ނެޝަނަލް ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް، "މިސްޓަރ މޯލްޑިވްސް 2022 "ގައި ބައިވެރިވުމުގެ ފުރުސަތު، ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މުޅިރާއްޖެއަށް ހުޅުވާލައިފިއެވެ.
މި މުބާރާތް ބޭއްވުމަށް ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ނިންމާފައި ވަނީ އަންނަ ޑިިސެމްބަރ މަހުގެ 2 ވަނަ ދުވަހުއެވެ.
އެ ޖަމިއްޔާއިން ބުނީ މި މުބާރާތުގައި ބައިވެރި ވެވޭނީ ދިވެހިފަރުދުންނަށް ކަމަށެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މުޅިރާއްޖެއަށް ހުޅުވާލާފައިވާއިރު މުބާރާތުގައި ހަތަރު ހައިސިއްޔަތަކުން ވާދަކުރެވޭގޮތް އެ ޖަމިއްޔާއިން ވަނީ ހަމަޖައްސާފައެވެ. އެ ގޮތްތަކަކީ،
- އަމިއްލަ ފަރުދުން
- ޖިމް
- ޖަމިއްޔާ
- ރާއްޖޭގެ ރިސޯޓްތަށް
މި މުބާރާތުގެ ރަޖިސްޓްރޭޝަން މިއަދުން ފެށިގެން އާންމުކޮށް ހުޅުވާލާފައިވާއިރު، އަދި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިހަމަވާނީ 20 ނޮވެމްބަރ 2022 ވާ (އާދީއްތަ) ދުވަހުގެ 14:00 އެށެވެ.
މި ތާރީޚުގެ ކުރިން އެ އެސޯސިއޭޝަނަށް މުބާރާތުގައި ބައިވެރި ވުމަށް އެދޭ ފޯމް ހުށަހަޅަންޖެހޭއިރު، ހުށަހަޅަ ފޯމް ގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަނުވާ ފޯމްތަށް ބަލައިނުގަނެވޭނެ ކަމަށް ވެސް ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެއެވެ.
އިތުރު މަޢުލޫމާތު ބޭނުންވާނަމަ އެ އެސޯސިއޭޝަންގެ ނަންބަރު 7812226 މޯބައިލްއަށް ގުޅުމުން މައުލޫމާތު ސާފުވާނެކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.
މުބާރާތުގައި ބައިވެރިވުމަށް ހުށަހަޅަންޖެހޭ ރެޖިސްޓްރޭޝަން ފޯމް
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!