Skip to main content

ޝިއުނާ އާދަމް

Contributor
🇲🇻 ތިލަދުން Desk
2,128 Stories
35 Reads

Published on ތިލަދުން (Thiladhun) by ޝިއުނާ އާދަމް

13 މިލިއަނުން 200 މިލިއަން ޑޮލަރަށް، ރާއްޖެއާ އެކު ވިޔަފާރި ފުޅާކުރަން ޕާކިސްތާނުން ބޮޑު އަމާޒެއް
International

13 މިލިއަނުން 200 މިލިއަން ޑޮލަރަށް، ރާއްޖެއާ އެކު ވިޔަފާރި ފުޅާކުރަން ޕާކިސްތާނުން ބޮޑު އަމާޒެއް

ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއާއި ޕާކިސްތާނާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގެ އަދަދު 200 މިލިއަން ޑޮލަރަށް އިތުރުކުރައްވާނެ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވިދާޅުވެއްޖެއެވެ. ބޮޑުވަޒީރު ޝެހެބާޒް ޝަރީފް މިކަން ހާމަކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު އެ ޤައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ދެ ޤައުމުގެ ވެރިން އެކުގައި ދެއްވި ގުޅިފައިވާ ބަޔާނުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބަޔާނުގައި ބޮޑުވަޒީރު ވިދާޅުވީ، ރައީސް ޑރ. މުޢިއްޒަށ...

ކުމުންދޫގައި ފުލުހުންގެ ދާއިމީ މަރުކަޒެއް ގާއިމުކޮށް ޚިދުމަތް ފަށައިފި
Raajje

ކުމުންދޫގައި ފުލުހުންގެ ދާއިމީ މަރުކަޒެއް ގާއިމުކޮށް ޚިދުމަތް ފަށައިފި

ހދ. ކުމުންދޫގައި އަލަށް ގާއިމުކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައި، އެ ރަށުގައި ފުލުހުންގެ ޚިދުމަތް ދޭން ފަށައިފިއެވެ. މި މަރުކަޒު ހުޅުވުމަށް މިއަދު ކުމުންދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، ކުމުންދޫ ކައުންސިލުގެ ރައީސް ޢަލީ ޤާސިމެވެ. މި ރަސްމިއްޔާތުގެ ތެރެއިން ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވުމަށްފަހު، ފުލުހުންގެ ދިދަ ނަންގަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ. އަދި ދިވެހިރާއްޖޭގެ...

ވިއްސާރައިގައި ފިޔޯރީ ފެނުއަޑީގައި، ރަށުގެ %90 ގެއަށް ފެން ވަދެއްޖެ
Raajje

ވިއްސާރައިގައި ފިޔޯރީ ފެނުއަޑީގައި، ރަށުގެ %90 ގެއަށް ފެން ވަދެއްޖެ

ރޭ ދަންވަރުން ފެށިގެން ގދ. ފިޔޯރީއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން އެ ރަށުގެ 90 އިންސައްތަ ގެތަކަށް ފެންވަދެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ. އެންޑީއެމްއޭ އިން މައުލޫމާތު ދިން ގޮތުގައި، ފިޔޯރީއަށް ވާރޭވެހެން ފަށާފައިވަނީ ރޭ ދަންވަރު 1:30 ހާއިރު އެވެ. އަދި އޭގެ ފަހުން މެދުނުކެނޑި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ރަށުތެރޭގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށް ވަނީ ފެނުގެ އަސަރު ކޮށްފައެވެ. މި ވިއްސާރައިގައި ރަށުގެ […]

ނޭކުރެންދޫ މިސްކިތު ގޯތީގައިވާ ވެވު މަރާމާތުކުރަން ބީލަމަށް ހުޅުވާލައިފި
Thiladhunmathi News

ނޭކުރެންދޫ މިސްކިތު ގޯތީގައިވާ ވެވު މަރާމާތުކުރަން ބީލަމަށް ހުޅުވާލައިފި

ހދ. ނޭކުރެންދޫ ޤަބުރަސްތާނު މިސްކިތު ގޯތިތެރޭގައި އޮތް ވެވުގައި ކުރަންހުރި މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލްގެ އިދާރާއިން އިއުލާނުކޮށްފިއެވެ. ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލުން ކުރި އިއުލާނުގައި ބުނީ، މި މަސައްކަތަށް ހުޅުވާލާފައިވަނީ އެ ކައުންސިލުން ދޭ މައުލޫމާތާ އެއްގޮތަށް ޤަބުރަސްތާނު މިސްކިތު ގޯތިތެރޭގައި އޮތް ވެވުގައި ހުރި މަރާމާތުތައް ކޮށްދޭނެ ބަޔަކު ހޯދުމަށް ކަމަށެވެ. މި މަސައްކަތުގެ ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ވި...

