

''ކާމިޔާބީގެ ދަތުރު ފެށެނީ އެތެރެފުށް އިޞްލާޙުކޮށްގެން''

އިންސާނާގެ ކާމިޔާބީގެ ދަތުރު ފެށެނީ އެ މީހެއްގެ އެތެރެފުށް އިޞްލާޙުކޮށްގެން ކަމަށާއި، ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމުގެ އަސާސަކީ ޞައްޙަ ޢަޤީދާ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ “އިސްލާމީ ޢަޤީދާގެ މުހިންމުކަން” މި މައުޟޫއަށެވެ. ޚުޠުބާގައި ބުނި ގޮތުގައި، މާތް ﷲ އަޅަކަށް ދެއްވާނޭ އެންމެ ބޮޑު ނިޢުމަތަކީ ޞައްޙަ ޢަޤީދާގެ ނިޢުމަތެވެ. އަދި ޞައްޙަ ޢަޤީދާއަކީ މުސްލިމެއްގެ ހުރިހައި ޢިބާދާތާއި، ހެޔޮ ޢަމަލާއި، ދުނިޔެއާއ...

''ޗައިނާ-ރާއްޖެ ގުޅުމަކީ ހަމައެކަނި ޚާރިޖީ ބަޔާނެއް ނޫން، ދިވެހިންގެ ދިރިއުޅުމުން ފެންނަ ކަމެއް''
Raajje

''ޗައިނާ-ރާއްޖެ ގުޅުމަކީ ހަމައެކަނި ޚާރިޖީ ބަޔާނެއް ނޫން، ދިވެހިންގެ ދިރިއުޅުމުން ފެންނަ ކަމެއް''

ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުމަކީ ހަމައެކަނި ލިޔެކިޔުންތަކާއި ޚާރިޖީ ބަޔާންތަކަކުން ނިންމާލެވޭނެ ގުޅުމެއް ނޫން ކަމަށާއި، އެއީ ދިވެހި ރައްޔިތުންގެ ދިރިއުޅުމުން ސީދާ ފެންނަމުންދާ ބަދަހި ގުޅުމެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޗައިނާގެ 77 ވަނަ ޤައުމީ ދުވަހުގެ މުނާސަބާގައި ރާއްޖޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ޗައިނާ އާއި ރާއްޖެ އާއި ދެ ޤައުމުގެ ދެމެދުގައި ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސް...

އައްޑޫ ލިންކް ރޯޑު 4 ލޭނަށް ފުޅާކޮށް ޒަމާނީ ފެންވަރަށް ހަދަން ޗައިނާ ކުންފުންޏަކަށް
Raajje

އައްޑޫ ލިންކް ރޯޑު 4 ލޭނަށް ފުޅާކޮށް ޒަމާނީ ފެންވަރަށް ހަދަން ޗައިނާ ކުންފުންޏަކަށް

އައްޑޫ ލިންކް ރޯޑު އަލުން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ޗައިނާގެ ހޮންގްކޮންގްގެ ކުންފުންޏެއް ކަމަށްވާ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލަޖީ ކޯ ލިމިޓެޑާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި ރޯޓައިމް އިންޖިނިއަރިންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޒޫ ވެއިޑޮންގްއެވެ. މި މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގެ ޑީޓުއަރ ބުރިޖުން ފެށިގެނ...

''676 ގަޑިއިރުގެ ފުޓޭޖް ތަހުލީލުކުރި، ވުޒާރާތަކުގައި އަލިފާން ރޯވީ ކަރަންޓު މައްސަލައަކުން''
Raajje

''676 ގަޑިއިރުގެ ފުޓޭޖް ތަހުލީލުކުރި، ވުޒާރާތަކުގައި އަލިފާން ރޯވީ ކަރަންޓު މައްސަލައަކުން''

2024 ވަނަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހު ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތްތަކުގައި އަލިފާން ރޯވި ހާދިސާއަކީ ކަރަންޓު މައްސަލައަކުން ހިނގި ހާދިސާއެއް ކަމަށާއި، އެއީ ގަސްތުގައި ރޯކޮށްލި އަލިފާނެއް ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ. ފުލުހުން މިކަން ހާމަކުރީ އެ ހާދިސާގެ ތަހުގީގަށްފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ތަހުގީގުގައި 14 ކެމެރާއަކުން 676 ގަޑިއިރުގެ ވީޑިއޯ ފޫޓޭޖް ފުލުހުން ވަނީ ތަހުލީލުކޮށްފައެވެ. […]

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ
Raajje

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ

ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހާމަކޮށްފިއެވެ. ސްޓެލްކޯއިން ބުނި ގޮތުގައި މި މައްސަލަ ދިމާވުމާ ގުޅިގެން، މައްސަލަ ދެނެގަނެ ވީ އެންމެ އަވަހަކަށް ހައްލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މީގެއިތުރުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށްޓަކައި ސްޓެލްކޯއިން ވަނީ މައާފަށް އެދިފައެވެ.

