އުމުރުން 46 އަހަރުގެ ހއ. މާރަންދޫ އުދަރެސް އާމިނަތު އަބުދުއްރަޙްމާން އަކީ ކިޑްނީ ފެއިލްވެގެން ބޭސްކުރާތާ 10 އަހަރު ވެފައިވާ ފަރާތެކެވެ. 2009 ވަނަ އަހަރު ކިޑްނީއަށް ބޭސްކުރަންފެށި އާމިނަތު 2016 ވަނަ އަހަރުން ފެށިގެން އަންނަނީ ޑައިލަސިސް ހަދަމުންނެވެ. އެހެންނަމަވެސް ރަށާއި އަތޮޅުން އެކަށީގެންވާ ފަރުވާ ލިބެން ނެތުމުން މިހާރު އާމިނަތު ބޭސްކުރަމުން ދަނީ މާލޭގައެވެ.
2 ކިޑްނީ ފެއިލްވެފައިވާ އާމިނަތު 45 ދުވަސް ވަންދެން އައިސީޔޫގައި ބޭއްވުމަށްފަހު މިހާރު ވަނީ ޕްރައިވެޓް ވާޑަށް ބަދަލުކޮށްފައެވެ. އެހެންނަމަވެސް އާމިނަތުގެ ހާލަކަށް ބަދަލެއް އައިސްފައި ނުވެއެވެ. އެއްވެސް އިޝާރާތެއްވެސް ނުކުރެވި އެހާލުގައި އުޅޭތާ 6 މަސް ދުވަސް ވެފައިވާއިރު އާމިނަތުގެ ކަންކަން ބަލަހައްޓަމުން އަންނަނީ އާއިލާގެ 4 މީހުންނަށް ލިބޭ މުސާރައިންނެވެ. އަދި އާމިނަތު ހޮސްޕިޓަލްގައި ބާއްވަން ޖެހިފައިވުމުން އާއިލާގެ އެކަކުވަނީ ވަޒީފާ ދޫކޮށްލުމަށްފަހު އާމިނަތުގެ ކަންކަން ބެލެހެއްޓުމަށް މާލެ ބަދަލުވެފައެވެ.
އާސަންދައިގެ ދަށުން އާމިނަތުގެ ހުރިހާ ހަރަދެއް ނުކުރެވޭއިރު އާއިލާއަށް ލިބޭ އާމްދަނީއިން އާމިނަތަށް ކުރަންޖެހޭ ބޭސްފަރުވާގެ ޚަރަދުތައް ކުރުމަށް ވަނީ ނުކުޅެދިފައެވެ. އާމިނަތުގެ އާއިލާއިން ތިޔަ އެންމެހާ ފަރާތްތަކުގެ ދީލަތި އެހީއަށް ވަނީ ބޭނުންވެފައެވެ. އެކަކު އެނެކަކަށް އެހީތެރިވުމަކީ އިސްލާމީ ރީތި އުސޫލަކަށްވީއިރު އެހާމަ ދަރުމައާއި ޝަވާބު ލިބޭނެ ކަމެކެވެ.
އާމިނަތުއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން އެހީ ހޯދުމުގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ޖައިލަމް ހާރޫން / މިސުރު ގަނދަކޯޅިގެ (9666691) އާއި ގުޅުއްވުމުން ހަމަ ޖެހިގެންދާނެއެވެ. އަދި އާމިނަތުގެ ހާލަތު ބެލުމަށާއި ބަލީގެ އިތުރު ތަފްޞީލް ހޯއްދަވަން ބޭނުންފުޅުވާނަމަ އާމިނަތުގެ ދަރިފުޅު ހަސަން ލިއުޝާން (9784881) އާއި ގުޅުއްވުމަށް އާއިލާއިން އެދިލައްވައެވެ.
ފައިސާގެ އެހީ ފޯރުކޮށްދިނުމަށް ބޭނުން ކުރަންވީ އެކައުންޓް ނަމްބަރުތައް:
ރުފިޔާ އެކައުންޓް: 7730000255841
ޑޮލަރު އެކައުންޓް: 7730000060433
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!