ފެނަކައިގެ ޙިދުމަތްދެމުންގެންދާ ހުރިހާ ރަށެއްގައި ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަ ކޮށްފި އެވެ.
ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފެނަކައިގެ ހިދުމަތް ފޯރުކޮށްދެމުން ގެންދާ ބްރާންޗްތަކުގައި މިއަދު ހެދުނުންފެށިގެން ދަނީ ހާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންދަމުންނެވެ.
ފެނަކައިން ބުނީ، މި ހަރަކާތްތަށް މިރެޔާ ހަމަޔަށް ކުރިއަށްގެންދިޔުމަށް ވަނީ ރޭވިފައިވާކަމަށެވެ. އެގޮތުން ރަށްރަށުގެ ހުންނަ ފެނަކަ އޮފީސް އަދި އިންޖީނުގެ ސާފު ކުރުމުގެ އިތުރުން ގޮނޑުދޮށް ތަކާއި އާންމުން އެއްވެ އުޅޭ ސަރަހައްދުތަށް ސާފް ކުރުމުގެ މަސައްކަތް ކުންފުނީގެ މުވައްޒަފުން ދަނީ ކުރަމުންނެވެ.
މީގެ އިތުރުން، ބައެއް ރަށްރަށުގައި މި ދުވަހާ ގުޅުވައިގެން ގޭބިސީ ތަކަށް ޒިޔާރަތް ކޮށް ގޭބިސީތަށް ސާފްކޮށް އަމަލީގޮތުން ބަޔެއް މަސައްކަތުގައި ބައިވެރިވެފައިވާއިރު ރަށްރަށުގެ އެކި ސަރަހައްދު ތަކުގައި ގަސްއިންދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
މަސައްކަތްތެރިންގެ ދުވަހާ ގުޅުވައިގެން އެންމެ ދުވަސްވީ މަސައްކަތްތެރިންގެ އަގު ވަޒަން ކޮށް އެ ފަރާތަކަށް ވަނީ ބައެއް ބްރާންޗްތަކުން ހަދިޔާ ހަވާލު ކޮށްފަ އެވެ. މުވައްޒަފުންގެ މެދުގައި ހަދިޔާ ބެހުމާއި އެކު އެކީގައި ރޯދަ ވީއްލުން ފަދަ ތަފާތު އެކި ހަރަކާތްތަށް މި ދުވަހާ ގުޅިގެން ކުރިއަށް ގެންގޮސްފައިވެއެވެ. މި ހަރާކާތުގެ ކުންފުނީގެ އަންހެން އަދި ފިރިހެން މުވައްޒަފުން ބައިވެރިވެފައިވެ އެވެ.
އެ ކުންފުންނީގައި މަސައްކަތް ކުރާ 5000 އަށް ވުރެ ގިނަ މުވައްޒަފުން ތިބި އިރު ކޮންމެ މުވައްޒަފަކީވެސް ދުޅަހެކަންމަތީ ތިބެ ސާފްތާހިރު މާހައުލެއްގައި މަސައްކަތުގެ ވަގުތު ހިންހަމަ ޖެހުމާއެކު ހޭދަކުރާ މުވައްޒަފުންތަކަކަށް ހެދުމަކީ ކުންފުނީގެ ވަރަށްބޮޑު އަމާޒެއްކަމަށް އެކުންފުނިން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!