ހއ. އުލިގަމު ފެރީ ސްޓޮޕްގައި ގާއިމުކުރެވޭ ފެރީ ހަޓްގެ މަސައްކަތްތައް ނިންމާލައިފިއެވެ.

މިއީ "ރާއްޖެ ޓްރާންސްޕޯޓް ލިންކް" ފެރީ ނިޒާމުގެ ބޭނުމަށް ޒޯން 1 ގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ގާއިމުކުރާ ފެރީ ސްޓޮޕެކެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން، ކިއޮސްކަކާއި، ވެއިޓިންގ އޭރިއާއަކާއި ޔުނިވާސަލް ޓޮއިލެޓް ގާއިމުކުރާނެއެވެ.

އާރުޓީއެލްގެ ދަށުން ހއ. އަދި ހދ. ގައި މިހާރު ވަނީ ފެރީ ދަތުރުތައް ފަށައިފައެވެ. މިއީ ހައިސްޕީޑް ލޯންޗް ފެރީގެ ހިދުމަތެކެވެ.

އެމްޓީސީސީން ދެމުން އަންނަ މި ހިދުމަތަކީ މުޅި ރާއްްޖެ ފެރީގެ ނިޒާމަކުން ގުޅުވާލުމަށް ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން އިތުރު އަތޮޅުތަކުގައިވެސް ހައިސްޕީޑް ފެރީގެ ހިދުމަތް ފަށާނެއެވެ.

ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ އާރުޓީއެލް ހިދުމަތުގައި ބޭނުން ކުރާ ފެރީ ތަކަކީ ޖާގަ ބޮޑުވެފައި އަގުހެޔޮ ފެރީތަކެކެވެ. މި ފެރީތަކުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ދަތުރުކުރެވޭއިރު އެފަދަ ފަރާތްތަކަށް ހިލޭ ދަތުރުވެސް ކުރެވެއެވެ.