ޝަހީރާ އާއި ރަޟިއްޔާގެ ވިދުމާއެކު އުފެއްދުންތެރިކަމުގެ މައުރަޒުގައި އިހަވަންދޫ އަށް ބޮޑު ކާމިޔާބީއެއް
ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒު 2026 ގައި ހއ. އިހަވަންދޫ ކައުންސިލާއި އެ ރަށުގެ ފަންނުވެރިންނާއި އުފެއްދުންތެރިން ބޮޑެތި ކާމިޔާބީތަކެއް ހޯދައި، ފާހަގަކޮށްލެވޭ ރަންވަނަތަކެއް ހާސިލުކޮށްފިއެވެ. މި މައުރަޒުގައި އިހަވަންދޫ ތަމްސީލުކުރި ފަރާތްތަކުން ވަނީ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ މޮޅު ހުށަހެޅުންތަކެއް ދައްކައިދީފައެވެ. މި މައުރަޒުގައި ރަށު ކައުންސިލްތަކުގެ ދާއިރާއިން ވާދަކޮށް، ހއ. އިހަވަންދޫ ކައުންސިލުން ވަނީ 3 ވަނަ ކާމިޔާބުކޮށްފައެވެ. މިއީ ރަށު ފެންވަރުގައި ތައްޔާރުވެ، މައުރަޒުގައި ބައިވ...