އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ދެކޮޅަށް އެތައް މިލިއަން މީހުން އެމެރިކާގެ މަގުތަކަށް ނުކުމެ އިހްތިޖާޖު ކުރަން ފަށައިފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ހޮނިހިރު، 28 މާރިޗު 2026، ފާހަގަވެގެން ގޮސްފައިވަނީ އެމެރިކާގެ ތާރީޚުގައި އެއް ދުވަހެއްގެ ތެރޭގައި ހިނގި އެންމެ ބޮޑު އެއް އިހުތިޖާޖީ ހަރަކާތް ފެނިގެންދިޔަ ދުވަހުގެ ގޮތުގައެވެ.
"ނޯ ކިންގްސް" ނުވަތަ ރަސްކަލުންނެއް ނެތް ޝިއާރު ބޭނުން ކޮށްގެން ކުރިއަށްގެންދިޔަ މި ނޭޝަނަލް ޑޭ އޮފް އެކްޝަންގައި، އެމެރިކާގެ އެކި ކަންކޮޅުތަކުން 9 މިލިއަނަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށް އިންތިޒާމުކުރާ ފަރާތްތަކުން ލަފާކުރެއެވެ.
ޓްރަމްޕާއި ދެކޮޅަށް އެމެރިކާގައި މުޒާހަރާ ކުރަނީ، ފޮޓޯ: އަލްޖަޒީރާ/ރޮއިޓާސް
މި ބޮޑު އިހުތިޖާޖު އެމެރިކާގެ ހުރިހާ 50 ސްޓޭޓެއްގައި ފެތުރިފައިވާއިރު، 3,300 އަށްވުރެ ގިނަ ރަޖިސްޓްރީ ކުރެވިފައިވާ ހަރަކާތްތައް ވަނީ ކުރިއަށް ގޮސްފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މި ހަރަކާތްތަކުގެ ތިންބައިކުޅަ ދެބައި ހިނގާފައިވަނީ ބޮޑެތި ސިޓީތަކުގެ ބޭރުން، ރަށްފުށުގެ ސަރަހައްދުތަކުގައެވެ. މިއީ 2017 ވަނަ އަހަރުގެ ވިމެންސް މާޗާއި 2020 ވަނަ އަހަރުގެ ޖޯޖް ފްލޮއިޑް އިހުތިޖާޖުތަކުގެ އެންމެ ބޮޑު ދުވަހުގެ އަދަދުތަކަށްވުރެ ވެސް އިތުރު އަދަދެކެވެ.
HOLY SMOKES: 7 million Americans in the streets today.
3,000 cities. Every state. One message.
No Kings.This is one of the largest demonstrations in American history.
Larger than the Women’s March.
Larger than the Vietnam protests.
Larger than any single day of the… pic.twitter.com/dygModLTTJ— Brian Allen (@allenanalysis) March 28, 2026
އިހުތިޖާޖުގެ މައިގަނޑު ސަބަބުތައް
މި ހަރަކާތުގެ މައިގަނޑު އަމާޒަކީ މިހާރުގެ ސަރުކާރުން ބާރުގެ ނަހަމަ ބޭނުންކުރުމާއި ޚުދުމުޚުތާރުކަމަށް ލެނބެމުންދާ ދިއުމަށް ރައްދު ދިނުމެވެ. މީގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު އެއް ސަބަބަކީ އީރާން ހަނގުރާމަ ނުވަތަ "އޮޕަރޭޝަން އެޕިކް ފިއުރީ" އެވެ. މި ހަނގުރާމައަށް މަހެއް ވެފައިވާއިރު، މަރުވާ މީހުންގެ އަދަދު އިތުރުވުމާއި ޕެޓްރޯލްގެ އަގު އުފުލުމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ވަނީ ބޮޑު ނުތަނަވަސްކަމެއް އުފެދިފައެވެ.
ޓްރަމްޕާއި ދެކޮޅަށް އެމެރިކާގައި މުޒާހަރާ ކުރަނީ، ފޮޓޯ: އަލްޖަޒީރާ/ރޮއިޓާސް
މީގެ އިތުރުން، މިނެސޯޓާގެ ސެއިންޓް ޕޯލްގައި ފެޑަރަލް އެޖެންޓުން ހިންގި އިމިގްރޭޝަން ރެއިޑްތަކެއްގެ ތެރޭގައި ރެނޭ ގުޑް އަދި އެލެކްސް ޕްރެޓީ މަރުވުމާ ގުޅިގެން އުފެދުނު ރުޅިވެރިކަން ވަނީ މި ހަރަކާތުގެ މައި މަރުކަޒަކަށް އެ ސަރަހައްދު ބަދަލުކޮށްފައެވެ.
ހަމައެއާއެކު، "އެޕްސްޓީން ފައިލްސް" އާ ގުޅޭ ތަހުގީގުތައް ފުރިހަމައަށް ހާމަކުރުމަށާއި މުއްސަނދިންނަށް ލިބޭ ރައްކާތެރިކަން ނުވަތަ "ޕްލޫޓޯކްރެޓިކް އިމިއުނިޓީ" ނިމުމަކަށް ގެނައުމަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ.
ވައިޓް ހައުސްގެ ރައްދު
މި ބޮޑު އިހުތިޖާޖާ ގުޅިގެން ވައިޓް ހައުސްއިން ވަނީ ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ. ވައިޓް ހައުސްއިން މި ހަރަކާތްތައް ސިފަކޮށްފައިވަނީ އެއީ "ޓްރަމްޕް ޑިރޭންޖްމަންޓް ތެރަޕީ ސެޝަންތަކެއް" ގެ ގޮތުގައެވެ. ނަމަވެސް، އިހުތިޖާޖު އިންތިޒާމުކުރާ ފަރާތްތަކުން ބުނަނީ މިއީ ގައުމުގެ ޑިމޮކްރަސީ ސަލާމަތްކުރުމަށް ރައްޔިތުން ނުކުތް ނުކުތުމެއް ކަމަށެވެ.
ތާރީޚީ ގޮތުން ބަލާއިރު، މިއީ 1969 ވަނަ އަހަރުގެ ވިއެޓްނާމް ހަނގުރާމައާ ދެކޮޅަށް ކުރި މޮރަޓޯރިއަމް އިހުތިޖާޖުތަކަށްވުރެ ވެސް މާ ބޮޑު ހަރަކާތެކެވެ. މި ހަރަކާތުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި އެމެރިކާގެ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!