އޭލެވެލްގައި މިހާރު ކިޔަވައިދޭ އެޑެކްސެލްގެ ސިލަބަހުގެ ބަދަލުގައި ކެމްބްރިޖް އިމްތިހާނު ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ އަންނަ އަހަރުގެ ދިރާސީ އަހަރު ފެށޭއިރު އޭލެވެލްގެ އައު ބެޗްގެ އޭއެސް ކިޔަވައިދޭން ފަށާނީ ކެމްބްރިޖް ސިލަބަހުަގައި ކަމަށެވެ. އަދި ޖެހިގެން އަންނަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރުގައި ކެމްބްރިޖް އިންޓަނޭޝަނަލް އޭ-އެސް ލެވެލް އިމްތިހާނު ބާއްވާނެ ކަމަށް ބުންޏެވެ.
ގްރޭޑު 12ގެ ދަރިވަރުންނަށް ކެމްބްރިޖް ސިލަބަހަށް ކިޔަވައިދޭން ފަށާނީ 2024-2025 ވަނަ އަހަރުގައި ކަމަށް މިނިސްޓްރީޏް ބުނެއެވެ. އަދި 2025ގައި ކޭމްބްރިޖް އިންޓަނޭޝަނަލް އޭ-ލެވެލް އިމްތިހާނު ބާއްވާނެ ކަމަށް ބުންޏެވެ.
މިނިސްޓްރީން ބުނީ އެ ބަދަލާ ގުޅިގެން މަތީ ސާނަވީ އަށް ކިޔަވަމުންދާ އަދި މި އަހަރު ގްރޭޑު 11 ގައި ކިޔަވަން ފަށާ ދަރިވަރުންގެ އިމްތިހާނުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!