ހދ.މަކުނުދޫ ބަނދަރު ސަރަހައްދުގައި، އެ ރަށް ރަމްޒުކޮށްދޭ މޮނިއުމެންޓް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ.
މި މަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެ ލައްވާ ފަރާތްތަކުން، މިކަމަށް އެދި 12 މެއި 2022 ން 22 މެއި 2022 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީގެ ކަންކަން ނިންމެވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ކަނޑައެޅިފައިވާ މުއްދަތުގައި ރަޖިސްޓަރީވާ ފަރާތްތަކަށް އެކަންޏެވެ.
ބިޑް ރަޖިސްޓްރީ ފޯމް:
މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 22 މޭ 2022 ވަނަ ދުވަހުގެކުރިން (7789355 / 9835643) ނަމްބަރަށް ގުޅުއްވައި ނުވަތަ (info@makunudhoo.gov.mv) މި މެއިލް އެޑްރެސްއަށް މެއިލް ކުރައްވައިގެން ސާފު ކުރެއްވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.
މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ތަފްސީލުކޮށް ބަޔާން ކޮށްފައިވާއިރު، މި މަސައްކަތަށް އެދި ބީލަން ހުށަހެޅުމާއި ބީލަން ހުޅެވުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 22 މެއި 2022 ވަނަ ދުވަހުގެ 11:00 ގައި މަކުނުދޫ ކައުންސިލް އިދާރާގައެވެ.
ބޮޑް ފޮތް:
https://storage.googleapis.com/gazette.gov.mv/docs/iulaan/82930.pdf
ބީލަން ހުށަހަޅަން ވީ ގޮތުގެ ނަމޫނާ:
https://storage.googleapis.com/gazette.gov.mv/docs/iulaan/82931.docx
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!