ވާރޭވެހޭތީ ބުރިޖް އެއްފަރާތުގައި މަޑުކޮށްގެން ހުއްޓައި ސައިކަލަކުން ޖެހި އެކްސިޑެންޓްވެ އަނިޔާވެއްޖެ
Raajje

ވާރޭވެހޭތީ ބުރިޖް އެއްފަރާތުގައި މަޑުކޮށްގެން ހުއްޓައި ސައިކަލަކުން ޖެހި އެކްސިޑެންޓްވެ އަނިޔާވެއްޖެ

ސިނަމާލެ ބްރިޖްގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 30 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ. ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ސިނަމާލެ ބްރިޖްގެ ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ފަޅީގައެވެ. އަދި މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ރޭ މެންދަމު 2:21 އެހައިކަންހާއިރު ކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއްވައެވެ. މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބޯކޮށް ވާރޭވެހޭތީ ނުދުއްވިގެން ބްރިޖްގެ އެއްފަރާތުގައި މަޑު...

މީހުން ޓްރެފިކްކުރުން ހުއްޓުވުމާއި ތަހުގީގުތައް ހަރުދަނާކުރަން ފުލުހުންނާއި އައިއޯއެމްގެ މަޝްވަރާއެއް
Raajje

މީހުން ޓްރެފިކްކުރުން ހުއްޓުވުމާއި ތަހުގީގުތައް ހަރުދަނާކުރަން ފުލުހުންނާއި އައިއޯއެމްގެ މަޝްވަރާއެއް

މީހުން ޓްރެފިކްކުރުން ހުއްޓުވުމަށާއި، އެފަދަ މައްސަލަތަކުގެ ތަހުގީގުތައް މިހާރަށްވުރެ ހަރުދަނާކުރުމާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތާއި އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޮރ މައިގްރޭޝަން (އައިއޯއެމް) އާ ދެމެދު މަޝްވަރާކުރައްވައިފިއެވެ. މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި އައިއޯއެމްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ ޖަމްޢިއްޔާއިން ދިވެހިރާއްޖެ އާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗީފް އޮފް މިޝަން މިސް ކްރިސްޓިން ޕާރކޯއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބައިވެރިވެވަޑައ...

ރާއްޖެ-ސައުދީ ގުޅުން އޮތީ އިސްލާމީ އުއްވަތްތެރިކަމާއި ބަދަހި އެކުވެރިކަމުގެ މަތީގައި: ރައީސް
Raajje

ރާއްޖެ-ސައުދީ ގުޅުން އޮތީ އިސްލާމީ އުއްވަތްތެރިކަމާއި ބަދަހި އެކުވެރިކަމުގެ މަތީގައި: ރައީސް

ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ގުޅުމަކީ އެއް އަގީދާއަކާއި އަގުތަކެއްގެ މައްޗަށް ބިނާވެފައިވާ، އިސްލާމީ އުއްވަތްތެރިކަމާއި ބަދަހި އެކުވެރިކަމުގެ މައްޗަށް އެކުލެވިގެންވާ ގުޅުމެއް ކަމަށާއި، ދެ ގައުމުގެ ގުޅުމުގެ އާ ބާބެއް ފެށެމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ސައުދީ އަރަބިއްޔާގެ 96 ވަނަ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ނިވާ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ހާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ހަފްލާއަށް ރައީ...

''އިޙްތިރާމްކުރުމުގެ ޤައުމީ މަޝްރޫޢާއެކު ރިވެތި ސިފަތައް އަލުން އިއާދަވެ، އަޅާލާ މުޖުތަމަޢެއް ބިނާކުރެވޭނެ''
Raajje

''އިޙްތިރާމްކުރުމުގެ ޤައުމީ މަޝްރޫޢާއެކު ރިވެތި ސިފަތައް އަލުން އިއާދަވެ، އަޅާލާ މުޖުތަމަޢެއް ބިނާކުރެވޭނެ''

އިޙްތިރާމްއަދާކުރުމުގެ ޤައުމީ މަޝްރޫޢާއެކު ދިވެހީންގެ ތެރޭގައި ނެތެމުންދާ ރިވެތި ސިފަތައް އަށަގެނެވި، އެއްބަޔަކު އަނެއްބަޔަކަށް އޯގާތެރިވެ އަޅާލާ މުޖުތަމަޢެއް ބިނާކުރެވިގެންދާނެ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރު ހީނާ ވަލީދު ވިދާޅުވީ، ދިވެހިންގެ ތެރޭގައި ކުރިން އޮތް ރިވެތި ސިފަތައް ޒަމާނާއެކު އެކި ސަބަބުތަކާ ހުރެ ބަދަލުވެގެން ގޮސް...

