އަންހެން ކުދިން މުސްތަގުބަލުގެ ލީޑަރުންނަށް ހެދުމަށް ފުރުސަތު ފަހިކޮށްދޭނަން: ރައީސް
އަންހެން ކުދިންނާއި ޒުވާން އަންހެނުން ބާރުވެރިކުރުވައި، އެ ކުދިންނަކީ މުސްތަގުބަލުގެ ލީޑަރުންނަށް ހެދުމަށްޓަކައި ސަރުކާރުން ފުރުސަތުތައް ފަހިކޮށްދީ ސިޔާސަތުތައް ކުރިއަރުވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަހާ ގުޅުވައިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އަންހެން ކުދިންގެ ހައްގުތައް ކުރިއެރުވުމަށާއި ހިމާޔަތްކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމައުން ކުރަމުން...