މޯލްޑިވްސް ޓޫރިޒަމް އެވޯރޑްސް 2022 އަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި އެވޯޑަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަންޔޫބީލުގެ މުނާސަބަތާއި ގުޅުވައިގެން މިއަހަރުން ފެށިގެން ފަތުރުވެރިކަމަށް ޙާއްސަ އަހަރީ އެވޯރޑްތަކެއް ދިނުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމާފައިވާތީ އަލަށް ތަޢާރަފު ކުރެވުނު އެވޯޑުތަކެއް ކަމުގައި ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.
އެގޮތުން ޓޫރިޒަމް މިނިސްޓްރީންވަނީ ބާރަ އެވޯރޑަކަށް ނަން ހުށައެޅުމުގެ ފުރުސަތު ޢާއްމުކޮށް ހުޅުވާލާފައެވެ. މި ބާރަ އެވޯޑު ލިބޭނެ ދާއިރާ ތަކަކީ:
- ބެސްޓް ސްޓާފް އެކޮމޮޑޭޝަން އެވޯރޑް
- ބެސްޓް ސްޓާފް ޑައިނިންގ އެކްސްޕީރިއަންސް އެވޯރޑް
- އެކްސްސަލަންސް އިން ސްޓާފް ރެކްރިއޭޝަން އެވޯރޑް
- އެމްޕްލޯއީ ހެލްތް ކެއަރ އެވޯރޑް
- ސޭފަސްޓް ވާރކް އެންވަޔަރަމަންޓް އެވޯރޑް
- އެވޯރޑް ފޯ ޔޫޓިލައިޒޭޝަން އޮފް ލޯކަލް ޕްރޮޑަކްޓްސް
- އެވޯރޑް ފޯރ ޕްރޮމޯޓިން ލޯކަލް ޕާރފޯމާރސް
- އެވޯރޑް ފޯރ ޕްރޮމޯޓިން ލޯކަލް މިއުޒީޝަންސް
- އެވޯރޑް ފޯރ ޕްރޮމޯޓިން ލޯކަލް ޑީޖޭސް
- ހަޔަސްޓް ޕެރިޓީ އޮފް މޯލްޑިވިއަން އެމްޕްލޯއީސް އެވޯރޑް
- ހަޔަސްޓް ނަންބަރ އޮފް ފީމެއިލް އެމްޕްލޯއީސް އެވޯރޑް
- ޓްރެއިނިންގ އެންޑް ކެރިއަރ ޑިވެލޮޕްމަންޓް އެވޯރޑް
މި ބާރަ އެވޯރޑްގެ އިތުރުން، ޓޫރިސްޓް ރިސޯޓް، ޓޫރިސްޓް ހޮޓެލް، ޓޫރިސްޓް ގެސްޓްހައުސް އަދި ޓޫރިސްޓް އުޅަނދުފަހަރު، މިއިން ކޮންމެ ކެޓަގަރީއަކުންވެސް އެއްވަނަ، ދެވަނަ އަދި ތިންވަނައަށްވެސް އެވޯރޑެއް ދިނުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމަވާފައެވެ.
މި އެވޯޑް ތަކަށް ކުރިމަތި ލެވޭނީ ފަތުރުވެރިންނަށް ޙިދުމަތް ފޯރުކޮށް ދިނުމަށް ޓޫރިޒަމް މިނިސްޓްރީގައި ރެޖިސްޓްރީ ކުރެވިފައިވާ ޓޫރިސްޓް ރިސޯޓް، ޓޫރިސްޓް ގެސްޓްހައުސް، ޓޫރިސްޓް ހޮޓެލް އަދި ޓޫރިސްޓް އުޅަނދުފަހަރަށް ކަމުގައި ޓޫރިޒަމް މިނިސްޓްރީން ބަޔާން ކުރައްވާފައި ވެއެވެ.
މި އެވޯރޑުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ އަންނަ ޖޫންމަހުގެ 1 އިން 30 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!