ހދ. ކުޅުދުއްފުށި ސިޓީ އާއި މާލެއާއި ދެމެދު ދަތުރުކުރާ ދޮށި ބޯޓު ނައިފަރުން ނިކުންނަނިކޮށް ކަނޑުތޮށީގައި ޖެހި ފަޅައިގެން ގޮސްފި އެވެ.
އެބޯޓުން "ތިލަދުން" އާއި ވާހަކަ ދައްކަމުން ބުނެފައިވަނީ ބޯޓަށް ގެއްލުން ލިބުނީ ނައިފަރަށް މުދާބާލާފައި އެރަށުން ނިކުންނަނިކޮށް ގަލެއްގައި ޖެހިގެން ކަމަށެވެ.
މިހާރު ނައިފަރު ބަނދަރަށް ބޯޓު ކައިރިކޮށް ބޯޓުގެ ދިޔަގަނޑު ހިއްކާފައިވާކަމަށް ބުންޏެވެ. މިކަމުގައި އެމްއެންޑީއެފް އާއި ނައިފަރު ރައްޔިތުން އެހީތެރިކަން ލިބިފައިވާކަމަށް ބުންޏެވެ.
މި ބޯޓުގައި 30 މީހުންނަށްވުރެ ގިނަ މީހުން ތިއްބެވެ. އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.
އެމްއެންޑީއެފްއިން ބުނީ، ނައިފަރު ފަޅުތެރޭގައި އޮތް "ދޮށި" ނަމަކަށް ކިޔާ ބޯޓަކަށް ދިޔަވާކަމުގެ މަޢުލޫމާތު ލިބިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑު، ނައިފަރު ފަޔަރ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރިވަމުންދާކަމަށެވެ.
އެބޯޓުން ވާހަކަ ދެއްކި މީހާބުނީ ދެތަނަކުން ފަޅައިގެން ގޮސްފައިވާކަމަށް ބެލެވޭކަމަށާއި ފަޅައިގެން ދިޔަތަން ބެއްދުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެބޯޓުގައި މިވަގުތުވެސް ގިނައަދަދެއްގެ މުދާ އެބަހުރި ކަމަށެވެ.
ޅ.ނައިފަރު ފަޅުތެރޭގައި އޮތް "ދޮށި" ނަމަކަށް ކިޔާ ބޯޓަކަށް ދިޔަވާކަމުގެ މަޢުލޫމާތު ލިބިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑު، ނައިފަރު ފަޔަރ ސްޓޭޝަންގެ ސިފައިން ދަނީ ހަރަކާތްތެރިވަމުން. pic.twitter.com/Wopfwbsgm8
— Maldives National Defence Force (@MNDF_Official) May 18, 2022
ނައިފަރުގެ ގިނައަދަދެއްގެ ބަޔަކު ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެ އެދޯނީގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މިހާދިސާ ހިނގީ މިރޭ ގާތްގަނޑަށް 7:50 އެހާއިރު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!