ކުޅުދުއްފުށީ ސިޓީގެ ބުޅަލުގެ އާބާދީ ކޮންޓްރޯލް ކުރަން ހާއްސަ ޕްރޮގްރާމެއް
ކުޅުދުއްފުށީ ސިޓީގައި ދިރިއުޅޭ ބުޅަލުގެ އާބާދީ ކޮންޓްރޯލް ކުރުމުގެ ގޮތުން ހާއްސަ ޕްރޮގްރާމެއް އެ ސިޓީގެ ކައުންސިލުން އިސްނަގައިގެން ފަށައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ، މި ޕްރޮގްރާމަކީ ރަށުގައި އުޅޭ އާންމު ބުޅާތައް ހިފައި، އެ ތަކެތި ނިއުޓާކުރުމަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ. މި މަސައްކަތުގެ ތެރެއިން ބުޅާތައް ހިފައި، ނިއުޓާކުރުމަށްފަހު، ރައްކާތެރިކަމާއެކު އަނބުރާ ވެއްޓަށް ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. ސިޓީ ކައުންސިލުން ފާހަގަކުރ...