އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ފަހަތުން އަރައި އެސްޓަންވިލާ 3-2 ގެ ނަތީޖާއިން ބަލިކޮށް، ފަސްއަހަރު ތެރޭ ހަތަރުވަނަ ފަހަރަށް ސިޓީއިން ލީގްތަށި ކާމިޔާބު ކޮށްފިއެވެ.
މެޗުގައި ސިޓީން ވަނީ ގޯލު ޖަހާނެ ރަނުގެ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޓީ ކޭޝް ގެ ގޯލުން އެސްޓަން ވިލާއިން ވަނީ 37 ވަނަ މިނެޓުގައި ސިޓީ ހާސްކޮށްލިއެވެ. މީ ލޫކަސް ޑީނިއޭ ތަނަވަސް ކޮށްދިން ފުރުސަތަކުން ޖެހިގޯލެކެވެ.
މި ގޯލަށްފަހު ސިޓީއިން ވަރަށް ބޮޑަށް ކުރިޔައްޖެހިގެން ގޯލެއްޖަހަން މަސައްކަތްކުރިވަގުތު އެސްޓަން ވިލާއިން އިތުރު ގޯލެއްޖަހާ ސިޓީ މާޔޫސްކޮށްލިއެވެ. މި ގޯލް ޖަހައިދިނީ އޮލީ ވެޓްކިންސްގެ އެހީތެރިކަމާއެކު މެޗުގެ 69 ވަނަ މިނެޓުގައި ފެލިޕޭ ކޯޓީނިއޯ އެވެ.
ދެގޯލްގެ ލީޑެއް އެސްޓަން ވިލާ އިން ނެގިއިރުވެސް ސިޓީ ކުޅެމުން ދިޔައީ ޔަގީންކަމާއެކުގައެވެ.
މި ނަތީޖާއާއެކު ސިޓީ ބަލިވެ އެ ޓީމަށް ލީގު ގެއްލޭނެކަމަށް ލިވަޕޫލް ސަޕޯޓަރުން ޤަބޫލުކޮށްގެން ތިއްބައި ކައިރި ކައިރީގައި ތިން ގޯލު ޖަހައިދީ ލިވަޕޫލް ސަޕޯޓަރުން ސިއްސުވާލާ ލީގް ތަށި ޔަގީންކޮށްފައެވެ.
ރަހިމް ސްޓާލިންގް ގެ އެހީތެރިކަމާއެކު މެޗުގެ 76 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ސިޓީގެ އިލްކޭ ގުންޑޮގަން ވަނީ ސިޓީގެ ފުރަތަމަ ގޯލު ޖަހައިދީފައެވެ.
އޭގެ ދެ މިނެޓު ފަހުން ސިޓީގެ ރޮޑްރީ ވަނީ ރީތި ގޯލެއް ޖަހާ ނަތީޖާ ހަމަ ހަމަ ކޮށްދީފައެވެ.އެ ގޯލަކީ ސިޓީގެ އޮލެކްސެންޑާ ޒިންޗެންކޯ ގެ އެހީތެރިކަމާއކު ޖެހި ގޯލެކެވެ
ސިޓީއަށް މެޗުގެ ލީޑު ނަގައިދީފައިވަނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ކެވިން ޑީބްރޫނާ 81 ވަނަ މިނެޓުގައި ތަނަވަސްކޮށްދިން ފުރުސަތެއްގައި ގުންޑޮގަން އެވެ.
ލީގުގެ ފަހުމެޗްތަށް އަަދީއްތަ ދުވަހު ކުޅުނު އިރު ގަދަ ހަތަރެއް ޔަގީން ކޮށް ޗެމްޕިއަސްލީގް އިން ޖާގަ ހޯދައިގައިވަނީ
އެއްވަނައިގައިވާ ސިޓީ، ދެވަނަ ހޯދައިގެން ލިވަޕޫލް، ތިންވަނައިގައި ޗެލްސީ، އަދި ހަތަރުވަނަ އަށް ދިޔަ ޓޮޓެންހަމް އެވެ.
މި ސީޒަނުގެ މޮޅުކުޅުންތެރިޔަކީ ކެވިން ޑީބްރޫނާ އެވެ. އެއްމެ މޮޅު ޒުވާން ކުޅުން ތެރިޔަކީ ފޯޑަން އެވެ. ދެކުޅުން ތެރިންވެސް ނިސްބަތްވަނީ ސިޓީއަށެވެ.
އެންމެ ގިނަ ގޯލް ޖަހައިގެން ގޯލްޑަން ބޫޓް ލިބޭ ދެ ކުޅުން ތެރިންނަކީ ލިވަޕޫލްގެ ސަލާހް، އަދި ޓޮޓެންހަމްގެ ސޮންގް އެވެ. ކޮންމެ ކުޅުންތެރިއެއްވެސް ވަނީ 23 ގޯލްޖަހައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!