ހދ. މަކުނުދޫން ވަގުތީ ގޮތުން ދަނޑުބިން ދޫކުރަން އެރަށު ކައުންސިލުން ނިންމަވައިފިއެވެ.
މަކުނުދޫ ކައުންސިލުން ވިދާޅުވީ މި ދަނޑުބިން ތައް ދޫކުރަން ނިންމެވީ ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރު ކުރެއްވުމަށް ކަމުގައެވެ.
އެއް އަހަރު ދުވަހުގެ މުހުލަތަށް މި ބިންތައް ދޫކުރައްވަނީ ކޮންްމެ ގޭބިސީއަކަށް ދަނޑެއްގެ އުސޫލުން ކަމަށް އެރަށު ކައުންސިލުން ހާމަކޮށްފައި ވެއެވެ.
މި ބިންތަކަކީ ހިލޭ ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކަކަށް ވާއިރު، މިހާރު ދަނޑުބިން ގެންގުޅޭ ފަރާތްތަކަށް ވެސް ވަނީ ރި ރެޖިސްޓްރީ ކުރުމަށް ފުރުސަތު ހުޅުވާލާފައެވެ.
މަކުނުދޫ ކައުންސިލުން ވިދާޅުވީ މިކަމަށް އެދޭ ފަރާތްތަކުން މި މަހުގެ ނުވަވަނަ ދުވަހުގެ ކުރިން ފޯމް ހުށަހެޅުމަށް އެދޭ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!