މިއަހަރު ހައްޖުގެ އަޅުކަން ކުރަން ސައުދީން އެކި ގައުމުތަކަށް ހައްޖު ކޯޓާތައް ހަމަޖައްސާފައިވާއިރު ރާއްޖެއަށް ލިބޭނީ 453 ކޯޓާ ކަމަށް ހަމަޖައްސައިފިއެވެ.

ސައުދީ އިން ހައްޖުގެ އަޅުކަމަަށް މިއަހަރު ދެނީ އެއް މިލިއަން ކޯޓާއެވެ. އޭގެ ތެރެއިން 85 އިންސައްތަކޯޓާ ހާއްސަ ކުރީ ސައުދީ ނޫން ގައުމުތަކަށެވެ.

Ad
rt

ރާއްޖެއަށް މިއަހަރު 453 ކޯޓާ ދީފައިވާއިރު މިއީ ރާއްޖެއަށް އެންމެ މަދުންކޯޓާ ދިން ފަހަރެވެ. ކުރިން 1000 ކޯޓާ ރާއްޖެއަށް ދިނެވެ.

ބޭރުގެ މީޑިއާތަކުން ކޯޓާގެ ެަދަދުތައް ހާމަ ކުރި ނަމަވެސް ދިވެހި ސަރުކާރުން އަދި އެ އަދަދު ކަށަވަރެއް ނުކުރެއެވެ.

ހައްޖު ކޯޓާ ސައުދީ އިން މަދު ކުރީ ކޯވިޑާ ގުޅިގެންނެވެ. އޭގެ ކުރިން ކޮންމެ އަހަރަކު ދެ މިލިއަން ކޯޓާ ދެއެވެ.

ސައުދީ އިން މިއަހަރު ހައްޖުވުމުގެ ފުރުސަތު ދޭނީ 65 އަހަރުން ދަށުގެ މީހުންނަށެވެ. އެ މީހުންނަކީ އެގައުމުން ގަބޫލުކުރާ ވެކްސިނެއް ފުރިހަމަކޮށްފައިވާ މީހުންނަށް ވާންޖެހޭނެއެވެ.

މީގެ އިތުރުން ހައްޖަށް ދާ ކޮންމެ މީހެއްގެ އަތުގައި 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއެއް އޮތުންވެސް މަޖުބޫރެވެ.

ހައްޖުގެ އަޅުކަން އަދާ ކުރަން މިއަހަރު އެންމެ ގިނަ ކޯޓާ ދީފައިވަނީ އިންޑޮނޭޝިއާއަށެވެ. އެއީ 100،051 ކޯޓާއެވެ. އެންމެ މަދުން ކޯޓާ ދީފައިވަނީ އެންގޯލާއަށެވެ. އެ ގައުމަށް ދިނީ 23 ކޯޓާއެވެ.