ލާދީނީ ފިކުރާއި ދެކޮޅަށް މާދަމާ ކުޅުދުއްފުށީގައި ބޮޑު ހިނގާލުމެއް ބާއްވަން ތައްޔާރުވެއްޖެއެވެ.
ކުޅުދުއްފުށީ ޒުވާނުންނާއި އިސްލާންދީނަށް ލޯބިކުރާ ބަޔަކު އިސްނަގައިގެން ކުރިއަށްގެންދާ މި ހިނގާލުމަކީ އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް، އެމްޑީއެން އިން ނެރުނު ރިޕޯޓް ކުށްވެރިކުރުމުގެ ގޮތުން ބާއްވާ ހިނގާލުމެއް ކަމަށް މި ހިނގާލުން އިންތިޒާންކުރާ ފަރާތުން ހާމަކުރެއެވެ. އަދި މި ހިނގާލުމަކީ އެއްވެސް ގޮތެއްގައި ސިޔާސީ ކަމެއް ނޫން ކަމަށް އެފަރާތުން ހަމަކޮށްފައިވެއެވެ.
މިމި ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ ކައުންސިލް އިދާރާ ކުރިމަތިން ފެށުމަށް ހަމަޖެހިފައިވާ މިހިނގާލުން އޮންނާނީ މާދަމާ ހަވީރު 4:00 ޖަހާއިރުއެވެ.
އެމްޑީއެންގެ ރިޕޯޓް ކުށްވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ އަޑުއުފުލުންތައް ބާއްވަމުންނެވެ. އެމްޑީއެން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ ފިޔަވަޅު އަޅާނެކަމަށް ސަރުކާރުން ބުނިތާ މާދަމާއަށް 18 ދުވަސް ވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!