ހއ. ދިއްދޫ ކައުންސިލްގެ ފަރާތުން އިންތިޒާމްކޮށްގެން 1443 ވަނަ އަހަރު ރަމަޟާން މަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދިއްދޫ ކައުންސިލްގެ ޤުރުއާން މުބާރާތް އިއްޔެ ފަށައިފިއެވެ.
ދިއްދޫ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި މި މުބާރާތުގައި ވަނީ 237 ފަރާތަކުން ބައިވެރިވެފައެވެ.
މި މުބާރާތް ކުރިއަށް ގެންދަނީ 9 އުމުރުފުރައަކަށް ބަހާލައިގެންނެވެ. އަދި މިހުރިހާ އުމުރުފުރާއެއްގައި ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށް ގެންދާނެއެވެ.
މިބުރާތުގައި ވަނަތައް ދިނުމަށް ހަމަޖެހިފައިވަނީ ނުބަލާ ކިޔެވުމުގެ ޢުމުރު ފުރާތަކުން 1 ،2، 3 ، ބަލައިގެން ކިޔެވުމުގެ ޢުމުރު ފުރާތަކުން 1, 2, 3، ބަލައިގެން ކިޔެވުމުގެ ގޮފިން 1 ،2 ،3 އިތުރުން ނުބަލާ ކިޔެވުމުގެ ގޮފިން 1 ،2 ،3 އަދި ދެގޮފި އެއްކޮށް (މުޅި މުބާރާތުން ) 1 ، 2 ،3 އެވެ.
ދިއްދޫ ކައުންސިލުން ބުނެފައިވާ ގޮތުގައި މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު މަގްސަދަކީ ރަށުގެ ރައްޔިތުން އަދި ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބިޖެއްސުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!