އީރާނާ އެއްކޮޅަށް ހަނގުރާމާގައި ބައިވެރިވެދާނެކަމުގެ އިންޒާރު ތުރުކީން ދީފި
އީރާނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގައި ކުރުދީ ޖަމާއަތްތައް ބައިވެރިކޮށްފިނަމަ، އީރާނާއި އެއްކޮޅަށް ތުރުކީވިލާތުން ސީދާ އަސްކަރީ ފިޔަވަޅު އަޅާނެކަމުގެ ސީރިއަސް އިންޒާރެއް އެމެރިކާއަށާއި، އިރާގަށާއި ކުރުދީ ބާރުތަކަށް ދީފިކަމަށް ތުރުކީގެ ނޫސް އޭޖެންސީން ރިޕޯޓުކޮށްފިއެވެ. އަންކާރާއަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އިސްރާއީލުގެ ޖާސޫސީ އިދާރާ މޮސާޑުން ދަނީ ކުރުދިސްތާން ވޯކާސް ޕާޓީ (ޕީ.ކޭ.ކޭ) އާއި އޭގެ އީރާނު ގޮފި ކަމަށްވާ ޕީ.ވައި.އޭ.ކޭ އާއެކު މަޝްވަރާކުރަން މަސައްކަތްކުރަމުންނެވެ....