އީރާނުން އިސްރާއީލުގެ ދެ ސިޓީ އަކަށް ވަރުގަދަ ހަމަލާތަކެއް، ދިފާއީ ނިޒާމު ފޫއަޅުވާލައިފި
ހޮނިހިރު ދުވަހު އީރާނުން އިސްރާއީލަށް އަމާޒުކޮށް ފޮނުވާލި ވަރުގަދަ ބެލިސްޓިކް މިސައިލް ހަމަލާތަކަކާއެކު، އިސްރާއީލުގެ ދެކުނުގެ ސަރަހައްދުތަކުގެ މަޝްރަހު ނުހަނު ނުރައްކާތެރި ހާލަތަކަށް ގޮސްފިއެވެ. ފެބުރުވަރީ މަހުގެ ފަހުކޮޅުން ފެށިގެން ދެގައުމުގެ މެދުގައި ކުރިއަށްދާ މި ހަނގުރާމައިގައި މިހާތަނަށް ދެފަރާތަށްވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ހޮނިހިރު ދުވަހުގެ ރޭ އިސްރާއީލުގެ އަރަދު ސިޓީއަށް އަމާޒުވި ބާރުގަދަ މިސައިލް ހަމަލާތަކުގައި މަދުވެގެން ފަސް މީހުން މަރުވެ، 70 އަށްވުރެ ގިނަ މީހުން ވަނީ...