ކުޅުދުއްފުށީ ސިޓީގައި ދުއްވާފައި ދިޔަ ސައިކަލެއް ހޮޅިދަނޑިއަކަށް މުޑިއަރައި އަލިފާން ރޯވެއްޖެއެވެ.
މި ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 9:30 ހާއިރުއެވެ.
ކުޅުދުއްފުށީ ސިޓީން "ތިލަދުން" އަށް ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި ބާރު ސްޕީޑްގައި ދުއްވި އެ ސައިކަލް ހޮޅިދަނޑީގައި ޖެހުނީ ކޮންޓްރޯލް ނުވެގެން ކަމަށެވެ.
"ދުއްވާފައި ދަނިކޮށް ސައިކަލް ހުއްޓޭ ކަހަލަ ގޮތެއްވެ ސްޓަކެއްވާތީ ސްޕީޑަށް ހިފާލީ ކަމަށް ވެސް އަޑުއިވޭ،" އޭނާ ބުންޏެވެ.
ކުޅުދުއްފުށީ ގައި ސައިކަލެއް ހޮޅިދަނޑިއެއްގައި ޖެހި އަލިފާން ރޯވެއްޖެhttps://t.co/eR9KSdHIFP pic.twitter.com/6EWEJy1Nlz
— Thiladhun (@thiladhun) March 7, 2022
އެ ހާދިސާ ހިނގާފައި ވަނީ ކުޅުދުއްފުށީ ސިޓީގެ ސްޓޭޑިއަމް ކުރިމަތިން ކަމަށް މައުލޫމާތު ލިބެއެވެ. އަދި ސައިކަލް ދުއްވި ޒުވާނާއަށް ސީރިއަސް އަނިޔާއެއް ނުވާކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!