ލޯންޗު ބަންޑުންވި ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ރައީސްގެ ތައުޒިޔާ!
ލޯންޗު ބަންޑުންވި ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމް ތައުޒިޔާ ވިދާޅުވެއްޖެ އެވެ. ހދ. ނޮޅިވަރަންފަރުން ފުރައިގެން ހދ. ހަނިމާދު އަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި ފަސް މީހުން ނިޔާވި ހާދިސާއާ ގުޅިގެން އެމީހުންގެ އާއިލާތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ފޮނުއްވައިފި އެވެ. މިއަދު ހަނިމާދޫ ކައިރިން ލާންޗެއް ބަންޑުންޖަހާލައި 5 ބޭފުޅަކު ނިޔާވި ޚަބަރު އެހީ ފުންހިތާމައާއެކު. އަދި އެބޭފުޅުންގެ […]