އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހު މެންޗެސްޓާ ޔުނައިޓެޑާއި އެސްޓަން ވިލާ ބައްދަލުކުރި މެ ފަހު ވަގުތު ޖެހި ދެ ލަނޑާއެކު 4-4 އަކުން އެއްވަރުވެއްޖެ އެވެ.
އޯލްޓްރެފޯޑުގައި ކުޅުނު މި މެގައި ޔުނައިޓެޑަށް ސަޕޯޓަރުންގެ ފަރާތުން ބޮޑު ނުރުހުމެއް އަމާޒުވެފައިވާއިރު، މެޗުގެ ފުރަތަމަ ހަތަރު މިނެޓުގެ ތެރޭގައި އެ ކްލަބުން ވަނީ ދެ ލަނޑު ކޮންސެޑްކޮށްފަ އެވެ.
މި މެޗުގެ ފުރަތަމަ މިނެޓުގައި އެލިސަން ފޮނުވާލި ބޯޅައެއް ޔުނައިޓެޑުގެ ގޯލްކީ ސެން މާޓިން ލަމެންސްގެ އަތްދަށުން ރޮނުއްގޮސް ގޯލަށް ވަދެ ވިލާއަށް ލީޑު ނަގައިދިނެވެ. އޭގެ ތިން މިނެޓު ފަހުން ލަމެންސަށް ހެދުނު ގޯހެއްގެ ފައިދާނަގައި ނިކޮލަސް ޖެކްސަން ވަނީ ވިލާގެ ދެވަނަ ލަނޑު ޖަހާފަ އެވެ. ނަމަވެސް ޔުނައިޓެޑުން ފަހަތުން އަރައި ލަނޑުތަކެއް ޖެހިއެވެ. އެގޮތުން 16 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭޒް ޕެނަލްޓީއަކުން ލަނޑެއް ޖަހައި ފަރަގު ކުޑަކުރިއިރު، ފުރަތަމަ ހާފުގެ ނިމެން ކައިރިވެފައިވަނޮށް ޔޫރީ ޓީލެމަންސް ވަނީ ޔުނައިޓެޑަށް އެއްވަރުކޮށްދީފަ އެވެ.
ދެވަނަ ހާފު ފެށިގެން މާގިނައި އިރެއްނުވެ، ޑިއޯގޯ ޑަލޮޓް ކުރި ފައުލަކާ ގުޅިގެން ވިލާއަށް ލިބުނު ޕެނަލްޓީއަކުން މެގިން ވަނީ އެ ޓީމަށް އަލުން ލީޑު ނަގައިދީފަ އެވެ. އަދި 53 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ލެނީ ޔޯރޯ އަތުން ބައިކޮޅަށް ވަތް ލަނޑާއެކު ވިލާއިން 4-2 ގެ ލީޑެއް ނެގި އެވެ.
ނަމަވެސް މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޔުނައިޓެޑުން އާދަޔާޚިލާފު ކުޅުމެއްދައްކައި ނަތީޖާ އަނބުރާލި އެވެ. ޖޯޝުއާ ޒިރްޒީ ޖެހި ލަނޑުން އުއްމީދު އާވެފައިވަނޮށް، އިތުރު ވަގުތުގެ ފަހު ސިކުންތުކޮޅުގެ ތޭގައި ޑޯގޫ ވަނީ ބޮލުން ގޯލަށް ބޯޅަ ފޮނުވާލައި މެޗު 4-4 އަކުން އެއްވަރުކޮށްދީފަ އެވެ. މި ލަނޑު ޖެހީ ވިލާގެ ކީޕަރު ޒިއޯން ސުޒުކީއަށް ރަނގަޅަށް މަތިނުކުރެވުނު ބޯޅައަކުންނެވެ.
މި ނަތީޖާއާއެކު ޔުނައިޓެޑުގެ މެނޭޖަރު މައިކަލް ކެރިކްގެ މަގާމު ވަގުތީގޮތުން ސަލާމަތްވެފައިވާއިރު، މި މެޗުން ބަލިވިނަމަ އޭނާ މަގާމުން ވަކިކުރެވޭނެ ކަމަށް ބެލެވުނެވެ. މިހާތަނަށް ކުޅުނު 10 މެން ލިބިފައިވާ 8 ޕޮއިންޓާއެކު ޔުނައިޓެޑު އޮތީ ތާވަލުގެ ރެލިގޭޝަން ޒޯންގަ އެވެ. ޔުނައިޓެޑު ދެން ކުޅޭ މެޗުގައި މި މަހުގެ 22 ވަނަ ދުވަހު ނުކުންނާނީ ލިވަޕޫލާ ދެކޮޅަށެވެ.
މި ދުވަހު ކުޅުނު އެހެން މެތަކަށް ބަލާއިރު، ޗެލްސީ ވަނީ ފަހަތުން އައިސް ސަންޑަރލެންޑް އަތުން ބަލިވެފަ އެވެ. މި މެޗުގައި ސަންޑަރލެންޑުން 1-3 އިން މޮޅުވިއިރު، ޗެލްސީގެ ކޯޗު ޒަބީ އަލޮންސޯ ބުނީ ފަހު ތިން ބައިގައި ފުރުސަތުތައް އުފެއްދުމުގައި ދަތިތަކެއް ދިމާވި ކަމަށެވެ. މީގެއިތުރުން ލިވަޕޫލުން ވަނީ ކްރިސްޓަލް ލަސް 3-1 އިން ބަލިކޮށްފަ އެވެ. މި މެޗަށްފަހު ލިވަޕޫލްގެ ކޯޗު އެންޑޯނީ އިރާލާ ބުނީ ބައިނަލްއަގްވާމީ ބްރޭކަށްދާއިރު މި މޮޅަކީ ވަ މުހު މޮޅެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!