Skip to main content

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,447 Stories
2,627 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ދަރަނީގެ ދަންތުރައިގެ ސަބަބުން ގައުމުތަކުގެ ވިލުންތެރިކަމަށް ހުރަސްއެޅޭ: ނައިބު ރައީސް
Raajje

ދަރަނީގެ ދަންތުރައިގެ ސަބަބުން ގައުމުތަކުގެ ވިލުންތެރިކަމަށް ހުރަސްއެޅޭ: ނައިބު ރައީސް

ދަރަނީގެ ދަންތުރައިގެ ސަބަބުން ގައުމުތަކުގެ ވިލުންތެރިކަން ކަށަވަރުކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ނިއުޔޯކުގައި ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ބައްދަލުވުމުގެ ހަވާސާގައި، ޗައިނާއިން އިސްނަގައިގެން ބޭއްވި “ހައިލެވެލް މީޓިންގ އޮން ދި ގްލޯބަލް ޑިވެލޮޕްމަންޓް އިނީޝިއޭޓިވް” ގައި ތަޤްރީރު ކުރައްވަމުންނެވެ. ނައިބު ރައީސްގެ ތަޤްރީރުގައި، ގްލޯބަލް ޑިވެލޮޕްމަންޓް އިނީޝިއޭޓިވް (ޖ...

ކުޅުދުއްފުށީ ސަރުކާރު ސްކޫލްތަކުގެ ދަރިވަރުން ކޯސްޓްގާޑު ޝިޕް ''އިމާދުއްދީން''އަށް ޒިޔާރަތްކޮށްފި
Thiladhunmathi News

ކުޅުދުއްފުށީ ސަރުކާރު ސްކޫލްތަކުގެ ދަރިވަރުން ކޯސްޓްގާޑު ޝިޕް ''އިމާދުއްދީން''އަށް ޒިޔާރަތްކޮށްފި

ހދ. ކުޅުދުއްފުށި ސިޓީގެ ތިން ސްކޫލެއްގެ ދަރިވަރުން، އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް “އިމާދުއްދީން”އަށް ހާއްސަ ޒިޔާރަތެއް ކޮށްފިއެވެ. މި ޒިޔާރަތުގައި ބައިވެރިވެފައިވަނީ ކުޅުދުއްފުށީގެ ޖަލާލުއްދީން ސްކޫލާއި، އަފީފުއްދީން ސްކޫލް އަދި ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނެވެ. ސެޕްޓެންބަރު 25 ވަނަ ދުވަހު ކުރިއަށްދިޔަ މި ޒިޔާރަތުގައި އެ ތިން ސްކޫލުން ޖުމްލަ 96 ދަރިވަރުން ބައިވެރިވިއެވެ. އަދި ދަރިވަރުންނާއެކު އެ ސްކޫލްތަކުގެ 12 މުދައްރިސުންވެސް ވަނީ ކޯސްޓްގާޑު ޝިޕް އިމާދުއްދީނަށް ޒިޔާރަތްކޮށްފައެވެ...

ހުއްޓުމެއްނެތި ވާރޭވެހި ބެންކޮކް ފެނުއަޑިއަށް، މުޅި ސިޓީގައި ކާރިސާގެ ހާލަތު އިއުލާންކޮށްފި
International

ހުއްޓުމެއްނެތި ވާރޭވެހި ބެންކޮކް ފެނުއަޑިއަށް، މުޅި ސިޓީގައި ކާރިސާގެ ހާލަތު އިއުލާންކޮށްފި

ތައިލެންޑުގެ ވެރިރަށް ބެންކޮކަށް ހުއްޓުމެއްނެތި ތިން ދުވަސް ވަންދެން ބޯކޮށް ވާރޭވެހި، ސިޓީގެ ބޮޑު ބައެއްގައި ފެންބޮޑުވުމާ ގުޅިގެން ބެންކޮކްގެ އެންމެހައި 50 ޑިސްޓްރިކްޓްގައި ކާރިސާގެ ހާލަތު އިއުލާންކޮށްފިއެވެ. ކަމާބެހޭ އިދާރާތަކަށް އިސްނަގައިގެން ކުއްލި ފިޔަވަޅުތައް އެޅުމުގެ ބާރުލިބޭ މި ހާލަތު އިއުލާންކުރެއްވީ، ބުރާސްފަތި ދުވަހުގެ މެންދުރުފަހުން ފެށިގެން ސިޓީއަށް 300 މިލިމީޓަރު (11.8 އިންޗި) ގެ ވާރޭވެހިފައިވާކަން ހާމަކުރައްވަމުން ބެންކޮކްގެ ގަވަރަނަރު ޗާޑްޗާޓް ސިއްތިޕަންޓް، ހޮނިހިރު ދުވަހުއެވެ. ބ...

