ނަފުސާނީ ދުޅަހެޔޮކަން ބިނާވަނީ އަޅުގަނޑުމެން އެންމެންގެ އަޅާލުމުގެ މައްޗަށް: މެޑަމް ސާޖިދާ
ނަފުސާނީ ދުޅަހެޔޮކަން ބިނާވަނީ އެކަކު އަނެކަކަށް ލިބޭ އަޅާލުމާއި، ދިރިއުޅޭ މުޖުތަމައުތަކާއި، އަދި ވަށައިގެންވާ މީހުންގެ މައްޗަށް ކަމަށް ފަސްޓްލޭޑީ، މެޑަމް ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ. ދުނިޔޭގެ ނަފުސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން ފަސްޓްލޭޑީ، މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، އަޅުގަނޑުމެންގެ ގެދޮރާއި، ސްކޫލްތަކާއި، މަސައްކަތުގެ މާހައުލުތަކުގެ އިތުރުން މުޅި މުޖުތަމައުގެ ތެރޭގައި ކޮންމެ ދުވަހަކުވެސް ނަފުސާނީ ދުޅަހެޔޮކަން ދަނީ ބައްޓަންވަމުންނެވެ. އެހެންކަމުން އެކަކު އ...