ބްރޯޑްބޭންޑާ ގުޅޭ ޕޮލިސީއެއް ހަދައި އިންޓަނެޓް އަގުހެޔޮ ކުރަނީ
އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދިނުމާ ގުޅޭ ބްރޯޑްބޭންޑް ޕޮލިސީއެއް ހަދައި އިންޓަނެޓު އަގިހެޔޮ ކުރުމުގެ މަސައްކަތްކުރަމުން ދާކަމަށް މިނިސްޓަރު މަލީހު ޖަމާލް މިއަދު ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީގައި ވާހަކަދައްކަވަމުން ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މަލީހު ވިދާޅުވީ ބްރޯޑްބޭންޑް ޕޮލިސީ ހަދައި ތަންފީޒުކުރަން ފެށުމުން ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށާއި އޭގެ ތެރެއިން އެއްކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ، މަސް ނިމިގެންދާއިރު ބާކ...