''ބިނާރާ ބެހޭ ވުޒާރާގެ ލޮކަރުތަކެއް އުސޫލުން ބޭރުން ހުޅުވި ނަމަވެސް ލިޔުމެއް މަދެއް ނުވޭ''
Raajje

''ބިނާރާ ބެހޭ ވުޒާރާގެ ލޮކަރުތަކެއް އުސޫލުން ބޭރުން ހުޅުވި ނަމަވެސް ލިޔުމެއް މަދެއް ނުވޭ''

ބިނާރާއި، ގެދޮރުވެރިކަމާއި، އުމުރާނީ ތަރައްޤީއާ ބެހޭ ވުޒާރާގައި ހުރި ރަސްމީ ލިޔެކިޔުންތަކެއް އަޅާފައިވާ ލޮކަރުތަކެއް އުސޫލުން ބޭރުން ހުޅުވާފައި ހުރި ކަމަށް ރިޕޯޓްކުރުމާ ގުޅިގެން ބެލިބެލުމުން، އެއްވެސް ލިޔެކިޔުމެއް މަދުވެފައި ނުވާކަން ޔަގީންކުރެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ވުޒާރާގެ ރަސްމީ ލިޔެކިޔުންތައް އަޅާފައި ހުރި ލޮކަރުތަކެއް އޮންނަ އުސޫލުގެ ބޭރުން ހުޅުވާފައި ހުރި ކަމަށް ބިނާރާއި، ގެދޮރުވެރިކަމާއި، އުމުރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފުލުހު...

ދިވެހިބަހުގެ ރަދީފަށް ބޮޑު ބަދަލެއް: އައު ފަސޭހަތަކާއެކު އައު އިސްދާރު ނެރެފި
Raajje

ދިވެހިބަހުގެ ރަދީފަށް ބޮޑު ބަދަލެއް: އައު ފަސޭހަތަކާއެކު އައު އިސްދާރު ނެރެފި

ރަދީފުން ބަސް ހޯދުމާއި ބަހުގެ އެކި މަޢުލޫމާތުތައް ދެނެގަނެވޭނެ ގިނަ ލުއިފަސޭހަތަކާއި އައު ސިފަތަކާއެކު، ދިވެހިބަހުގެ ރަދީފުގެ އައު އިސްދާރު ދިވެހިބަހުގެ އެކެޑަމީން ނެރެފިއެވެ. ފަންނިއްޔާތުގެ އެހީގައި ދިވެހިބަސް ކުރިއަރުވައި ތަރައްޤީކުރުމަށްޓަކައި ނެރުނު މި އައު އިސްދާރުގެ އެޕްލިކޭޝަނަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މި އިސްދާރުން ލިބިގެންދާ އެންމެ ބޮޑު އެއް ފަސޭހައަކީ ކޮންމެ އަކުރެއްގެ ރަދީފު ވަކިވަކިން ބަލައިލެވުމާއި، ހުރިހާ ލަފުޒެއްގެ މާނަތައް އެއް ލިސްޓަކުން ފެންނަން ހުރުމެވެ. މީގެ އ...

50 އަށްވުރެ ގިނަ ޖަމްޢިއްޔާއާއެކު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އަހަރީ ބައްދަލުވުން ފަށައިފި
Raajje

50 އަށްވުރެ ގިނަ ޖަމްޢިއްޔާއާއެކު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އަހަރީ ބައްދަލުވުން ފަށައިފި

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބާއްވާ ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން 2026 މިއަދު ހެނދުނު ފަށައިފިއެވެ. މި ބައްދަލުވުން ފެށުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. މިއަހަރުގެ ބައްދަލުވުމުގައި 53 ޖަމްޢިއްޔާއަކުން 60 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެފައިވެއެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ “21 ވަނަ ޤަރުނުގައި...

ދެއްވަދޫއިން ޑްރަގާއެކު ހައްޔަރުކުރި ކޮލަމާފުށީ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި
Raajje

ދެއްވަދޫއިން ޑްރަގާއެކު ހައްޔަރުކުރި ކޮލަމާފުށީ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ގއ. ދެއްވަދޫއިން މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ގއ. ކޮލަމާފުށީ ޒުވާން ފިރިހެނަކު، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނި ގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. ކޮލަމާފުށި، އަސަރީގެ، މުޙައްމަދު ސާއިފް ޢަލީ (26އ) އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. ސާއިފް ހައްޔަރުކޮށްފައިވަނީ މި މަހުގެ 24 ވަނަ ދުވަ...