ގަވާއިދާ ހިލާފަށް ބޮޑުއަގުގައި ޑޮލަރު ވިއްކި ދެ ބިދޭސީއަކު ހައްޔަރުކޮށްފި
Raajje

ގަވާއިދާ ހިލާފަށް ބޮޑުއަގުގައި ޑޮލަރު ވިއްކި ދެ ބިދޭސީއަކު ހައްޔަރުކޮށްފި

ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތް ކުރަމުންދިޔަ ބިދޭސީ ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ހުއްދަނެތި އަދި ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައެވެ. ފުލުހުން މިއަދު ބުނީ މި އޮޕަރޭޝަން ހިންގާފައިވަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ. އެ މައުލޫމާތާ ގުޅިގެން ފުލ...

ކުމުންދޫގައި ކައުންސިލްގެ ހުއްދަނެތި ވަލުތެރެ ކޮށައި ގަސް އިންދުން މަނާކޮށްފި
Thiladhunmathi News

ކުމުންދޫގައި ކައުންސިލްގެ ހުއްދަނެތި ވަލުތެރެ ކޮށައި ގަސް އިންދުން މަނާކޮށްފި

ކައުންސިލުގެ ހުއްދަނެތި ކުމުންދޫގެ ވަލުތެރެ ކޮށުމާއި އެއްވެސް ސަރަޙައްދެއްގައި ދަނޑުވެރިކަން ކުރުމަށްޓަކައި ގަސް އިންދުމަކީ މަނާކަމެއް ކަމުގައި އެ ރަށު ކައުންސިލުން ކަނޑައަޅައިފިއެވެ. ކައުންސިލުން މިގޮތަށް ނިންމާފައިވަނީ އެ އިދާރާގެ 5 ވަނަ ދައުރުގެ 22 ވަނަ އާންމު ބައްދަލުވުމުގައެވެ. ކުމުންދޫ ކައުންސިލުން ނެރުނު އިޢުލާނެއްގައި ބުނީ، އެ ރަށުގެ ވަލުތެރޭގެ އެކި ސަރަޙައްދުތައް ކޮށައި ސާފުކުރަމުންދާ ކަމަށެވެ. އަދި ހުއްދަ ނުހޯދައި ދަނޑުވެރިކަން ކުރުމުގެ ބޭނުމުގައި ވަލުތެރެއިން ބިން ކަނޑައަޅައިގެން ގަސް...

ރަސްމާލޭގައި ބިދޭސީން ދާއިމަށް ވަޒަންވެރިއެއް ނުވާނެ، އެހެން ދީންތަކަށް ޖާގައެއް ނެތް: ރައީސް
Raajje

ރަސްމާލޭގައި ބިދޭސީން ދާއިމަށް ވަޒަންވެރިއެއް ނުވާނެ، އެހެން ދީންތަކަށް ޖާގައެއް ނެތް: ރައީސް

ރަސްމާލޭގައި އީގަލް ހިލްސްއިން ތަރައްޤީކުރާ ސަރަޙައްދުގައި އެހެން ދީންތަކަށް އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށާއި، އެތަނުގައި އަބަދުވެސް ހިނގާނީ ދިވެހިރާއްޖޭގެ ޤާނޫނު ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ ވިންދާ ގުޅޭ މުހިންމު ދާއިރާތަކާމެދު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާއި ސަރުކާރުގެ ސިޔާސަތުތައް ހާމަކުރުމަށްޓަކައި، ރައީސް އޮފީހުން ގެނެސްދޭ “ދަ ޕަލްސް” ޕޮޑްކާސްޓް ސިލްސިލާގެ މި ހަފްތާގެ ޕްރޮގްރާމުގައި ރަސްމާލޭގެ ތަރައްޤީއާ ގުޅޭގޮތުން ވާހަކަފުޅުދައްކަ...

ތިނަދޫގައި ބަނގުރާ ކައްކައި ވިޔަފާރިކުރާ ނެޓްވޯކެއްގެ އިސް މީހަކު ހައްޔަރުކޮށްފި
Raajje

ތިނަދޫގައި ބަނގުރާ ކައްކައި ވިޔަފާރިކުރާ ނެޓްވޯކެއްގެ އިސް މީހަކު ހައްޔަރުކޮށްފި

ގދ. ތިނަދޫ ސިޓީގައި ބަނގުރާ އުފައްދައި، އޭގެ ވިޔަފާރިކުރާ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތިނަދޫ، ރިހިކޮކާގެ، އުމުރުން 21 އަހަރުގެ މުޙައްމަދު އަފާޒު ބިން ޢަބްދުﷲ އެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން، މި ހިނގާ އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ. މިއީ ތިނަދޫ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެ...

