ސްރީ ލަންކާގެ ރަތުމަލަނާ އެއާޕޯޓަށް މޯލްޑިވިއަން އެއާލައިނުން ކުރަން ފެށި ދަތުރުތައް ހަފުތާއެއް ނުވަނީސް މެދުކަނޑާލައިފިއެވެ.
އެ ދަތުރުތައް މޯލްޑިވިއަނުން ފެށީ މިދިޔަ އާދީއްތަ ދުވަހުއެވެ. އެ ދަތުރުތައް މެދުކަނޑާލީ ތަރުހީބު ނުލިބުމުންނެވެ.
އައިލެންޑް އޭވިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ފްލައިޓްތަކަށް ބުކިން ލިބުނީ ވަރަށް މަދުން ކަމަށެވެ. ފްލައިޓްތައް ކެންސަލް ކުރި ނަމަވެސް މިހާރު ބުކިން ހައްދާފައިވާ މީހުންނަށް އެހެން ފްލައިޓްތަކުން ޖާގަ ހޯދައިދީފައިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އަލުން ލަންކާ އަށް ދަތުރުތައް ފަށާނީ ރޯދަ މަހަށް ފަހު ކަމަސްވެސް އެ ކުންފުނީގެ ބަޔާނުގައި ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!