އިޤްތިޞާދީ މަސައްކަތްތަކުގެ ނަތީޖާ ކުރިއަށްއޮތް 6 މަސްދުވަހުގެ ތެރޭގައި ފެންނާނެ: ރައީސް
Raajje

އިޤްތިޞާދީ މަސައްކަތްތަކުގެ ނަތީޖާ ކުރިއަށްއޮތް 6 މަސްދުވަހުގެ ތެރޭގައި ފެންނާނެ: ރައީސް

ޤައުމުގެ އިޤްތިޞާދީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ކުރިއަށްއޮތް ހަ މަސްދުވަހުގެ ތެރޭގައި ފެނިގެންދާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއިން ގެނެސްދޭ ސިލްސިލާ ޕްރޮގްރާމް، “ނޭޝަން ޗެޓް” ޕްރޮގްރާމުގައި ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ރައީސް ވިދާޅުވީ ސަރުކާރާ ހަވާލުވިއިރު އިޤްތިޞާދު އޮތީ ވަރަށް ދަތި ހާލެއްގައި ކަމަށާއި، ނަމަވެސް އެމަނިކުފާނު އިސްކަންދެއްވީ ރައްޔިތުންނަށް ބޭނުނ...

ސިޔާސީ އޮއިވަރުގައި ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުނަނުދޭން 20 އަހަރުގެ ޤާނޫނީ ޕްލޭނެއް
Raajje

ސިޔާސީ އޮއިވަރުގައި ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުނަނުދޭން 20 އަހަރުގެ ޤާނޫނީ ޕްލޭނެއް

ޤައުމީ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި 2040 ވަނަ އަހަރާ ހަމައަށް އެކުލަވާލާ 20 އަހަރުގެ މާސްޓަރޕްލޭން، ޤާނޫނީގޮތުން ހިމާޔަތްކުރުމަށް ޚާއްޞަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ “ނޭޝަން ޗެޓް” ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރާއްޖޭގައި މީގެ ކުރިން އެއް ސަރުކާރަކުން ފަށާ މަސައްކަތްތައް އ...

ކޮޓަރީގައި ބަނގުރާ އުފެއްދި މީހަކު މީދޫއިން ހައްޔަރުކޮށް 10 ދުވަހަށް ބަންދުކޮށްފި
News

ކޮޓަރީގައި ބަނގުރާ އުފެއްދި މީހަކު މީދޫއިން ހައްޔަރުކޮށް 10 ދުވަހަށް ބަންދުކޮށްފި

ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫއިން މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ކޯޓުން ދީފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެ ރަށު މީހެކެވެ. މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ދ. މީދޫ، ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 23 ވަނަ ދުވަހު މީދޫ ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ. މީދޫ ފުލުހުން ހިންގި އެ އޮޕަރޭޝަންގައި އޭނާ ހައްޔަރުކުރުމަށްފަހު، އޭނާ […]

ރަސްމާލެ މަޝްރޫއުގައި ގާނޫނުން ބޭރު ކަމެއް ނޯންނާނެ، ބިން މިލްކެއް ނުކުރެވޭނެ: ރައީސް
Raajje

ރަސްމާލެ މަޝްރޫއުގައި ގާނޫނުން ބޭރު ކަމެއް ނޯންނާނެ، ބިން މިލްކެއް ނުކުރެވޭނެ: ރައީސް

ރަސްމާލޭގައި އީގަލް ހިލްސްއާއެކު ގެންދަން ނިންމާފައިވާ މަޝްރޫޢުގެ އެއްބަސްވުމުގައި ޤާނޫނުން ބޭރު އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި، އެއްވެސް ފަރާތަކަށް ބިން މިލްކުކޮށް ނުދެވޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ “ނޭޝަން ޗެޓް” ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، މި މަޝްރޫޢު ކުރިއަށްގެންދިއުމުގައި ޤާނޫނު އަސާސީއާ ޚިލާފު އެއްވެސް ކަމެއް ނޯންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ. މަޝްރޫޢުގެ އެއްބަސްވުމުގެ ތަފްސީލު ދެއްވަމުން...

