ކާބޯތަކެތީގެ އިޝްތިހާރުތަކުގައި ލެބޯޓަރީ ރިޕޯޓްތައް ބޭނުންކުރާތީ އެމްއެފްޑީއޭގެ އިންޒާރެއް
ޞިއްޙީ އެތައް މަންފާތަކެއް ލިބިގެންދާނެ ކަމަށް ދޭހަވާ ގޮތަށް، ރާއްޖޭގައި އުފައްދާ އަދި ވިއްކާ ކާބޯތަކެތީގެ އިޝްތިހާރުތަކުގައި ލެބޯޓަރީ ރިޕޯޓްތައް ބޭނުންކުރަމުންދާތީ އެކަން އެގޮތަށް ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިންޒާރު ދީފިއެވެ. އެ އޮތޯރިޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދިވެހިރާއްޖޭގައި އުފައްދާ، ވިއްކާ އަދި އިޝްތިހާރުކުރާ ބައެއް ބާވަތްތަކުގެ ކާބޯތަކެއްޗާ ގުޅުވައިގެން، ކާބޯތަކެތި ތަޙުލީލުކުރާ ލެބޯޓަރީތަކުން ދޫކޮށްފައިވާ ރިޕޯޓުތައް އިޝްތިހާރުތަކުގ...