ލޭ އެޅުމުގެ ޚިދުމަތުގެ ފެންވަރު އައު ހަރުފަތަކަށް ގެންދިއުމަށް ޤައުމީ މިންގަނޑުތަކެއް އިފްތިތާޙުކޮށްފި
Raajje

ލޭ އެޅުމުގެ ޚިދުމަތުގެ ފެންވަރު އައު ހަރުފަތަކަށް ގެންދިއުމަށް ޤައުމީ މިންގަނޑުތަކެއް އިފްތިތާޙުކޮށްފި

ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު އައު ހަރުފަތަކަށް ގެންގޮސްދޭނެ ވަރަށް ބޭނުންތެރި ދެ މިންގަނޑެއް ކަމަށްވާ “ނޭޝަނަލް ސްޓޭންޑަރޑްސް ފޮރ ބްލަޑް ބޭންކްސް އެންޑް ބްލަޑް ޓްރާންސްފިއުޝަން ސަރވިސަސް” އަދި “ނޭޝަނަލް ގައިޑްލައިން އޮން ބްލަޑް ޑޮނަރ އެސެސްމެންޓް އެންޑް ސެލެކްޝަން ޕްރޮސީޖަރ” މިއަދު އިފްތިތާޙުކޮށްފިއެވެ. މި މުހިންމު ލިޔެކިޔުންތައް އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު ޚަދީޖާ އަބްދުއްސަމަދު އަބްދުﷲ އެވެ. ހެލްތު މިނިސްޓްރީން ބުނީ، މިއަދު ތަޢާރަފުކުރެވުނު މި އުސޫލުތަކަކީ...

ހަކަތައިގެ 33 ޕަސެންޓް އިއާދަކުރަނިވި ކުރުމުގެ ލަނޑުދަނޑިއަށް މުހިންމު އެއްބަސްވުމެއް
Raajje

ހަކަތައިގެ 33 ޕަސެންޓް އިއާދަކުރަނިވި ކުރުމުގެ ލަނޑުދަނޑިއަށް މުހިންމު އެއްބަސްވުމެއް

ރާއްޖޭގައި އުފައްދާ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް ބާރުއެޅުމުގެ ގޮތުން، 15 މެގަވޮޓުގެ ސޯލާ އަދި ބެޓެރީ ސްޓޯރޭޖް ގާއިމުކުރުމަށް ޗައިނާގެ ކުންފުންޏަކާއެކު މުހިންމު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި ޗައިނާގެ ޒެޖިއަންގް ޗިންގްޓިއަން ސޯލާ އެނާޖީ ޓެކްނޮލޮޖީ ކޯ ލިމިޓެޑާ ދެމެދުގައެވެ. މި ފަހުމުނާމާގައި ތިމާވެއްޓާ ބެހޭ ވުޒާރާ...

2027ގެ ނިޔަލަށް ހުރިހާ ރަށެއްގައި ފިޓްނަސް ސެންޓަރުތައް އަޅައި ނިންމަނީ
Raajje

2027ގެ ނިޔަލަށް ހުރިހާ ރަށެއްގައި ފިޓްނަސް ސެންޓަރުތައް އަޅައި ނިންމަނީ

ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކޮށް، 2027 ވަނަ އަހަރުގެ ނިޔަލަށް އެ މަސައްކަތްތައް އެއްކޮށް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ، ޕީއެސްއެމް ގުޅިގެން ކުރިއަށް ގެންދާ “އަހާ” ފޯރަމްގެ 10 ވަނަ ބައްދަލުވުމުގައި ރޭ އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް 119 ފިޓްނަސް...

