ބަޖެޓް 2020 ހުރީ ކޮން މިސްރާބަަކަށް؟
2020 ބަޖެޓަށް ކަނޑައަޅާފައިވާ އަދަދުތައް ތިރީގައިވާ ފިނޭންސް މިނިސްޓްރީގެ ޗާޓުން އެފެންނަނީއެވެ. ބަޖެޓަށް ސީދާ ބަލައިލުމުގެ ކުރިން އަތޮޅުތަކުގައި ފަގީރުކަމާ، އިގްތިސާދީ މަސައްކަތްކުރާ މީހުންގެ އަދަދާ، ވަޒީފާގައި އުޅޭ މީހުންގެ އަދަދާ އަދި ރާއްޖޭގެ ރަށްވެހި އާބާދީ އަތޮޅުތަކަށް ބެހިފައިވާ ގޮތް ބަލައިލަމާ ހިނގާށެވެ. ފަގީރުކަން ނައްތާލުމާ، އިގްތިސާދީ މަސައްކަތްތައް ކުރުމުގެ ފުރުސަތު ގިނަ ރައްޔިތުންނަށް ފަހިކޮށްދިނުމާ، ދުޅަހެޔޮ ދިރިއުޅުމެއް ހޯދައި ދިނުމާ އަދި ކޮންމެ ރަށްޔިތަކަށްވެސް އަސާސީ ޚިދުމަތްތައ...