''ސައޫދީއަކީ އިތުބާރުކުރެވޭ ބައިވެރިއެއް، އިޤްތިޞާދީ ގުޅުން އިތުރަށް ފުޅާވާނެ''
Raajje

''ސައޫދީއަކީ އިތުބާރުކުރެވޭ ބައިވެރިއެއް، އިޤްތިޞާދީ ގުޅުން އިތުރަށް ފުޅާވާނެ''

ސަޢޫދީ ޢަރަބިއްޔާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢޫދަށާއި، ވަލީއަޙްދު އަދި ބޮޑުވަޒީރު ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢޫދަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ. ރައީސް ފޮނުއްވި މެސެޖުގައި ސަޢޫދީއަކީ އަބަދުވެސް ދިވެހިރާއްޖެއިން ނުހަނު އިތުބާރުކުރާ، ޤަދަރުވެރި ބައިވެރިއެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ. ދެ ޙަރަމްފުޅުގެ ޚާދިމް ރަސްގެފާނަށާއި ވަލީއަޙްދު އަދި ބޮޑުވަޒީރަށް ރައީސް މުޢިއ...

ފުލިދޫގައި ކުރިއަށްދިޔަ މޫދު ކުލާހެއްގެ ތެރެއިން ނޭވާލާން އުނދަގޫވި އަންހެނަކު ނިޔާވެއްޖެ
Raajje

ފުލިދޫގައި ކުރިއަށްދިޔަ މޫދު ކުލާހެއްގެ ތެރެއިން ނޭވާލާން އުނދަގޫވި އަންހެނަކު ނިޔާވެއްޖެ

ވ. ފުލިދޫގައި ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ތެރެއިން ނޭވާލާން އުނދަގޫވި 39 އަހަރުގެ ދިވެހި އަންހެނަކު ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ. ފުލުހުން ވިދާޅުވީ، އިއްޔެ ހަވީރު 16:30 އެހައިކަންހާއިރު މި ހާދިސާ ހިނގާފައިވަނީ ފުލިދޫ ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ތެރެއިން ކަމަށެވެ. އެގޮތުން، މި ހަރަކާތުގެ ވޯޓަރ ބްރޭކް ވަގުތު އެއްގަމަށް އަރަންދިޔަ އެ […]

ޔޫއޭއީގެ މަޝްހޫރު 'މަސްދަރު' ކުންފުންޏާއެކު މަސައްކަތްކުރަން ރާއްޖެއިން މަޝްވަރާކޮށްފި
Raajje

ޔޫއޭއީގެ މަޝްހޫރު 'މަސްދަރު' ކުންފުންޏާއެކު މަސައްކަތްކުރަން ރާއްޖެއިން މަޝްވަރާކޮށްފި

ދިވެހިރާއްޖެއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާ ދެމެދު ހަކަތައާއި، ފެނާއި އަދި ކުނި މެނޭޖުކުރުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ ފުރުސަތުތަކާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ. މި މަޝްވަރާތައް ކުރިއަށްދިޔައީ ވަޒީރު ޢަލީ ޝަރީފް، ރާއްޖޭގައި ހުންނަ ޔޫއޭއީ އެމްބަސީގެ ޗާޖޭ ޑި އެފެއާޒް، ހަރ އެކްސެލެންސީ ހިބާ އަލް ޖުނައިބީއާ ބައްދަލުކުރައްވައި ބޭއްވެވި ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައިވަނީ ޔޫއޭއީގެ މަޝްހޫރު ‘މަސްދަރު’...

މަސައްކަތުގެ މާހައުލުގައި އަންހެނުންނަށް ފުރުސަތު ދިނުމަކީ ލީޑަރެއްގެ ސިފައެއް: އިޙްސާން
Raajje

މަސައްކަތުގެ މާހައުލުގައި އަންހެނުންނަށް ފުރުސަތު ދިނުމަކީ ލީޑަރެއްގެ ސިފައެއް: އިޙްސާން

މަސައްކަތްކުރާ މާހައުލުގައި އަންހެނުންނަށް ފުރުޞަތު ދިނުމާއި، ގުޅިގެން މަސައްކަތް ކުރުމުގެ ވިސްނުމެއް ބައްޓަން ކުރުމަކީ ލީޑަރެއްގެ ސިފައެއް ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނީއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ‘ވިމެން އިން ޕޮލިސިންގ ޑޭ’ ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން، މާލެ ސަރަހައްދުގެ އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ ފޯރަމުގައި ވާހަކަދައްކަވަމުންނެވެ. އެ ފޯރަމުގައި ވާހަކަދައްކަވަމުން ވަޒީރ...

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކާ ބެހޭ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެ ބައިވެރިވަނީ
Raajje

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކާ ބެހޭ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެ ބައިވެރިވަނީ

“އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތް ޑިސްއެބިލިޓީ” ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ފެނިވަޑައިގަންނަވާ ކަމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ. ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމެވީ މި މަހުގެ 20 ވީ އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރއިން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުގައެވެ. މިކަމަކީ ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގެ ދަށުން...