ވައިގެމަގުން ޑްރަގް އެތެރެކުރަން އުޅުން ދިވެއްސަކާއި އިންޑިއާ ދެމީހަކު ހައްޔަރުކޮށްފި
Raajje

ވައިގެމަގުން ޑްރަގް އެތެރެކުރަން އުޅުން ދިވެއްސަކާއި އިންޑިއާ ދެމީހަކު ހައްޔަރުކޮށްފި

ގަން އިންޓަނޭޝަނަލް އެއާޕޯޓް މަގުން ރާއްޖެއަށް ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއްގައި ދިވެއްސަކާއި އިންޑިއާގެ ދެ މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކުރި އިންޑިއާގެ ދެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 22 ވަނަ ދުވަހު އިންޑިއާއިން ރާއްޖެ އައި އިރު، އެ މީހުންގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ދިން މައުލޫމާތަކާ ގުޅިގެންނެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދިވެހި މީހާ ހައްޔަރުކ...

ސޯސަން މަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
Raajje

ސޯސަން މަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ

މާލޭގެ ސޯސަން މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި 26 އަހަރުގެ ދިވެހި އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މިއަދު ހަވީރުގެ ވަގުތެއްގައި ނިޔާވެއްޖެއެވެ. ފުލުހުން ބުނީ އަންހެން މީހާ ނިޔާވި ކަމުގެ މައުލޫމާތު އާއިލާގެ ފަރާތުން ފުލުހުންނަށް ދީފައިވާ ކަމަށެވެ. ސޯސަން މަގުގައި ދެ ސައިކަލު ޖެހި މި އެކްސިޑެންޓް ހިނގާފައިވަނީ 2026 ސެޕްޓެމްބަރު 21 ވަނަ ދުވަހުގެ ދަންވަރު 01:12 އެހައިކަންހާއިރު ކަމަށް ފުލުހުން ވަނީ ކުރިން ބުނެފައެވެ. މި ހާދިސާގައި ޖުމްލަ […]

ޕެނަލްޓީގައި ރޯނު ކަނބަލުން މައްޗަށް ކުރި ހޯދައި ޒައިޒީ ޗެލެންޖާސް ޗެމްޕިއަންކަން ހޯދައިފި
Thiladhunmathi News

ޕެނަލްޓީގައި ރޯނު ކަނބަލުން މައްޗަށް ކުރި ހޯދައި ޒައިޒީ ޗެލެންޖާސް ޗެމްޕިއަންކަން ހޯދައިފި

ހދ. މަކުނުދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ފޯރިގަދަ “މާމަކުނުދޫ ފުޓްސަލް ޗެލެންޖް 2026″ގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޒައިޒީ ޗެލެންޖާސް ހޯދައިފިއެވެ. ފައިނަލްގައި ޒައިޒީ ޗެލެންޖާސް އާއި ރޯނު ކަނބަލުން ބައްދަލުކުރި މެޗުގެ ފުރިހަމަވަގުތު ހަމަވީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ. މި މެޗުގައި ފެނިގެންދިޔަ ދެ ލަނޑަކީވެސް ރޯނު ކަނބަލުންގެ އަންޖޫމް އަބްދުއްޝުކޫރުގެ ފަރާތުން ފެނުނު ލަނޑުތަކެކެވެ. އެއީ އޭނާ ރޯނު ކަނބަލުން ޓީމަށް ޖަހައިދިން ލަނޑަކާއި، އޭނާގެ އަތުން ބައިކޮޅަ...

ކަނޑުގެ ލޮނުގަނޑު އުފުލުމަށް އޮތް ޙައްލަކީ ފަހަތަށް ޖެހުން ނޫން: ނައިބު ރައީސް
Raajje

ކަނޑުގެ ލޮނުގަނޑު އުފުލުމަށް އޮތް ޙައްލަކީ ފަހަތަށް ޖެހުން ނޫން: ނައިބު ރައީސް

ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަށް އޮތް ޙައްލަކީ ފަހަތަށް ޖެހުން ނޫން ކަމަށާއި، އެއީ ވިލުންތެރިކަން އިތުރުކުރުން ކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް ހުސެން މިހެން ވިދާޅުވީ އދ. ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގައި ބޭއްވި “ހައި-ލެވެލް ޕްލެނަރީ މީޓިންގ އޮން އެޑްރެސިންގ ދަ އެގްޒިސްޓެންޝަލް ތުރެޓްސް ޕޯޒްޑް ބައި ސީ ލެވެލް ރައިޒް” ގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވަމުންނެވެ. ނައިބު ރައީސްގެ ބަޔާނުގައި، […]