ވިޔަފާރިކުރުމާގުޅޭ ޚިދުމަތްތައް އެއް ވިޔުގައަކުން ފޯރުކޮށްދިނުމަށް ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން އުފައްދައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފެއްދެވި މި ކުންފުންޏަކީ ދިވެހިރާއްޖޭގައި ވިޔަފާރިކުރުމާގުޅޭ އެކިއެކި ޚިދުމަތްތައް އެއް ވިޔުގައަކުން ފޯރުކޮށްދިނުމަށްޓަކައި “ސިންގަލް ވިންޑޯ” އޮޕަރޭޓަރުގެ ޒިންމާ އަދާކުރާ، ސަރުކާރުގެ ސައްތައިން ސައްތަ ޙިއްޞާ އެކުލެވިގެންވާ ކުންފުންޏެކެވެ.

Ad
rt

އެ ކުންފުނީގެ ހުއްދަ ކޮށްފައިވާ ރައުސުލްމާލަކީ 10 ރުފިޔާގެ 15 މިލިއަން ހިއްސާގެ މައްޗަށް ބަހާލެވިފައިވާ 150،000 ރުފިޔާ އެވެ.