މެރިޓައިމް ޕޯޓުތަކުގެ ސެކިއުރިޓީ ބަލަހައްޓާ މީހުންނަށް ހާއްސަ، "ޕޯޓް ފެސިލިޓީ ޑެޒިގްނޭޓެޑް ސެކިއުރިޓީ ޑިއުޓީސް" ކޯހެއް ބާއްވައިފިއެވެ.
ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީޒްއާ ގުޅިގެން އެމްޕީއެލް އިން އެ ކޯސް ކުރިއަށް ގެންދިޔައީ ކުޅުދުއްފުށި ކެމްޕަހުގައެވެ. އެއީ ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ ކޯހެކެވެ.
އެ ކޯހުގައި ކުޅުދުއްފުށި ރީޖަނަލް ޕޯޓުގެ 11 މުވައްޒަފެއް ބައިވެރިވިއެވެ.
މި ކޯހުން ޕޯޓުގައި މަސައްކަތް ކުރާ މީހުންނަށް، ޕޯޓު ފެސިލިޓީ ސެކިއުރިޓީ ޕްލޭނާއި އިންޓަނޭޝަނަލް ކޮންވެންޝަން ފޯ ސޭފްޓީ އެޓް ސީ ގެ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތްކުރާނެ ގޮތް ކިޔައިދެއެވެ. އަދި އައިއެމްއޯ އާއި އައިއެލްއޯ މިންގަނޑަށް އަހުލުވެރިކުރުވަން ހާއްސަ ސެޝަންތަކެއް ކުރިއަށްގެންދެއެވެ.
އެމްޕީއެލް އިން އަންނަނީ ކުންފުނީގެ ރީޖަނަލް ޕޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ތަމްރީން ކުރުމަށްޓަކައި ހާއްސަ ޕްރޮގްރާމްތަކެއް އަހަރުގެ އެކި ދުވަސްތަކަށް ބަހާލައިގެން ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!