ބޮޑު ތިލަދުންމަތީގެ ތިން އަތޮޅު ހިމެނޭހެން ހަ އަތޮޅަކުން ރަށް ކުއްޔަށް ދޫކުރަން ލީޒް އެކުއިޒިޝަން ކޮސްޓަށް ލުއިތަކެއް ދީފި
Business

ބޮޑު ތިލަދުންމަތީގެ ތިން އަތޮޅު ހިމެނޭހެން ހަ އަތޮޅަކުން ރަށް ކުއްޔަށް ދޫކުރަން ލީޒް އެކުއިޒިޝަން ކޮސްޓަށް ލުއިތަކެއް ދީފި

ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާ ބެހޭ ގަވާއިދުގެ ދަށުން، ރާއްޖޭގެ ބައެއް އަތޮޅުތަކުގެ ރަށްތަކާއި ފަޅުތައް ކުއްޔަށް ދިނުމަށް ނަގާ ލީޒް އެކުއިޒިޝަން ކޮސްޓް ހިސާބުކުރާ ރޭޓްތަކަށް ބަދަލު ގެނެސްފިއެވެ. ސަރުކާރުން މި ބަދަލު ގެނެސްފައިވަނީ ވަކި އަތޮޅުތަކަކަށް ލުއިތަކެއް ލިބޭ ގޮތަށެވެ. ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ކުރި އިއުލާނެއްގައި ބުނީ، މި އިސްލާޙާއެކު ކޮންސެޝަން ރޭޓްތައް ހަމަޖައްސާފައިވަނީ ބޮޑު ތިލަދުންމަތީގެ ތިން އަތ...

ކުޅުދުއްފުށީ ސިޓީގެ ބުޅަލުގެ އާބާދީ ކޮންޓްރޯލް ކުރަން ހާއްސަ ޕްރޮގްރާމެއް
Thiladhunmathi News

ކުޅުދުއްފުށީ ސިޓީގެ ބުޅަލުގެ އާބާދީ ކޮންޓްރޯލް ކުރަން ހާއްސަ ޕްރޮގްރާމެއް

ކުޅުދުއްފުށީ ސިޓީގައި ދިރިއުޅޭ ބުޅަލުގެ އާބާދީ ކޮންޓްރޯލް ކުރުމުގެ ގޮތުން ހާއްސަ ޕްރޮގްރާމެއް އެ ސިޓީގެ ކައުންސިލުން އިސްނަގައިގެން ފަށައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ، މި ޕްރޮގްރާމަކީ ރަށުގައި އުޅޭ އާންމު ބުޅާތައް ހިފައި، އެ ތަކެތި ނިއުޓާކުރުމަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ. މި މަސައްކަތުގެ ތެރެއިން ބުޅާތައް ހިފައި، ނިއުޓާކުރުމަށްފަހު، ރައްކާތެރިކަމާއެކު އަނބުރާ ވެއްޓަށް ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. ސިޓީ ކައުންސިލުން ފާހަގަކުރ...

ޔޫކޭއަށް ދަތުރުކުރާ ދިވެހިން 'އީޓީއޭ' އަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
International

ޔޫކޭއަށް ދަތުރުކުރާ ދިވެހިން 'އީޓީއޭ' އަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

އިނގިރޭސިވިލާތް (ޔޫކޭ) އަށް ދަތުރުކުރާ ނުވަތަ އެ ޤައުމު މެދުވެރިކޮށް ޓްރާންސިޓްކުރާ ދިވެހި ރައްޔިތުން، ދަތުރު ފެށުމުގެ ކުރިން އެ ޤައުމަށް އެތެރެވުމާއި ޓްރާންސިޓް ކުރުމުގެ އެންމެ ފަހުގެ ޤަވާއިދުތައް ރަނގަޅަށް ބެލުމަށް އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން އިލްތިމާސްކޮށްފިއެވެ. މީގެ ތެރޭގައި ދަތުރުކުރުމުގެ ކުރިން ‘އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން’ (އީޓީއޭ) ހޯދަން ޖެހޭތޯ ބެލުން ހިމެނެއެވެ. އީޓީއޭއަކީ އިނގިރޭސިވިލާތުގެ އިތުރުން ޖާޒީ، ގުއާންޒީ އަދި އައިލް އޮފް މޭން އަށް 6 މަސް ދުވަ...

ފުލުސް އޮފިސަރެއް ގައިގައި ސައިކަލުން ޖެއްސި މައްސަލަ: ދެ މީހެއްގެ ފޮޓޯ އާއި ހަތަރު މީހުންގެ ވަނަވަރު އާންމުކޮށްފި
Raajje

ފުލުސް އޮފިސަރެއް ގައިގައި ސައިކަލުން ޖެއްސި މައްސަލަ: ދެ މީހެއްގެ ފޮޓޯ އާއި ހަތަރު މީހުންގެ ވަނަވަރު އާންމުކޮށްފި

ސިނާމާލެ ބްރިޖު ހައިވޭގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަމުން ދިޔަ ފުލުސް އޮފިސަރެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ސީރިއަސް އަނިޔާތަކެއްވި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުން ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކޮށްފައިވަނީ 2026 އޮކްޓޫބަރު 17 ވީ ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ...