ށ. ފޯކައިދޫން ފުރައިގެން މާލެ ދަތުރުކުރި ފުރާގު ބޯޓުގައި ހުރި ޒުވާނެއްގެ ޙާލު ދެރަވެގެން އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
މިކަމާ ގުޅޭ ގޮތުން އެމްއެންޑީއެފުން ވިދާޅުވީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ، އުމުރުން 24 އަހަރުގެ އަންހެނަކަށް ކަމަށެވެ.
ސީ އެމްބިއުލާންސްގައި އެ އަންހެން މީހާ ވަނީ ރޭ 19:45 ހާއިރު ޅ. ނައިފަރު ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
އެމްއެންޑީއެފުން ވިދާޅުވީ މި ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބުނީ ރޭ 18:10 ގައި ކަމަށާއި، މި ޚަބަރު ލިބުމާއެކު، ދޯނި އޮތް ސަރަޙައްދަށް ސީ އެމްބިއުލާންސްގައި ދަތުރު ކޮށްފައި ވާކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!