ހދ. ވައިކަރަދޫ ޔޫތު ކުލަބުގެ ފުޓްސަލް މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

އަންނަ ބޮޑު އީދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާފައިވަނީ މިމަހުގެ 15 ގެ ނިޔަލަށެވެ.

Ad
rt

ޗެންޕިއަން ޓީމަށް 10000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 4000 ރުފިޔާ ހުށައަޅާފައިވާ މިމުބާރާތުގައި ބައިވެރިވުމަށް 1000 ރުފިޔާގެ ފީއެއް ދައްކަން ޖެހެއެވެ.

މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 9 ވަނަ ދުވަހުން 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

"ވައިކަރަދޫ ޔޫތު ކަޕް" ގެނަމުގައި ބާއްވާ މި މުބާރާތާއި ބެހޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7945729 އާއި ގުޅުއްވުމަށް އެކުލަބުން އެދެއެވެ.

ވައިކަރަދޫ ޔޫތު ކުލަބުން އަންނަނީ މިއަހަރުގެ ބޮޑު އީދު އެރަށުގައި ކުލަގަދަކޮން ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ރާވަމުންނެވެ.

އެގޮތުން މީގެ ކުރިން ފޯރިއާއިއެކު ބާއްވަމުން އައި "ވިޒިޓް ވައިކަރަދޫ" ދަތުރުވެސް ވަނީ ރާވާފައެވެ. ކުޅުދުއްފުށީގައި ދުއްވާ 300 މީހުންގެ ޖާގައިގެ ސީކުއީން މިދަތުރަށް ހިފާފައިވާއިރު އެދަތުރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް އެކުލަބުން ބުނެއެވެ.