އަރިއަޅާލާފައިވާ ތުރާކުނު ނޯތު ޕޮއިންޓް ބައްތި ރިލޮކޭޓްކޮށް ރަނގަޅު ކޮށްފިއެވެ.
ތުރާކުނު ކައުންސިލުން ވިދާޅުވީ، އަރިއަޅާލާފައިވާ ތުރާކުނު ނޯތު ޕޮއިންޓް ބައްތި ރިލޮކޭޓްކޮށް ރަނގަޅު ކޮށްފައިވަނީ ތުރާކުނު ކައުންސިލާއި ފެނަކަ ތުރާކުނު ބްރާންޗްގެ އިތުރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ ، އެމްޓީސީސީ ގުޅިގެން ކަމަށެވެ.
މި މަސައްކަތުގައި އެހީތެރިކަން ދެއްވި ފަރާތްތަކަށް ތުރާކުނު ކައުންސިލުން ޝުކުރު އަދާކުރައްވާފައި ވާއިރު، ވަކިން ޚާއްޞަކޮށް އެމް.ޓީ.ސީ.ސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމާއި ހޯރަފުށީ ދާއިރާގެ މެންބަރ އަހްމަދު ސަލީމްގެ ނަން ފާހަގަ ކުރައްވައި ތުރާކުނު ކައުންސިލާއި ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރައްވާފައި ވެއެވެ.
2021 ވަނަ އަހަރު ރާއްޖެއަށް ކުރި ވަރުގަދަ ވިއްސާރައިގައި ތުރާކުނު ބައްތި ހުރި ސަރަޙައްދު ވަނީ ގިރާލައި ރަށާއި ވަކިވެފައެވެ. މީގެ އިތުރުން ބައްތި އަރިއަޅާލައި، ބައްތިއަށް ބޮޑެތި ގެއްލުންތަކެއްވެސް ވަނީ ލިބިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!